Advertisement

ރޯދަ ނިމެންދެން އިމާމް ލަތީފުގެ ދެ ދަރިން އިސްލާމީ މަރުކަޒުގައި ތަރާވީހު ކުރާ ގޮތަށް ހަމަޖައްސައިފި

25 މާރިޗު 2024 - 17:53 1

ހަސަން މުހައްމަދު

ހަސަން މުހައްމަދު

ޝެއިހް ލަތީފު އިމާމުގެ މަގާމަށް އައްޔަން ކުރުމަށްފަހު ލިޔުން ހަވާލު ކުރައްވަނީ:


ރޯދަ ނިމެންދެން އިމާމް ލަތީފުގެ ދެ ދަރިން އިސްލާމީ މަރުކަޒުގައި ތަރާވީހު ކުރާ ގޮތަށް ހަމަޖައްސައިފި

25 މާރިޗު 2024 - 17:53 1

މިރެއިން ފެށިގެން ރޯދަ މަސް ނިމެންދެން އިސްލާމީ މަރުކަޒުގައި އިމާމުވެ ތަރާވީހު ނަމާދު ކުރާނީ އެ މަރުކަޒުގެ އިމާމް ޝެއިހް މުހައްމަދު ލަތީފްގެ ދެ ދަރިން ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިރެއިން ފެށިގެން މަރުކަޒުގައި ތަރާވީހު ކުރާނީ ސަލްމާން މުހައްމަދު ލަތީފާއި ސުލްތާން މުހައްމަދު ލަތީފު ކަމަށެވެ. އެއީ ދެ ހާފިޒުންނެވެ.

މީގެ ކުރިން ސަލްމާން މުހައްމަދު ލަތީފު ދިޔައީ އިސްލާމީ މަރުކަޒުގައި އިމާމުވެ ތަރާވީހު ނަމާދު ކުރަމުންނެެވެ. އޭނާގެ އިތުރުން ދެން ތަރާވީހް ކުރަމުން ދިޔައީ ޝެއިހް އިބްރާހިމް ރަޝީދު ހަސަން އެވެ. އޭނާއަކީ ވެސް ހާފިޒެކެވެ.

ޝެއިހް އިބްރާހިމް ރަޝީދު ހަސަންއަކީ ވެސް އިސްލާމީ މަރުކަޒުގެ އިމާމެކެވެ. އޭނާ އެ މަގާމަށް އައްޔަންކޮށްފައި ހުންނަނީ ނައިބެއްގެ ފެންވަރުގަ އެވެ. މިދިޔަ ސަރުކާރުގައި ވެސް އޭނާ ހުންނެވީ އެ މަގާމުގަ އެވެ.

ރަސްމީކޮށް ހަވާލު ނުކުރި ކަމުގައިވި ނަމަވެެސް ހުކުރު ނަމާދާއި އެހެނިހެން ނަމާދުތަކުގައި ވެސް އިމާމުގެ ޝެއިހް ލަތީފުގެ ދެ ދަރިން އިސްލާމީ މަރުކަޒުގައި އިމާމުވެ ނަމާދު ކުރެ އެވެ.

ޝެއިހް ލަތީފް އިސްލާމީ މަރުކަޒުގެ އިމާމްގެ މަގާމަށް އައްޔަން ކޮށްފައި ވަނީ މިނިސްޓަރެއްގެ ފެންވަރުގަ އެވެ. މީގެ ކުރިން ޖުލައި، 2012، ގައި ވެސް ޝެއިހް ލަތީފު ވަނީ އިސްލާމީ މަރުކަަޒުގެ އިމާމުގެ މަގާމަށް އައްޔަންކޮށްފަ އެވެ.