Advertisement

ކޮންކަކަަފް ނޭޝަންސް ލީގު މި ފަހަރު ވެސް އެމެރިކާ އަށް

25 މާރިޗު 2024 - 13:36 0


ކޮންކަކަަފް ނޭޝަންސް ލީގު މި ފަހަރު ވެސް އެމެރިކާ އަށް

25 މާރިޗު 2024 - 13:36 0

ވޮޝިންޓަން، ޔުނައިޓެޑް ސްޓޭޓްސް (މާޗް 25) - އުތުރާއި މެދުތެރެ އެމެރިކާ އަދި ކެރިބިއަން ސަރަހައްދުގެ ގައުމުތަކުގެ މެދުގައި ކުޅޭ، ކޮންކަކަފް ނޭޝަންސް ލީގުގެ ޗެމްޕިއަންކަން މި ފަހަރު ވެސް އެމެރިކާ އިން ހޯދައިފި އެވެ.

މި ފަހަރުގެ ފައިނަލުގައި މެކްސިކޯގެ މައްޗަށް އެމެރިކާ އިން ކުރިހޯދީ 2-0 އިންނެވެ. އެމެރިކާގެ ލަނޑުތައް ޖެހީ، ޓައިލާ އެޑަމްސް އާއި ޖިއޮވާނީ ރޭނާ އެވެ.

މި މުބާރާތް، މިހާތަނަށް ބޭއްވި ތިން ފަހަރު ވެސް ޗެމްޕިއަންކަން ހޯދައިފައިވަނީ އެމެރިކާ އިންނެވެ.

މި ފަހަރުގެ ކޮންކަކަފް ނޭޝަންސް ލީގުގެ ގިނަ މެޗުތަކެއްގައި ސަޕޯޓަރުން ވަނީ ހިތްހަމަނުޖެހިގެން ޝުއޫރުފާޅުކޮށްފަ އެވެ. އެކަމާ ހެދި ބައެއް ސަޕޯޓަރުންނަށް ފިޔަވަޅު ވެސް އަޅާފައިވެ އެވެ.

ކޮންކަކަފް އިން ބުނީ، މީގެ ބޭނުންކަމަކީ ސަޕޯޓަރުންނަށް ފިޔަވަޅުތަކެއް އެޅުން ނޫން ކަމަށާއި މި ސަރަހައްދުގެ ފުޓްބޯޅަ ރަނގަޅު މަގުން ކުރިއަށް ގެންދިއުން ކަމަށެވެ.

އެމެރިކާ އާއި މެކްސިކޯ އަދި ކެނަޑާ ގުޅިގެން 2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް ހޯސްޓް ކުރުމުގެ މަސައްކަތް ކުރަމުން އަންނައިރު، އެ ސަރަހައްދުގައި މިހާރު ބާއްވަމުން އަންނަ ބައިނަލްއަގުވާމީ މުބާރާތްތަކުގެ ފެންވަރު ރަނގަޅުވާން ޖެހޭ ކަމަށް ގިނަ ބަޔަކު އަންނަނީ ފާހަގަކުރަމުންނެވެ.

އެ ގޮތުން، މި އަހަރު އެމެރިކާގައި ބާއްވާ ކޮޕަ އެމެރިކާ ފުޓްބޯޅަ މުބާރާތުގައި ވެސް އިންތިޒާމް ރަނގަޅު ކުރަން އެމެރިކާގެ ފުޓްބޯޅަ ފެޑެރޭޝަނުން އަންނަނީ މަސައްކަތް ކުރަމުންނެވެ. ކޮޕަ އެމެރިކާ މި ފަހަރު އޮތީ، ޖޫން 20 އިން ޖުލައި 14 އަށެެވެ. އެމެރިކާ އޮތީ، އުރުގުއޭ، ޕެނަމާ އަދި ބޮލިވިއާއާ އެއް ގްރޫޕެއްގަ އެވެ.