Advertisement

ޕާޓީ އުފައްދަން އީސީން ހުރަސް އަޅަނީ ސަރުކާރުގެ ނުފޫޒުން، ސަރުކާރުގެ ނުލަފާ ކަމުން: ޔާމީން

25 މާރިޗު 2024 - 12:51 1

ނިމާ ހަސަން

ނިމާ ހަސަން

ކުރީގެ ރައީސް އަބްދުالله ޔާމީން; އެމަނިކުފާނުގެ އާ ޕާޓީ އުފައްދަން ސަރުކާރުން ހުރަސްއަޅާ ކަމަށް ތުހުމަތު ކުރެއްވި -- ފޮޓޯ: މިރާޝް/ އަދަދު


ޕާޓީ އުފައްދަން އީސީން ހުރަސް އަޅަނީ ސަރުކާރުގެ ނުފޫޒުން، ސަރުކާރުގެ ނުލަފާ ކަމުން: ޔާމީން

25 މާރިޗު 2024 - 12:51 1

ކުރީގެ ރައީސް އަބްދުالله ޔާމީން އިސްވެ ހުންނަވައި އުފެއްދުމުގެ މަސައްކަތް ކުރަމުންދާ ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) އުފައްދަން ސަރުކާރުގެ ނުފޫޒުން އިލެކްޝަންސް ކޮމިޝަނުން ހުރަސް އަޅަމުންދާ ކަމަށް އެމަނިކުފާނު ތުހުމަތު ކުރައްވައިފި އެވެ.

ރޭ ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ޔާމީން ވިދާޅުވީ ޕީއެންއެފްއަށް ވަނުމަށް އެދި ހުށަހަޅާ ކޮންމެ ފޯމެއްގައި ފޯމު ފުރާ މީހާގެ މަންމަގެ ނަން ހިމެނުން އިލެކްޝަންސް ކޮމިޝަނުން ލާޒިމުކޮށްފައިވާ ކަމަށެވެ. އަދި އެއީ އެ ޕާޓީއަށް ދުއްޕާން ކުރުން ކަމުގައި އެމަނިކުފާނު ފާހަގަ ކުރެއްވި އެވެ.

ޔާމީން ވިދާޅުވީ ޕާޓީތަކަށް ވަންނަ މީހުންގެ މަންމަގެ ނަން ފުރިހަމަކޮށްގެން ގެންނަން ދައުލަތުގެ ބަޖެޓުން ފައިސާ ލިބޭ ޕާޓީތަކަށް ޝަރުތު ނުކުރާ ކަމަށެވެ. އެހެންކަމުން އެކަން އޭގެ ޒާތުގައި އެއްވެސް ތާކުންތާކު ނުޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ޔާމީން ތުހުމަތު ކުރެއްވި ގޮތުގައި އީސީން އެގޮތަށް އަމަލު ކުރަމުން ދަނީ ސަރުކާރުގެ ނުފޫޒުންނެވެ.

"މިވަގުތު ސަރުކާރުގައި ތިބި ބަޔަކަށް މި ޕާޓީ ހަދާތީ ދަތިވާތީ އެއޮތީ ނުފޫޒެއް ފޯރުވާފައި. އިލެކްޝަނުން އެ ނުފޫޒަށް އެ ތަބާވަނީ. އަޅުގަނޑަކަށް ނުވިސްނޭ ކީއްވެގެން ކުރާކަމެއް ކަން މީ, ހަމަ ޖައްބާރުކަން, ނުލަފާކަން," ޔާމީން ވިދާޅުވި އެވެ.

މަންމަގެ ނަން ޖަހަން ލާޒިމު ކުރުމަކީ ޕީއެންއެފް އުފެއްދުމަށް އޮތް އެންމެ ބޮޑު ހުރަސްކަން ފާހަގަކުރައްވާ ޔާމީން ވިދާޅުވީ އެކަމުގައި އީސީ ގޮވައިގެން ކޯޓަށް ދިޔަ ނަމަވެސް ލިބޭނެ ގާނޫނީ ފަރުވާއެއް ނޯންނާނެ ކަމަށެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި އީސީން ކަންތައް ކުރަމުން ގެންދަނީ ގާނޫނުން ކަނޑައެޅިގެން ނުބުނާ ކަމެއް, އެހެން މީހުންނަށް ތަކުލީފަކަށް ވާގޮތަށް ކަމަށެވެ.

"ބާރު ލިބުނީމަ މިހާ ނާތަހުޒީބުކޮށް އެކި މީހުންނަށް އެކި ގޮތަށް ކަންތައް ކުރުމަކީ ކޮންކަހަލަ ކަމެއްހޭ މިކުރަނީ," އީސީއަށް ފާޑު ވިދާޅުވަމުން ޔާމީން ފާހަގަކުރެއްވި އެވެ.

އީސީއަށް ފާޑު ވިދާޅުވަމުން ޔާމީން ވަނީ ޕީއެންއެފްގެ ކުލަ, އީސީން ނަގައިގެން އުޅޭ ކަމަށް ވެސް ވިދާޅުވެފަ އެވެ. އަދި ވަކި ކުލައެއް ހިފަހައްޓައިގެން ހުރުމުން އިހްތިޔާރު ގާނޫނުން އީސީއަށް ނުލިބޭކަން ފާހަގަކުރައްވާ ޔާމީން ވިދާޅުވީ ޕާޓީތަކަށް ބޭނުން ކުލައެއް ނެގުން ޖާއިޒު ކަމަށާއި, އެކަމަށް ޕާޓިތަކުގެ ގާނޫނުން ފުރުސަތު ދޭ ކަމަށެވެ.