Advertisement

ޔުނައިޓެޑް އާއި ނީސް އަށް ޔޫރަޕްގެ އެއް މުބާރާތެއްގައި ނުކުޅެވޭނެ

25 މާރިޗު 2024 - 11:26 0

މަޝްހޫރު ވިޔަފާރިވެރިޔާ ޖިމް ރެޓްކްލިފް.


ޔުނައިޓެޑް އާއި ނީސް އަށް ޔޫރަޕްގެ އެއް މުބާރާތެއްގައި ނުކުޅެވޭނެ

25 މާރިޗު 2024 - 11:26 0

ޕެރިސް (މާޗް 25) - އިނގިރޭސި ކްލަބް، މެންޗެސްޓާ ޔުނައިޓެޑާއި ފްރާންސްގެ ޓީމު، ނީސް އަށް ޔޫރަޕްގެ އެއް މުބާރާތެއްގައި ވާދަނުކުރެވޭނެ ކަމަށް ޔުއެފާއާ ހަވާލާދީ މީޑިއާތަކުން ރިޕޯޓްކޮށްފި އެވެ.

ދާދި ފަހުން، ޔުނައިޓެޑްގެ 25 ޕަސެންޓް ހިއްސާގަނެ، އެ ކްލަބްގެ ފުޓްބޯޅައިގެ ކަންކަމުގެ ކޮންޓްރޯލް ނަގާފައިވަނީ މަޝްހޫރު ވިޔަފާރިވެރިޔާ، ޖިމް ރެޓްކްލިފްގެ އިނިއޯސް ކުންފުނިންނެވެ. އެ ކުންފުނީގެ ބެލުމުގެ ދަށުން ފްރާންސްގެ ފުރަތަމަ ޑިވިޝަނުގައި ކުޅެމުން އަންނަ ނީސް ވެސް ހިންގަ އެވެ.

ޔޫރަޕްގެ މައި ފުޓްބޯޅަ އިދާރާއިން އަމަލުކުރަމުން އަންނަ ގަވާއިދު ބުނާގޮތުން، އެއް ކުންފުންޏެއްގެ ދަށުން ފުޓްބޯޅައިގެ ކަންކަން ބަލަހައްޓަމުން އަންނަ ދެ ޓީމަކަށް، ޔޫރަޕްގެ އެއް މުބާރާތެއްގައި ވާދަނުކުރެވޭނެ އެވެ.

އެ ފަދަ ހާލަތެއް ކުރިމަތިވެއްޖެނަމަ، ޔުއެފާ އިން އެއް ޓީމަކަށް އެ މުބާރާތުން ފުރުސަތު ދޭ ހާލަތެއްގައި، ބޮޑަށް ބަލާނީ، އެ ދެ ޓީމެއް ވާދަކުރި ލީގެއްގެ ތާވަލުގައި ނަތީޖާ ރަނގަޅު ޓީމަކަށް ފުރުސަތު ދޭށެވެ.

ޔުއެފާއާ ހަވާލާދީ އިނގިރޭސި މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ނީސް އާއި ޔުނައިޓެޑް، މި ދެ ޓީމު އަންނަ ސީޒަނުގައި ޔޫރަޕްގެ އެއް މުބާރާތަކަށް ކޮލިފައިވެއްޖެނަމަ، އަމަލުކުރާނީ ގަވާއިދުގައި އެ އޮތް ގޮތަށް ކަމަށެވެ.

މިދިޔަ މަހު އިނގިރޭސި މީޑިއާގައި މި ވާހަކަ ދެކެވުމުން، ރެޓްކްލިފް ވަނީ ޔުއެފާގެ އެ ގަވާއިދުގެ ކަންތައްތަކަށް ރައްދުދެއްވައިފަ އެެވެ.

އޭނާ ވިދާޅުވީ، ޔުއެފާ އިން މި ގޮތަށް ގަވާއިދެއް ހަދާފައި އޮތުން އެއީ އެންމެ ރަނގަޅު ގޮތް ކަމަށް ބަލައިގަންނަން ދަތި ކަމަށާއި މިހެން ހުންނަ ގަވާއިދަކީ ތާ އަބަދަށް ބަދަލެއް ނުގެނެސް އޮންނަން ޖެހޭ ކަމެއް ނޫން ކަމަށެވެ.

އެހެންކަމުން، އުންމީދަކީ ވާހަކަ ދައްކައިގެން މި ކަމަށް ހައްލެއް ގެނައުން ކަމަށް ރެޓްކްލިފް ވިދާޅުވެފައިވެ އެެވެ.

މި ވަގުތު ފްރެންޗް ލީގުގައި ނީސް އޮތީ ލީގުގެ ފަސް ވަނައިގަ އެވެ. އިނގިރޭސި ޕްރިމިއާ ލީގުގެ ތާވަލުގައި ޔުނައިޓެޑް އޮތީ ހަ ވަނައިގަ އެވެ.