Advertisement

ސިޓީ އަކީ ޝުކުރުވެރިވާ ބައެއް ނޫން: ކަންސެލޯ

25 މާރިޗު 2024 - 10:48 0


ސިޓީ އަކީ ޝުކުރުވެރިވާ ބައެއް ނޫން: ކަންސެލޯ

25 މާރިޗު 2024 - 10:48 0

ލިސްބަން (މާޗު 25) - މެންޗެސްޓާ ސިޓީއަކީ ޝުކުރުވެރިވާ ކްލަބެއް ނޫން ކަމަށް ބުނެ، އެ ކްލަބުން ލޯނެއްގެ ގޮތުގައި މިހާރު ބާސެލޯނާ އަށް ކުޅެމުންދާ ޕޯޗުގަލްގެ ފުލްބެކް ޖޮއާއޯ ކަންސެލޯ، ސިޓީ އަށް ފާޑުކިޔައިފިއެވެ.

ޔުވެންޓަސް އިން 2019 ވަނަ އަހަރު ސިޓީ އަށް ބަދަލުވި ކަންސެލޯ، 29، އަކީ ކުރިން ސިޓީގެ މުހިންމު ކުޅުންތެރިއެކެވެ. ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާގެ އިތުބާރު ކުރާ ކުޅުންތެރިއެއްގެ ގޮތުގައި ކަންސެލޯ ހުރި ނަމަވެސް، މިދިޔަ އަހަރުގެ ޖެނުއަރީ މަހު އޭނާ ވަނީ ހައިރާންކުރަނިވި ގޮތަކަށް ލޯނު އެއްބަސްވުމެއްގެ ދަށުން ބަޔާން މިއުނިކް އަށް ބަދަލުވެފަ އެވެ.

އަދި މި ސީޒަންގައި އޭނާ ވަނީ ލޯނު އެއްބަސްވުމެއްގެ ދަށުން ބާސެލޯނާއާ ގުޅިފަ އެވެ.

ރިޕޯޓްތަކުން ބުނާގޮތުގައި ސިޓީޖން ކަންސެލޯ ދޫކޮށްލީ އޭނާގެ ސަބަބުން ޓީމުގެ ތެރޭގައި މައްސަލަތައް ޖެހޭތީއެވެ.

ކަންސެލޯ ބުނީ އޭނާ ސިޓީގައި ހޭދަކުރި ދުވަސްވަރު އެ ކްލަބަށް ކޮށްދިން ކަންތައްތަކަށް އެ ކްލަބުން "ޝުކުރުވެރިނުވާ" ކަމަށެވެ. އަދި އެހެން ކްލަބަކަށް އޭނާ ބަދަލުވުމާ ގުޅޭގޮތުން ދޮގު ވާހަކަތަކެއް ފަތުރާފައިވާ ކަމަށެވެ.

"ދޮގު ވާހަކަތަކެއް ފެތުރި. އެކަމަކު ޓީމުގެ ކުޅުންތެރިންނަށް އެނގޭނެ އަހަންނަކީ ގޯސް މީހެއް ނޫންކަން،" ކަންސެލޯ ބުންޏެވެ. "އަހަންނަށް ހީވަނި ސިޓީން ޝުކުރުވެރިނުވަނީހެން. އެއް އިރެއްގައި އަހަންނަކީވެސް އެ ޓީމަށް ވަރަށް މުހިންމު ކުޅުންތެރިއެއް."

ކަންސެލޯ ބުނީ ސިޓީއަށް ކުޅުނު ކޮންމެ މެޗެއްގައިވެސް އެ ޓީމަށް ކާމިޔާބުކޮށްދޭން ބުރަކޮށް މަސައްކަތް ކޮށްފައިވާނެ ކަމަށެވެ.