Advertisement

ރަޝިއާގެ ކޮންސަޓު ހޯލު ހަމަލާގައި މަރުވި މީހުންގެ އަދަދު 137 އަށް އަރައިފި

25 މާރިޗު 2024 - 07:28 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު


ރަޝިއާގެ ކޮންސަޓު ހޯލު ހަމަލާގައި މަރުވި މީހުންގެ އަދަދު 137 އަށް އަރައިފި

25 މާރިޗު 2024 - 07:28 0

ރަޝިއާގެ ކްރޯކަސް ސިޓީ ހޯލަށް ހުކުރު ދުވަހުގެ ރޭ ދިން ހަމަލާގައި މަރުވި މީހުންގެ އަދަދު 137 އަށް އަރައިފި އެވެ.

ރިޕޯޓްތައް ބުނާ ގޮތުން ރަޝިއާގެ ވެރިރަށް މޮސްކޯގައި ހުންނަ ކޮންސަޓު ހޯލަށް ހަތިޔާރު އެޅި ފަސް ވަރަކަށް މީހުން ވަދެ ބަޑީގެ އިތުރުން އެއްޗެހި ގޮއްވާލައިގެން ދިން މި ހަމަލާގައި 150 އަށްވުރެ ގިނަ މީހުން ވަނީ ޒަހަމްވެފަ އެވެ.

މަރުވި މީހުންގެ ތެރޭގައި ތިން ކުޑަ ކުދިންވެސް ހިމެނޭއިރު، 107 މީހުންގެ ހާލު ސީރިއަސް ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ހަމަލާއާ ގުޅިގެން ރަޝިއާގެ ރައީސް ލެޑިމިއަ ޕުޓިން ވިދާޅުވީ މަރުވި މީހުންގެ އާއިލާތަކަށް ތައުޒިޔާ ވިދާޅުވާ ކަމަށާއި، މިކަމުން އަރައިގަންނާނީ މުޅި ގައުމު އެއްކޮށް ކަމަށެވެ.

"މައްސަލައާ ގުޅިގެން 11 މީހަކު ވަނީ ހައްޔަރު ކުރެވިފައި. ހަމަލާ ދިން ކަމަށް ބެލެވޭ މީހުން ދަތުރު ކުރަމުންދިޔައީ ޔޫކްރެއިންއާ ދިމާލަށް" ޕުޓިން ވިދާޅުވި އެވެ.

ހަމަލާގެ ޒިންމާ އައިއެސްއިން ނަގާފައިވާއިރު، ހަމަލާގައި ބައިވެރިވި މީހުން ހޯދުމުގެ މަސައްކަތް ރަޝިއާގެ ކަމާބެހޭ ފަރާތްތަކުން އަންނަނީ ކުރަމުންނެވެ.

މި ހަމަލާ ދިނުމުގައި އެއްވެސް ބައިވެރިވުމެއް ނޯންނާނެ ކަމަށް ޔޫކްރޭނުން ވަނީ ބުނެފަ އެވެ. އަދި އެމެރިކާއިން ވެސް ވަނީ ޔޫކްރެއިންގެ އަތެއް މިކަމުގައި ނެތް ކަމަށް ބުނެފަ އެވެ.

ޖުމްލަ 6،200 މީހުންނަށް ވަދެވޭ ކޮންސަޓު ހޯލަށް ދިން މި ހަމަލާއަކީ 2004 ވަނަ އަހަރަށްފަހު އެ ގައުމަށް ދިން މިފަދަ އެންމެ ބޮޑު ހަމަލާ އެވެ.