Advertisement

އުރީދޫއިން އިސްރަށްވެހިންނަށް ބޭއްވި ފުރަތަމަ ރޯދަ ވީއްލުން އައްޑޫގައި

25 މާރިޗު 2024 - 07:24 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

އުރީދޫ އިސްރަށްވެހިންގެ ފުރަތަމަ ރޯދަ ވީއްލުން އައްޑޫގައި ބޭއްވުން -- ފޮޓޯ: އުރީދޫ


އުރީދޫއިން އިސްރަށްވެހިންނަށް ބޭއްވި ފުރަތަމަ ރޯދަ ވީއްލުން އައްޑޫގައި

25 މާރިޗު 2024 - 07:24 0

އުރީދޫ މޯލްޑިވްސްއިން އައްޑޫ ސިޓީގައި، އިސްރަށްވެހިންނާއި ޒުވާނުން އެއްކޮށް ރޯދަ ވީއްލުމެއް ބާއްވައިފި އެވެ.

މިއީ އުރީދޫއިން މި ރޯދަ މަހު އިފްތިތާހު ކުރި ސީއެސްއާރު ކެމްޕެއިން "އިސްރަށްވެހިންނާއިއެކު" ގެ ދަށުން ބޭއްވި ފުރަތަމަ ރޯދަ ވީއްލުމެވެ.

އުރީދޫއިން ބުނީ މި އިވެންޓުގެ މަގުސަދަކީ އިސްރަށްވެހިންނާއި، ޒުވާނުން ހިތްހަމަ ޖެހޭ މާހައުލެއްގައި ދިމާވެ، ގުޅުން ބަދަހިކުރުމުގެ ފުރުސަތު ހޯދައިދިން ކަމަށާއި، މި ސީރީޒްގެ ދަށުން ރާއަޖޭގެ އިތުރު ރަށްތަކުގައި ރޯދަ ވިއްލުން ބާއްވާނެ ކަމަށެވެ.

އުރީދޫގެ އަމާޒަކީ މިފަދަ ހަރަކާތްތަށް މެދުވެރިކޮށް މުޖުތަމައުގެ މޭސްތިރިން ކަމަށްވާ އިސްރަށްވެހިން މުޖުތަމައުގެ އެކި ކަންކަމުގައި ބައިވެރިވުން އިތުރުކުރުވުން ކަމަށް އެ ކުންފުނިން ބުނެ އެވެ.

އުރީދޫއިން ބުނީ މި ހަރަކާތްތައް މެދުވެރިއަކަށްވެ، މުޖުތަމައުގައި އެކަކު އަނެކަކަށް ކުރާ އިހްތިރާމު އިތުރުވެ، އެކަކު އަނެކަކަށް އަޅާލާ މުޖުތަމައެއް އުފެދުމަށް އެ ކުންފުނިން މަސައްކަތް ކުރާނެ ކަމަށެވެ.