Advertisement

ހަސަންގެ ކެންޑިޑެސީ ބާތިލު ކުރަން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ މާދަމާއަށް ތާވަލުކޮށްފި

24 މާރިޗު 2024 - 20:37 0

މުހައްމަދު ނަސީމް

މުހައްމަދު ނަސީމް

ވީބީ ހަސަން ކެންޑިޑޭޓުންގެ ބަހުސްގައި ވާހަކަދައްކަވަނީ. ފޮޓޯ: ސޯޝަލް މީޑިއާ


ހަސަންގެ ކެންޑިޑެސީ ބާތިލު ކުރަން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ މާދަމާއަށް ތާވަލުކޮށްފި

24 މާރިޗު 2024 - 20:37 0

ކުރިއަށް އޮތް 20 ވަނަ ރައްޔިތުންގެ މަޖިލީހަށް މެންބަރުން ހޮވަން އަންނަ އޭޕްރިލް މަހު ބާއްވާ އިންތިހާބުގައި މެދު ހެންވޭރު ދާއިރާއަށް ވާދަކުރައްވާ ހަސަން ޝިޔާމް (ވީބީ ހަސަން)ގެ ސާބިތު ދަރަންޏެއް އޮވެ، އެ ދަރަނި ދައްކަމުން ނުދާ ކަމަށް ތުހުމަތުކޮށް، ކެންޑިޑެސީ ބާތިލުކުރަން އަމިއްލަ ފަރާތަކުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ ފުރަތަމަ އަޑުއެހުުން މާދަމާއަށް ތާވަލުކޮށްފި އެވެ.

ހ. ކްއީން، އިލްޔާސް އަހުމަދު ހުށަހަޅާފައިވާ އެ މައްސަލާފައި ތުހުމަތު ކޮށްފައިވާ ގޮތުގައި ހަސަންގެ މައްޗަށް ސާބިތު ދަރަންޏެއް އޮތް ކަމަށް ޝަރީއަތަށް ސާބިތުވެފައިވާއިރު ހުކުމާ އެއްގޮތަށް އޭނާ ދަރަނި އަދާކުރަމުން ނުދެ އެވެ.

އެއީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ގާނޫނާއި ރައްޔިތުުންގެ މަޖިލީހުގެ ގަވައިދުގައި، ކެންޑިޑޭޓެއްގެ ކިބައިގައި ހުންނަން ޖެހޭނެ ކަމަށް ކަނޑައަޅާފައިވާ ޝަރުތު، އޭނާގެ ކިބައިގައި ފުރިހަމަ ނުވާނެ ސަބަބެއް ކަމަށް ވެސް އިލްޔާސް ހުށަހެޅި ދައުވާގައި ބުނެފައި ވެ އެވެ.

އެހެން އެކަން އޮތުމުން ހަސަންގެ ކެންޑިޑެސީ ބާތިލުކޮށްދޭން އެދިފައިވެ އެވެ.

ސުޕްރީމް ކޯޓަށް އެ މައްސަލަ ހުށަހެޅި އިލްޔާސް އަކީ ހަސަން ކުރިމަތިލެއްވި، މެދު ހެންވޭރު ދާއިރާއަށް ވޯޓުލުމުގެ ހައްގު އޮތް މީހެކެވެ. އަދި އޭނާއަކީ، މިހާރު އެ ދާއިރާގެ މެމްބަރު އަލީ އާޒިމްގެ ކޮއްކޮ އެވެ.

ދަ ޑިމޮކްރެޓްސްގެ ޓިކެޓުގައި މެދު ހެންވޭރު ދާއިރާ އަށް މިފަހަރު ވެސް އާޒިމް ވާދަ ކުރައްވަ އެވެ.

އިންތިހާބުގެ ވޯޓުލުން ބޭއްވުމަށް ހަމަޖައްސާފައި ވަނީ އޭޕްރީލް 21 ގަ އެވެ.