Advertisement

ރެއާލުން އަލެކްސަންޑާ-އާނޯލްޑް އަށް ބިޑްކުރަނީ: ރިޕޯޓް

24 މާރިޗު 2024 - 12:42 0


ރެއާލުން އަލެކްސަންޑާ-އާނޯލްޑް އަށް ބިޑްކުރަނީ: ރިޕޯޓް

24 މާރިޗު 2024 - 12:42 0

މެޑްރިޑް (މާޗް 24) - ރެއާލް މެޑްރިޑުން ލިވަޕޫލްގެ ފުލްބެކް، ޓްރެންޓް އަލެކްސަންޑާ-އާނޯލްޑް އަށް ބިޑްކުރަން ތައްޔާރުވަމުން އަންނަ ކަަމަށް ސްޕެއިނުގެ މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

ލިވަޕޫލްގެ ވައިސް ކެޕްޓަން، އަލެކްސަންޑާ-އާނޯލްޑް، 25، އެ ޓީމާ އެކު، ހަދާފައިވާ ކޮންޓްރެކްޓް އޮތީ އަންނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. ލިވަޕޫލުން އަންނަނީ އަލެކްސަންޑާ-އާނޯލްޑްގެ ކޮންޓްރެކްޓް އާ ކުރަން މަޝްވަރާތަކެއް ކުރަމުންނެވެ.

ދާދި ފަހުން، ހަމަޖެއްސި ސީއީއޯ އޮފް ފުޓްބޯލް، މައިކަލް އެޑްވާޑް އާއި ސްޕޯޓިން ޑިރެކްޓަރު، ރިޗާޑް ހިއުސް އެންމެ މުހިންމު އެއް ކަމެއްގެ ގޮތުގައި ކުރާނެ ކަމަކީ، އަލެކްސަންޑާ-އާނޯލްޑް ފަދަ މުހިންމު ކުޅުންތެރިންގެ ކޮންޓްރެކްޓް އާ ކުރުމެވެ.

ރެއާލުން މުސްތަގުބަަލަށް ވަރުގަދަ ޓީމެއް އެކުލަވާލަން ކުރާ މަސައްކަތުގައި ކުރިއަށް އޮތް ޓްރާންސްފާ މާކެޓްގައި ފާރަލަނީ، އަލެކްސަންޑާ-އާނޯލްޑްގެ އިތުރުން ޕީއެސްޖީގެ ކީލިއަން އެމްބާޕޭ އާއި ބަޔާން މިއުނިކްގެ އަލްފަންސޯ ޑޭވިސް އަށެވެ.

މީގެ ތެރެއިން، އަލެކްސަންޑާ-އާނޯލްޑް އަށް ރެއާލުން 80 މިލިއަން ޑޮލަރުގެ ބިޑެއް ކުރާނެ ކަމަށް ސްޕެއިނުގެ އެލްމުންޑޯ ޑިޕޯޓިވޯ އިން ރިޕޯޓްކޮށްފައިވެ އެވެ.

ލިވަޕޫލް އެކެޑަމީން ތަމްރީންވި އަލެކްސަންޑާ-އާނޯލްޑް އަންނަނީ 2016 ވަަނަ އަހަރުގެ ފަހުކޮޅުން ފެށިގެން ލިވަޕޫލް ޓީމަށް ގަވާއިދުން ކުޅެމުންނެވެ. މި ވަގުތު ކަކުލުގެ ލިގަމެންޓަށް ލިބުނު އަނިޔާއަކަށް ފަރުވާ ހޯދަމުން އަންނަ އަލެކްސަންޑާ-އާނޯލްޑް ކުރިއަށް އޮތް ދެ ހަފްތާ ތެރޭގައި ކުޅުމަށް އެނބުރި އަންނާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ.