Advertisement

ފުވައްމުލަކުގައި ފަތުރުވެރިއެއްގެ ދަބަހާއި ޑްރޯން ވަގަށް ނެގި މައްސަލައެއް ފެންމަތިވެއްޖެ

24 މާރިޗު 2024 - 13:13 1

މަރިޔަމް އަފާ ނިޒާމް

މަރިޔަމް އަފާ ނިޒާމް

ފުވައްމުލަކު ބީޗް. ފަތުރުވެރިޔާ އަތުން ފޭރުނީ އޭނާ މޫދަށް ފައިބާ އުޅެނިކޮށް -- ފޮޓޯ: އަދަދު


ފުވައްމުލަކުގައި ފަތުރުވެރިއެއްގެ ދަބަހާއި ޑްރޯން ވަގަށް ނެގި މައްސަލައެއް ފެންމަތިވެއްޖެ

24 މާރިޗު 2024 - 13:13 1

ފުވައްމުލަކު ސިޓީގައި ޗުއްޓީ ހޭދަކުރުމުންދިޔަ ފަތުރުވެރިއެއްގެ އަތުން ފޭރުނު މައްސަލައެއް ފެންމަތިވެއްޖެ އެވެ.

އެ ފަތުރުވެރިޔާ އެ ވާހަކަ ކިޔައިދޭ ވީޑިއޯއެއް ދަނީ ސޯޝަލް މީޑިއާގައި މިހާރު ދަނީ ދައުރުވަމުންނެވެ. އޭނާ ބުނީ މޫދަށް އެރުނު ވަގުތު އޭނާގެ ދަބަސް އަދި ޑްރޯން ފޭރިގެންފައިވާ ކަމަށެވެ.

ފަތުރުވެރިޔާ ކިޔައިދިން ގޮތުގައި އޭނާ ޑްރޯން ދުއްވަން ހުއްޓައި އުމުރުން 15 އަހަރާއި 17 އަހަރާއި ދެމެދުގެ ދެ ފިރިހެން ކުދިން އޭނާ ގާތަށް އައިސް ޑްރޯންއާ ބެހޭ ގޮތުން ސުވާލުކުރި އެވެ. ގާތްގަނޑަކަށް ތިން މިނެޓު ވަންދެން އެކުދިން އޭނާއާ ވާހަކަ ދެއްކި ކަމަށް ފަތުރުވެރިޔާ ބުނެ އެވެ.

ފަތުރުވެރިޔާ ބުނީ އޭނާ މޫދަށް އެރުނީ ޑްރޯން އާއި ދަބަސް ބޭއްވުމަށްފަހު ކަމަށެވެ. އޭނާ މޫދަށް އެރުމުން ފިލައިގެން ތިބި ބަޔަކު ނުކުމެ ދަބަހާއި ޑްރޯން ގެންދިޔައީ ކަމަށް އޭނާ ބުނެ އެވެ.

"އަހަރެން މޫދަށް އެރުނު ވަގުތު އެމީހުން އެ އެއްޗެހި ފޭރުނީ. އެމީހުން އައީ ވިނަގަނޑު ތެރެއިން. އަހަރެންގެ ދަބަހާ ޑްރޯން ގެންދިޔައީ،" އިނގެރޭސި ބަހުން ފަތުރުވެރިޔާ ކިޔައިދިނެވެ.

އޭނާ ބުނި ގޮތުގައި ދަބަސް ތެރޭގައި އޭނާގެ ފޯނާއި ވޮލެޓުގެ އިތުރުން ސައިކަލު ތަޅުދަނޑި ވެސް އޮންނާނެ އެވެ. އަދި އޭނާގެ ވޮލެޓުގައި 1،500 ދިވެހި ރުފިޔާގެ އިތުރުން 200 ޑޮލަރު އޮންނާނެ ކަމަށް ފަތުރުވެރިޔާ ބުންޏެވެ. ވީޑިއޯގައި ފަތުރުވެރިޔާ ވަނީ އޭނާގެ ތަކެތި އަނބުރައި ދިނުމަށް އެދިފަ އެވެ.

އެ މައްސަލައިގެ ތުހުމަތު ކުރެވޭ މީހާ އެނގިފައިވާ ކަމަށާއި ތަހުގީގު އިތުރު ކަންކަން މިހާރު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.