Advertisement

ވައިކަރަދޫގައި އާ ޖަނަރޭޓަރެއް ބަހައްޓައި ކަރަންޓުގެ މައްސަލަ ހައްލުކޮށްފި

24 މާރިޗު 2024 - 12:11 0

ވައިކަރަދޫގައި އާ ޖަނަރޭޓަރު ބެހެއްޓުމުގެ މަސައްކަތް ކުރަނީ: ރަށަށް ކަރަންޓުގެ މައްސަލަ ޖެހުނީ ކުރިން ހުރި ޖަނަރޭޓަރުން މުޅި ރަށަށް ކަރަންޓު ނުދެވޭން ފެށުމުން -- ފޮޓޯ: ފެނަކަ


ވައިކަރަދޫގައި އާ ޖަނަރޭޓަރެއް ބަހައްޓައި ކަރަންޓުގެ މައްސަލަ ހައްލުކޮށްފި

24 މާރިޗު 2024 - 12:11 0

ކަރަންޓުގެ މައްސަލަ ޖެހިގެން އުޅޭ ހދ. ވައިކަރަދޫގައި މިއަދު އާ ޖަނަރޭޓަރެއް ބަހައްޓައި ރަށަށް ދިމާވެގެން އުޅޭ ކަރަންޓުގެ މައްސަލަ ފެނަކަ ކޯޕަރޭޝަނުން ހައްލުކޮށްފި އެވެ.

ވައިކަރަދޫގައި ބެހެއްޓީ 250 ކިލޯވޮޓުގެ ޖަނަރޭޓަރެކެވެ. އެއާއެކު މުޅި ރަށަށް މިހާރު ކަރަންޓު ދެވޭ ކަމަށް ފެނަކައިން ބުންޏެވެ.

މީގެ ހަތް ދުވަސް ކުރިން ފެށިގެން މުޅި ވައިކަރަދޫއަށް އެއްކޮށް ކަރަންޓެއް ނުދެވެ އެވެ. އެ ރަށުގައި ކަރަންޓުގެ މައްސަލަ ޖެހުނީ ކުރިން ހުރި ޖަނަރޭޓަރަށް ލޯޑު ބޮޑުވެ، މުޅި ރަށަށް ބޭނުންވާ މިންވަރަށް ކަރަންޓު ނުދެވޭން ފެށުމުންނެވެ. ކަރަންޓު ދެވެނީ ރަށުގެ ފަސް ހިސާބުގެ ތެރެއިން ތިން ހިސާބަކަށް ކަމަށް ކައުންސިލުން ބުންޏެވެ.

ވައިކަރަދޫގެ ކަރަންޓު މައްސަލަ ޖެހިގެން ރަށުގައި މުޒާހަރާ ވެސް ކުރި އެވެ. ކަރަންޓު މައްސަލަ ޖެހޭތީ އަސާސީ ގިނަ ކަންކަން ކުރަންޖެހެނީ ވަރަށް ދަތިހާލުގައި ކަމަށް އެ ރަށު މީހުން ބުނެފައިވެ އެވެ.

ވައިކަރަދޫގެ އިތުރުން، ގދ. ހޯޑެއްދޫ، ހއ. ދިއްދޫ، ރ. މީދޫ، އައްޑޫ ސިޓީ އަދި ހދ. ކުޅުދުއްފުށި ސިޓީއަށް އާ ޖަނަރޭޓަރު ގެނެސް ބެހެއްޓުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް މުއާޒް ވިދާޅުވި އެވެ.

ފެނަކައިން ބުނީ ހޯޑެއްދޫއަށް ގެންދަނީ 400 ކިލޯވޮޓުގެ ޖަނަރޭޓަރެއް ކަމަށެވެ. ދިއްދޫ އާއި އައްޑޫއަށް ގެންދަނީ 1000 ކިލޮވޮޓުގެ ޖަނަރޭޓަރެކެވެ. އަދި ކުޅުދުއްފުއްޓަށް ގެންދަނީ 800 ކިލޯވޮޓުގެ ޖަނަރޭޓަރެކެވެ.