Advertisement

ބިއްލޫރި ހޮޅިއަކުން މާލޭ ރައްޔިތުން ގެންދަވަން ނޫޅުއްވާ، ރަނގަޅީ ގުޅިފަޅާއި ގިރާވަރު ފަޅު: ސޯލިހު

24 މާރިޗު 2024 - 11:43 4

މުހައްމަދު ނަސީމް

މުހައްމަދު ނަސީމް

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ކެމްޕެއިންކުރަން އެމްޑީޕީން ރޭ ބޭއްވި ޖަލްސާއެއްގައި ކުުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވާހަކަފުޅުދައްކަވަނީ. ފޮޓޯ:އިޔާދު/އަަދަދު


ބިއްލޫރި ހޮޅިއަކުން މާލޭ ރައްޔިތުން ގެންދަވަން ނޫޅުއްވާ، ރަނގަޅީ ގުޅިފަޅާއި ގިރާވަރު ފަޅު: ސޯލިހު

24 މާރިޗު 2024 - 11:43 4

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އެންމެ އިސްކަން ދޭ މަޝްރޫއު ކަމަށްވާ ފުށިދިއްގަރު ފަޅު ހިއްކުުމުގެ މަޝްރޫއަށް ފާޑު ވިދާޅުވެ، ކުރިން ފަށާފައިވާ ގުޅިފަަޅާއި ގިރާވަރު ފަޅުގެ މަޝްރޫއު ކުރިއަށް ގެންދަން ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ގޮވައިލައިފި އެވެ.

ވިހިވަނަ ރައްޔިތުުންގެ މަޖިލީހަށް މެންބަރުުން ހޮވަން ބާއްވާ އިންތިހާބަށް ކެމްޕެއިންކުރަން ރޭ ބޭއްވި ޖަހަގަ ޖަލްސާއެއްގައި ސޯލިހު ވިދާޅުވީ އަދި ވެސް އޮތް އެންމެ ރަނގަޅު ގޮތަކީ ގުޅިފަޅާއި ގިރާވަރުފަޅާއި އުތުރުތިލަފަޅު ހިއްކައިގެން ގޯތި ތިނުން ކަމަށެވެ.

"ބިއްލޫރި ހޮޅިއެއްގެ ތެރެއިން މާލޭ ރައްޔިތުން ގެންދަން ނޫޅުއްވާ، ހޮޅިއަކީ އަޅުގަނޑުމެން މާ ކުރިން ފެށިގެން ދަންނަ އެއްްޗެއް. މާލޭ ރައްޔިތުންނަށް އަދިވެސް އޮތް އެންމެ ރަނގަޅު ގޮތަކީ ގުޅިފަޅާއި ގިރާވަރުފަޅާއި އުތުރުތިލަފަޅު އަދި ހުޅުމާލޭ ފޭސް ތިނެއް ހިއްކާ އެތަންތަނުން ގޯތި ދިނުން،" ސޯލިހު ވިދާޅުވި އެވެ.

އެ ތަންތަނުން ގޯތި ނުދެވެންވީ އެއްވެސް ސަބަބެއް ނެތް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ. ހުޅުމާލެ ފޭސް 3 ގެ މަޝްރޫއު ހުއްޓާލާފައި ވާތީ ކަންބޮޑުވުން ފާޅުކުރައްވަމުން ސޯލިހު ވިދާޅުވީ ފުށިދިއްގަރު ފަޅު މަޝްރޫއު ވެސް ކުރިއަށް ގެންދަންވީ ކަމަށާއި އެހެން ނަމަވެސް ފަށާފައި ހުުރި ބޮޑެތި މަޝްރޫއުތައް ކުރިއަށް ގެންދަން ޖެހޭނެ ކަމަށެވެ.

ގުޅިފަޅާއި ގިރާވަރުފަޅުގެ މަޝްރޫއު ވެސް ކުރިއަށް ގެންދަވާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވާ ކަމަށާއި އެހެން ނަމަވެސް އެމަނިކުފާނާ މެދު އެއްވެސް އިތުބާރެއް ނެތް ކަމަށް ސޯލިހު ވިދާޅުވި އެވެ.