Advertisement

ދިރާގުން ކެއާ ސޮސައިޓީގެ ވޮކޭޝަނަލް ޓްރޭނިން ޕްރޮގްރާމަށް އެހީވެއްޖެ

24 މާރިޗު 2024 - 13:51 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު


ދިރާގުން ކެއާ ސޮސައިޓީގެ ވޮކޭޝަނަލް ޓްރޭނިން ޕްރޮގްރާމަށް އެހީވެއްޖެ

24 މާރިޗު 2024 - 13:51 0

ދިރާގުން ކެއާ ސޮސައިޓީގެ ވޮކޭޝަނަލް ޓްރެއިނިންގް ޕްރޮގްރާމް 2024 އަށް އެހީތެރިކަން ފޯރުކޮށްދީފި އެވެ.

މި ޕްރޮގްރާމްގެ މައިގަނޑު މަގްސަދަކީ އެކި ހުނަރުތައް ތަރައްގީކޮށް ތަފާތު ނުކުޅެދުންތެރިކަން ހުންނަ ޒުވާނުން ބާރުވެރިކުރުވާ، މުޖުތަމައުގައި ޝާމިލުކުރުމެވެ.

މި އަހަރުގެ ޕްރޮގްރާމް ކޮމްޕިއުޓަރު ބޭނުންކުރުމުގެ ހުނަރާއި ކެއްކުމާއި އާޓްސް އެންޑް ކްރާފްޓް ހުނަރުތައް ތަރައްގީ ކުރުމަށް ހާއްސަ ކޮށްފައިވާއިރު، މި ޕްރޮގްރާމްގައި މިވަގުތު 27 ދަރިވަރަކު ދަނީ ކިޔަވަމުންނެވެ.

މި ހުނަރުތައް އެކުދިންނަށް ދަސްކޮށްދެނީ އެކަމަށް ހާއްސަ މުދައްރަސުންނެވެ. އެގޮތުން ދިރާގުގެ ޕާޓްނާޝިޕް މެދުވެރިކޮށް މި ޕްރޮގްރާމްގައި ކިޔަވައިދުނުމަށް ބޭނުންވާ މުހިންމު ތައުލީމީ ވަސީލަތްތައް ފޯރުކޮށްދޭ ކަމަށް އެ ކުންފުނިން ބުނެ އެވެ.

ކެއާ ސޮސައިޓީއިން ބުނީ މިދިޔަ އަހަރުގެ ޕްރޮގްރެސް ރިޕޯޓްތަކުގައި ބަޔާންކޮށްފައިވާގޮތުގައި، ވޮކޭޝަނަލް ޓްރެއިންގ ޕްރޮގްރާމް މެދުވެރިކޮށް 81 އިންސައްތަ ޕްރޮގްރެސް ރޭޓް ދަރިވަރުން ވަނީ ހާސިލްކޮށްފަ އެވެ.

"މި ޕްރޮގްރާމުން ކުދިންގެ އަމިއްލަ މިނިވަންކަމާއި، މުވާސަލާތީ އަދި އިޖުތިމާއީ ހުނަރުތަކަށް ހެޔޮ ބަދަލެއް އައިސްފައިވޭ" ކެއާ ސޮސައިޓީން ބުނެ އެވެ.

ޒުވާނުންނާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ބާރުވެރިކުރުވުމަކީ ދިރާގުގެ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ (ސީއެސްއާރު) ޕްރޮގްރާމްގެ މައިގަނޑު އަމާޒެވެ. އެގޮތުން އެފަދަ ޕްރޮގްރާމްތަކަށް ދިރާގުން އަބަދުވެސް ދަނީ އެއްބާރުލުންދީ، އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

2018ވަނަ އަހަރު ކެއާ ސޮސައިޓީގެ ވޮކޭޝަނަލް ޓްރެއިނިންގް ޔުނިޓް އުފެދުނީއްސުރެ ދިރާގުން އަންނަނީ އެ އެންޖީއޯގެ ވޮކޭޝަނަލް ޓްރެއިނިން ޕްރޮގްރާމަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.