Advertisement

ދެ ދުވަހުގެ ސިންގަޕޫރު ދަތުރަށް ފަހު ރައީސް އާއި އަނބިކަނބަލުން މާލެ އަށް

24 މާރިޗު 2024 - 01:07 0

ރައީސް ޑރ. މުހައްމަދު މުއިއްޒު އަދި އަނބިކަނބަލުން ސާޖިދާ މުހައްމަދު -- ފޮޓޯ: ރައީސް އޮފީސް


ދެ ދުވަހުގެ ސިންގަޕޫރު ދަތުރަށް ފަހު ރައީސް އާއި އަނބިކަނބަލުން މާލެ އަށް

24 މާރިޗު 2024 - 01:07 0

ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި އަނބިކަނބަލުން ސާޖިދާ މުހައްމަދު ސިންގަޕޫރަށް ކުރެެއްވި ނުރަސްމީ ދަތުރަށް ފަހު މިރޭ މާލެ ވަޑައިގެންފި އެވެ.

ރައީސް އާއި އަނބިކަނބަލުން ސިންގަޕޫރަށް ވަޑައިގަތީ އަމިއްލަ ދަތުރެއްގައި ކަން ހާމަކުރުން ފިޔަވައި، ދަތުރާ ގުޅޭ އިތުރު މައުލޫމާތެއް ރައީސް އޮފީހުން މިހާތަނަށް ހާމަކޮށްފައެއް ނެތެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބޯމަތިވެފައި އޮތްވައި، ކުއްލި ގޮތަކަށް އަދި އެހާ ކުރު ދަތުރެއްގައި ރައީސް ވަޑައިގަތުމުގެ ބޭނުމާމެދު ބައެއް ފަރާތްތަކުން ސުވާލު އުފައްދަވަ އެވެ.

ރައީސް ސިންގަޕޫރަށް ވަޑައިގެންނެވި ސަބަބު ރައީސް އޮފީހުން ހާމަ ނުކުރާތީ، އެ މަނިކުފާނު ވަޑައިގަތީ އާލާސްކަންފުޅެއްގައި ކަމެއް ނުވަތަ މަޖިލީހުގެ ކެމްޕޭނާ ގުޅޭ ކަމެއްގައި ކަމެއް ސާފެއް ނުވެ އެވެ.

ރައީސް މުއިއްޒު، ވެރިކަމުގެ ފުރަތަމަ ހަތަރު މަހު ވަނީ ތުރުކީ، އެކުވެރި އަރަބި އިމާރާތް، އަދި ޗައިނާއަށް ރަސްމީ ދަތުރުތަކެއް ކުރައްވާފަ އެވެ. އެކުވެރި އަރަބި އިމާރާތައް ރައީސް ދެ ފަހަރެއްގެ މަތިން ވަޑައިގަތެވެ.

މީގެތެރެއިން ތުރުކީ އަދި ޗައިނާ ދަތުރުގައި އަނބިކަނބަލުންވެސް ބައިވެރިވެވަޑައިގަތެވެ.