Advertisement

ހަރަދު ބޮޑުވާތީ މެލޭޝިއާ އިން ވެސް ކޮމަންވެލްތު ގޭމްސް ނުބާއްވަން ނިންމައިފި

23 މާރިޗު 2024 - 16:15 0


ހަރަދު ބޮޑުވާތީ މެލޭޝިއާ އިން ވެސް ކޮމަންވެލްތު ގޭމްސް ނުބާއްވަން ނިންމައިފި

23 މާރިޗު 2024 - 16:15 0

ކުއަލަ ލަމްޕޫރު، މެލޭޝިއާ (މާޗް 23) - ކޮމަންވެލްތު ގޭމްސް ބާއްވަން ބޮޑު ހަރަދެއް ދާނެތީ މެލޭޝިއާ އިން ވެސް 2026 ވަނަ އަހަރުގެ ގޭމްސް އެ ގައުމުގައި ނުބާއްވަން ނިންމާ އެކަން ކޮމަންވެލްތު ގޭމްސް ފެޑެރޭޝަން އަށް އަންގައިފި އެވެ.

މީގެ ކުރިން 2026 ވަނަ އަހަރުގެ ގޭމްސް ބާއްވަން ނިންމީ އޮސްޓްރޭލިއާ ގައެވެ. އެކަމަކު، އެ ގައުމުން ވެސް ގޭމްސް އަށް ބޮޑު ހަރަދެއް ދާނެތީ އެ ގައުމުގައި ގޭމްސް ނުބާއްވަން ވަނީ ނިންމާފަ އެވެ. އެއާ އެކު ކޮމަންވެލްތުން ވަނީ މެލޭޝިއާ އަށް އެ ފުރުސަތު ދޭން ނިންމައިފަ އެވެ.

ކޮމަންވެލްތު ގޭމްސް ފެޑަރޭޝަން އިން ވަނީ މެލޭޝިއާ އަށް އެ ގައުމުގައި ކޮމަންވެލްތު ގޭމްސް ބާއްވާނަމަ 100 މިލިއަން ޑޮލަރު ދޭން ނިންމާފަ އެވެ.

އެކަމަކު، މެލޭޝިއާގެ ސްޕޯޓްސް މިނިސްޓްރީން ބުނީ އެ ވަރުގެ ބޮޑު ކުޅިވަރު އިވެންޓެއްގެ ހަރަދު 100 މިލިއަން ޑޮލަރުން ނުހިންގޭނެ ކަމަށެވެ. އަދި މީގެ ސަބަބުން އެ ގައުމުގެ އިގްތިސާދަށް ބޮޑު އަސަރެއް ކުރާނެ ކަމަށް ބެލެވޭ ކަމަށް މެލޭޝިއާގެ ސްޕޯޓްސް މިނިސްޓްރީން ވަނީ ބުނެފަ އެވެ.

މެލޭޝިއާއިން ގޭމްސް ނުބާއްވަން ނިންމުމުން މި ގޭމްސްގެ ކުރިމަގާމެދު ވަނީ ސުވާލު އުފެދިފަ އެވެ.

މީގެ ކުރިން 2022 ވަނަ އަހަރު ބާމިންހަމްގައި ބޭއްވި ކޮމަންވެލްތު ގޭމްސް އަކީ ސައުތު އެފްރިކާއިން މުބާރާތް ފަހު ވަގުތު ނުބޭއްވޭނެ ކަމަށް ބުނުމުން އެގައުމުގައި ކުރިއަށް ދިޔަ ގޭމްސް އެކެވެ. ކުރިން 2026 ވަނަ އަހަރު ގޭމްސް ބާއްވަން ނިންމީ ބާމިންހަމްގަ އެވެ.

މެލޭޝިއާގެ ކޮމަންވެލްތް ގޭމްސް ރައީސް މުހައްމަދު ނޯޒާ ވަނީ އެގައުމުގައި ކޮމަންވެލްތު ގޭމްސް ނުބޭއްވޭނެކަން އެންގުމުން ހިތާމަފާޅު ކޮށްފަ އެވެ.

"މިއީ އަހަރެމެންނަށް ލިބޭނެ ބޮޑު ފުރުސަތެއް ވަންސް އަ ލައިފް ޓައިމް ލިބޭނެ ކަހަލަ ފުރުސަތެއް މިއީ. ކާމިޔާބު ހޯދަން ވެސް މި ފުރުސަތުން ފިލާވަޅުތަކެއް ލިބޭނެ" ނޯޒާ ވިދާޅުވި އެވެ.

މެލޭޝިއާ އިން 2026 ވަނަ އަހަރުގެ ކޮމަންވެލްތު ގޭމްސް ނުބާއްވަން ނިންމުމުން ކޮމަންވެލްތުން އަންނަނީ ދެން ގޭމްސް ބޭއްވޭނެ ގައުމެއް ބަލަމުންނެވެ.