about 2 hours 0
ހޭންޑްބޯލް މޯލްޑިވްސްގެ ރައީސް މުޖުތަބާ: އޭނާ ވަނީ ކޮމަންވެލްތު ހޭންޑްބޯލް އެސޯސިއޭޝަންގެ ނައިބު ރައީސަކަށް އިންތިހާބުވެފައި.--- ފޮޓޯ: ހޭންޑްބޯލް މޯލްޑިވްސް / އައިވޯލް ޕޯޓްރެއިޓް
about 2 hours 0
ކޮމަންވެލްތު ހޭންޑްބޯލް އެސޯސިއޭޝަންގެ ނައިބު ރައީސް، އޭޝިއާގެ މަގާމަށް ރާއްޖޭގެ ހޭންޑްބޯޅަ ޖަމިއްޔާ، ހޭންޑްބޯލް މޯލްޑިވްސްގެ ރައީސް، ރައީސް، އަހުމަދު މުޖުތަބާ (މުޖޭ) އިންތިހާބުވެވަޑައިގެންފި އެވެ.
ހޭންޑްބޯލް މޯލްޑިވްސްގެ ރައީސް، މުޖުތަބާ، ކޮމަންވެލްތުގެ ހޭންޑްބޯލް އެސޯސިއޭޝަންގެ ނައިބު ރައީސަކަށް އިންތިހާބުވީ، މީގެ ދެ ދުވަސް ކުރިން، މިސްރުގައި ކުރިއަށްދިޔަ، ކޮމަންވެލްތު ހޭންޑްބޯލް އެސޯސިއޭޝަންގެ އިންތިހާބުގައި ވާދަކުރައްވައިގެން ހޯދި ކާމިޔާބާ އެކު އެވެ.
މުޖުތަބާއާ އެކު، އެ މަގާމަށް ވާދަކުރެއްވީ އިންޑިއާގެ އަނަދޭޝްވަރު ޕެންޑީ އެވެ.
ރާއްޖޭގައި ހޭންޑްބޯޅަަ ވުޖޫޖުކުރުމުން ފެށިގެން މިއަދާ ހަމައަށް ވެސް އެ ކުޅިވަރު ޑިވެލޮޕްކުރުމުގައި ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާ މުޖޭ ވަނީ ހޭންޑްބޯލް މޯލްޑިވްސްގެ ނައިބު ރައީސްގެ މަގާމު ވެސް މީގެ ކުރިން ފުރުއްވައިފަ އެވެ. ހޭންޑްބޯލް މޯލްޑިވްސް އަށް ގައުމީ ކުޅިވަރު އެސޯސިއޭޝަނެއްގެ ހައިސިއްޔަތު ދިނުމަށް ކުޅިވަރުގެ ޤައުމީ ކައުންސިލުން 2015 ގައި ނިންމިއިރު ވެސް އެސޯސިއޭޝަން ޖެނެރަލް ސެކްރެޓަރީ އަކަށް ހުރީ މުޖުތަބާ އެވެ.
މުޖުތަބާގެ ލީޑަޝިޕާ އެކު، ބައިނަލްއަގުވާމީ ފެޑެރޭޝަންތަކާ ރާއްޖޭގެ ޖަމިއްޔާ، ހޭންޑްބޯލް މޯލްޑިވްސްގެ ގުޅުން ބަދަހިކޮށް ރާއްޖެ އަށް ވަނީ ގިނަ ފުރުސަތުތަކެއް ހޯދައިދޭން ފަށައިފަ އެވެ. އެ ގޮތުން، މިދިޔަ ސެޕްޓެމްބަރު މަހު، ހދ. ކުޅުދުއްފުށި ސިޓީގައި ވަނީ ކޮމަންވެލްތުގެ ބީޗް ހޭންޑްބޯޅަ މުބާރާތް ކާމިޔާބުކަމާ އެކު ނިންމާލައިފަ އެވެ. ޖުމްލަ އެކު، ހަ ގައުމާ އެކު ކުރިއަށްދިޔަ އެ މުބާރާތަކީ މިހާތަނަށް ރާއްޖޭގައި ބޭއްވި އެންމެ ކާމިޔާބު އެއް އިންޓަނޭޝަނަލް މުބާރާތެވެ.
Comment