Advertisement

ބޯންލެސް ކުކުޅު މާލެއިން ގާތްގަނޑަކަށް ހުސްވެ، އަގު ވަރަށް ބޮޑުވެއްޖެ

23 މާރިޗު 2024 - 12:40 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު


ބޯންލެސް ކުކުޅު މާލެއިން ގާތްގަނޑަކަށް ހުސްވެ، އަގު ވަރަށް ބޮޑުވެއްޖެ

23 މާރިޗު 2024 - 12:40 0

ބޯންލެސް ކުކުޅު މާލޭގެ ބައެއް ފިހާރަތަކުން ހުސްވެ، އަގު ވަރަށް ބޮޑަށް އުފުލިއްޖެ އެވެ.

މާލޭގައި ކުކުޅު ހޯލްސޭލްކޮށް ވިއްކަމުންދާ ހެޕީމާކެޓުން ބޯންލެސް ކުކުޅު ހުސްވެފައިވާއިރު، ރީޓެއިލްކޮށް ކުކުޅު ވިއްކަމުންދާ ރެޑްވޭވް، ވިލާމާޓްގެ އިތުރުން ބޮޑެތި ސުޕަމާޓްތަކުން ބޯންލެސް ކުކުޅު ނުލިބެ އެވެ.

ކުކުޅު ރީޓެއިލްކޮށް ވިއްކާ ވިޔަފާރިވެރިއަކުން "އަދަދު" އަށް ބުނީ ބޯންލެސް ކުކުޅު ގިނަ ތަންތަނުން ހުސްވެ، އަގު އުފުލިފައިވަނީ ޝިޕްމަންޓެއް އައުމުގައި ލަސްކަމެއް އުޅޭތީ ކަމަށާއި، އާ ޝީޕްމަންޓު ލިބޭނެ ސީދާ ވަކި ދުވަހެއް ބުނަން ނޭގޭ ކަމަށެވެ.

ކުރިން 80ރ. އާއި 100ރ. އާ ދެމެދު ލިބެން ހުރި ބޯންލެސް އެއް ކިލޯ މިހާރު ލިބެން ހުރީ 150ރ. އާއި 200ރ. އާ ދެމެދުގެ އަގެއްގަ އެވެ. ދެ ކިލޯ ލިބެން ހުރީ 250ރ. އާއި 350ރ. އާ ދެމެދުގެ އަގެއްގަ އެވެ.

"ޝިޕިންއަށްވެސް ވަރަށް ބޮޑު ބަދަލެއް އަތުވެއްޖެ. ކުރިން ދުބާއީ ކޮޅުން ޝިޕްމަންޓް އަންނަނީ ކޮލަމްބޯއަށް. މިހާރު ޝިޕްމަންޓު އަންނަ ރޫޓު މި ބަދަލުވީ ދުބާއީން އިންޑިއާގެ ބޮމްބޭއިން ކޮލަމްބޯއަށް. ކޮލަމްބޯއިން ރާއްޖެއަށް މުދާ ގެނަންނަވެސް އެހާ އުނދަގޫ،" ވިޔަފާރިވެރިއަކު ބުންޏެވެ.

ކުކުޅުގެ ބާވަތްތައް އާންމުކޮށް އަންނަނީ ރަތްކަނޑު މެދުވެރިކޮށް ކަމަށްވާއިރު، އެ ކަނޑުގައި މިހާރު ހިނގަމުންދާ ކަންކަމާ ގުޅިގެންވެސް ޝިޕްމަންޓަށް ލަސްކަމެއް އަންނަ ކަމަށް ވިޔަފާރިވެރިޔާ ބުންޏެވެ.

ބެލެވޭ ގޮތުގައި ބޯންލެސް ކުކުޅު ލިބުން ދަތިވުމުގެ މައްސަލަ މުޅިން ހައްލުވާނީ ދެތިން މަސް ތެރޭގައި ކަމަށް ބެލެވެ އެވެ.

ރާއްޖެއަށް އެންމެ ގިނައިން ކުކުޅު އެތެރެކުރަނީ ދުނިޔޭގެ ގިނަ ގައުމުތަކަށް ކުކުޅު ބޭރުކުރާ ބްރެޒިލްއިންނެވެ.