Advertisement

އެމްބާޕޭއާ ގުޅޭ ސުވާލު ކުރާތީ އެންރީކޭ ހިތްހަމަނުޖެހިއްޖެ

2 އޭޕްރީލް 2024 - 12:00 0


އެމްބާޕޭއާ ގުޅޭ ސުވާލު ކުރާތީ އެންރީކޭ ހިތްހަމަނުޖެހިއްޖެ

2 އޭޕްރީލް 2024 - 12:00 0

ޕެރިސް (އޭޕްރީލް 2) - ޕީއެސްޖީގެ ފޯވަޑް ކީލިއަން އެމްބާޕޭއާ ގުޅޭ ސުވާލުތައް ނޫސްވެރިން މާ ގިނައިން ކުރާތީ ޕީއެސްޖީގެ ކޯޗު ލުއިސް އެންރީކޭ ހިތްހަމަނުޖެހިއްޖެ އެވެ.

ފްރާންސް ލީގުގައި އާދިއްތަ ދުވަހު މާސޭ އަތުން 2-0 އިން ޕީއެސްޖީ މޮޅުވި މެޗުގެ 65 ވަނަ މިނިޓުގައި އެންރީކޭ ވަނީ އެމްބާޕޭ ބާލައި، އޭނާގެ ބަދަލުގައި ޕޯޗުގަލްގެ ފޯވަޑް ގޮންޒާލޯ ރާމޮސް ކުޅެން އަރުވައިފަ އެވެ.

އެ މެޗަށް ފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިން ވަނީ އެމްބާޕޭ ބޭލުމާ ގުޅޭގޮތުން ސުވާލުތައް އަމާޒުކޮށްފައެވެ.

އެމްބާޕޭއާ ގުޅޭ ސުވާލުތައް ކުރަން ފެށުމުން އެކަމާ ހިތްހަމަނުޖެހިގެން އެންރީކޭ ބުނީ "ތި ކިޔަނީ އަބަދު އެއް ލަވައެއް" ކަމަށެވެ. އަދި އޭނާ އަކީ ޕީއެސްޖީގެ ކޯޗުކަމަށާއި ޓީމުގައި ގޮތް ނިންމާނީ އޭނާ ކަމަށެވެ.

"ކޮންމެ ހަފުތާއަކުވެސް އަބަދު އެއް ލަވައެއް މި އަޑުއިވެނީ،" ހިތްހަމަނުޖެހިފައި ހުރި އެންރީކޭ ބުންޏެވެ. "ޓީމުގެ ކޯޗަކީ އަހަރެން. ކޮންމެ ދުވަހަކުވެސް އަހަރެން ކަންތައްތަކުގައި ގޮތް ނިންމަނީ. މި މަގާމުގައި އަހަރެން ހުރިއްޔާ، އެކަން ބަދަލެއް ނުވާނެ. އަހަރެން އަބަދުވެސް ބަލާނީ ޓީމަށް ފައިދާވާނެ ގޮތެއް ހޯދަން."

މި ސީޒަނަށް ފަހު އެމްބާޕޭ ޕީއެސްޖީގައި މަޑުނުކުރާނެކަން ފެބްރުއަރީ މަހު ޔަގީންވުމާއެކު، އެމްބާޕޭ އަށް ޕީއެސްޖީން ކުޅެން ލިބޭ ފުރުސަތުތައް ވަނީ މަދުވެފައެވެ.

މާސޭ މެޗުގެ ކުރިން ނޫސްވެރިންނާ ވާހަކަދައްކަމުން އެންރީކޭ ބުނީ އޭނާގެ ބޭނުންވަނީ އެމްބާޕޭގެ ވިސްނުން ބަދަލުކޮށް، ޕީއެސްޖީގައި އޭނާ މަޑުކުރުން ކަމަށެވެ.