Advertisement

ކޭން ނެތުން އެއީ ފެންވަރު ދައްކައިލަން އާ ކުޅުންތެރިންނަށް ލިބޭ ފުރުސަތެއް

23 މާރިޗު 2024 - 11:45 0


ކޭން ނެތުން އެއީ ފެންވަރު ދައްކައިލަން އާ ކުޅުންތެރިންނަށް ލިބޭ ފުރުސަތެއް

23 މާރިޗު 2024 - 11:45 0

ލަންޑަން (މާޗް 22) - އަނިޔާގެ ސަބަބުން އިންގްލެންޑްގެ ކެޕްޓަން ހެރީ ކޭން އަށް އެ ޓީމުން މި ހަފުތާގައި ކުޅޭ ރަހުމަތްތެރިކަމުގެ މެޗުތަކުގައި ނުކުޅެވުން އެއީ އާ ކުޅުންތެރިންނަށް ފެންވަރު ދައްކާލުމަށް ލިބޭ ފުރުސަތެއް ކަމަށް އިންގްލެންޑްގެ ކޯޗު ގަރެތު ސައުތުގޭޓް ބުނެފި އެވެ.

އިންގްލަންޑުން މި ހަފުތާގައި އެކުވެރި ކަމުގެ ދެ މެޗު ކުޅޭނެ އެވެ. އެއީ މިރޭ ބްރެޒިލް އާއި ދެކޮޅަށް ކުޅޭ މެޗާއި އަންނަ ބުދަ ދުވަހު އަމިއްލަ ދަނޑުގައި ބެލްޖިއަމްއާ ދެކޮޅަށް ކުޅޭ މެޗެވެ.

މި ދެ މެޗަށް އެ ޓީމުން ނުކުންނައިރު, އެ ޓީމުގެ މުހިންމު ގިނަ ކުޅުންތެރިންނަށް އަނިޔާގެ ސަބަބުން ނުކުޅެވޭނެ އެވެ. އެއީ ހެރީ ކޭންގެ އިތުރުން އާސެނަލްގެ ފޯވާޑް، ބުކާޔޯ ސަކާ އާއި, އަޔަކްސްގެ މިޑްފީލްޑަރު، ޖޯޑަން ހެންޑަސަން އަދި ޗެލްސީގެ ކޯލް ޕާމާ އެވެ.

"ޓީމުގައި އަނިޔާގެ މައްސަލަ އެބަހުރި. މި ދެ މެޗުގައި ވެސް ސަކާ ނުކުޅޭނެކަން މިހާރު ޔަގީން. އެކަމަކު ބެލްޖިިއަމް މެޗަށް ނުކުންނައިރު, ހެންޑަސަން އަދި ޕަލްމާ ކުޅުމުގެ ފުރުސަތު ކޭން އަށްވުރެ ބޮޑު" ސައުތުގޭޓް ހާމަކުރި އެވެ.

އިންގްލެންޑް ގައުމީ ޓީމަށް އެންމެ ގިނަ ލަނޑު ޖަހާދިން ކުޅުންތެރިޔާ، ކޭން އަށް އަނިޔާވުމުން އޭނާގެ ބަދަލުގައި ބްރެޒިލް މެޗުން ކުޅުމުގެ ފުރަސަތު އެންމެ ބޮޑީ އެސްޓަން ވިލާގެ ފޯވާޑް އޮލިވާ ވަޓްކިންސް ނޫނީ, ބްރެންޓްފޯޑްގެ ފޯވާޑް އައިވާން ޓޯނީ އަށެވެ.

"އަހަރެން އަށް ހީވަނީ މި ދެ ކުޅުންތެރިންނަށް ވެސް އެނގޭހެން ކޭން ނެތްތަން ފޫބައްދަން އާ ކުޅުންތެރިއަކަށް ފުރުސަތު ދޭން ޖެހޭ ކަން އަދި މިއީ ބޮޑު ފުރުސަތެއްކަން. އެ ދެ ކުޅުންތެރިންވެސް ތިބީ ވަރަށް ފޯމުގައި" ސައުތުގޭޓް ބުންޏެވެ.

ގަތަރު ވޯލްޑް ކަޕަށް ފަހު އިންގްލެންޑުން މި ވަގުތު އޮތީ ވަރަށް ފޯމުގަ އެވެ. އެ ގޮތުން އެ ޓީމުން އެންމެ ފަހުން ކުޅުނު ދިހަ މެޗުން ބަލިވެފަ އެއް ނުވެ އެވެ. އަދި އޭގެ ތެރެއިން އަށް މެޗު ނިންމާލީ މޮޅުވެގެންނެވެ.

ބްރެޒިލް އާ ދެކޮޅަށް އިންގްލަންޑުން މިރޭ ނުކުންނައިރު, ބްރެޒިލުން އެންމެ ފަހުން ކުޅުނު ހަތަރު މެޗުން ވަނީ ބަލިވެފަ އެވެ.