22 މާރިޗު 2024 - 14:10 0
އަހުމަދު އާއިދު
22 މާރިޗު 2024 - 14:10 0
ހދ. ވައިކަރަދޫ އިންޖީނު ގޭގެ ދެ ޖަނަރޭޓަރު ސެޓެއް ހަލާކުވެ، މުޅި ރަށަށް ފުރިހަމަ އަށް ކަރަންޓު ދޫނުކުރެވޭތާ ފަސް ދުވަސް ފާއިތުވި ފަހުން އެ ރަށުގައި ޖެހިފައިވާ މައްސަލަ ހައްލުކުރަން އާ ޖަނަރޭޓަރެއް ފޮނުވުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ފެނަކައިން ބުނެފި އެވެ.
ވައިކަރަދޫގައި ކަރަންޓުގެ ހިދުމަތް ދޭ ފެނަކައިގެ ރަސްމީ އެކްސް އެކައުންޓުން ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ކަރަންޓުގެ މައްސަލަ ހައްލުކުރަން ބޭނުންވާ 250 ކިލޯވޮޓުގެ އާ ޖަނަރޭޓަރު އެ ރަށަށް ފޮނުވުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ.
އަދި، މި ޖަނަރޭޓަރު މާދަމާ ވައިކަރަދޫއަށް ގެންދެވޭނެ ކަމަށްވެސް ފެނަކައިން ބުނެފައިވެ އެވެ.
ވައިކަރަދޫ ކަރަންޓުގެ މައްސަލަ ދިގުލައިގެންގޮސް އެ ރަށުގެ ރައްޔިތުން ވަނީ މުޒާހަރާވެސް ކޮށްފަ އެވެ.
ވައިކަރަދޫގައި ކަރަންޓު މައްސަލަ ހައްލު ނުވެގެން މުޒާހަރާކޮށްފި
ކޯޕަރޭޝަނުން އެ ކުންފުނީގެ ފޭސްބުކް ޕޭޖުގައި ބުނެފައި ވަނީ ވައިކަރަދޫގައި ދިމާވެފައިވާ ކަރަންޓުގެ މައްސަލައަށް ހައްލެއް ހޯދަން ކުރެވެމުންދާ މަސައްކަތުގައި، އެ ރަށަށް ބޭނުންވާ 250 ކިލޯވޮޓްގެ އާ ޖަނަރޭޓަރެއް ގަތުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ
ވައިކަރަދޫގައި ކަރަންޓު މައްސަލަ ހައްލު ނުވެގެން މުޒާހަރާކޮށްފި
ކޯޕަރޭޝަނުން އެ ކުންފުނީގެ ފޭސްބުކް ޕޭޖުގައި ބުނެފައި ވަނީ ވައިކަރަދޫގައި ދިމާވެފައިވާ ކަރަންޓުގެ މައްސަލައަށް ހައްލެއް ހޯދަން ކުރެވެމުންދާ މަސައްކަތުގައި، އެ ރަށަށް ބޭނުންވާ 250 ކިލޯވޮޓްގެ އާ ޖަނަރޭޓަރެއް ގަތުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ
އެ ރަށުގައި ހުންނަ ފެނަކަ ކޯޕަރޭޝަންގެ އިންޖީނުގޭ ސަރަހައްދުގައި މުޒާހަރާ ކުރަމުން ދިޔަ ބައެއް މީހުން ބުނަމުން ދިޔައީ ގައިން ތާހިރު ވެވޭނެ ގޮތެއް ނެތް ކަމަށާއި ރަށުގެ ދަނޑުބިންތަކަށް ފެން ވެސް ނުދެވޭ ކަމަށެވެ.
"ވައިކަރަދޫ ރައްޔިތުން މިތިބެ ހަނާވަނީ ކަރަންޓު ނެތި، މިރޭ ގަލޯހާޖާކޮށް އެއްބައި ތާހިރުގެން ނުކުންނަން ޖެހުނީ،" އެ އެއްވުމުގައި ވާހަކަ ދެއްކި މީހަކު ބުންޏެވެ.
ކަރަންޓު ނެތި ރަށުގެ ރައްޔިތުން އުޅެމުންދާ ހާލަތު ދައްކުވައި ދިނުމަށްޓަކައި، އެ މުޒާހަރާގައި ޒުވާނަކު ބައިވެރިވީ ތުވާއްޔެއް އަނދެގެން ހުރެ، މޫނާއި މުޅި ހަށިގަނޑުގައި ސައިބޯނި އުނގުޅައި ފޮނު އަރުވާފައި ބަހައްޓައިގެންނެވެ.
ހަތް ސަތޭކައަށް ވުރެ ގިނަ މީހުން ދިރިއުޅޭ ވައިކަރަދޫގައި ކަރަންޓުގެ މައްސަލަ ދިމާވީ ރަށުގައި ހުރި ތިން ޖަނަރޭޓަރުގެ ތެރެއިން 250 ކިލޯވޮޓްގެ ދެ ޖަނަރެޓާރު ސެޓު ހަލާކުވުމުން ކަމަށް، އެ ރަށުން ވާހަކަ ދެއްކި މީހަކު ބުންޏެވެ.
0.00%
0.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment