Advertisement

ކުރި އިތުބާރަށް މެގުއާގެ ޝުކުރު ސައުތުގޭޓަށް

23 މާރިޗު 2024 - 11:40 0


ކުރި އިތުބާރަށް މެގުއާގެ ޝުކުރު ސައުތުގޭޓަށް

23 މާރިޗު 2024 - 11:40 0

ލަންޑަން (މާޗް 23) - ގިނަ ފުޓްބޯޅަ ސަޕޯޓަރުންގެ ފާޑުކިޔުން އަމާޒުވެފައި ވަނިކޮށް ގައުމީ ސްކޮޑުން ޖާގަދިނުމަށް ފަހު، ދިން ހިތްވަރަށް ހެރީ މެގުއާ އިންގްލެންޑްގެ ކޯޗު ސައުތުގޭޓަށް ޝުކުރުއަދާކޮށްފި އެވެ.

މިދިޔަ އަހަރު ހެރީ މެގުއާގެ ފަރާތުން ލީގުގައި ދަށް ކުޅުމެއް ފެނިގެންދިޔައިރު, ގިނަ މެޗުތަކުގައި އޭނާ ކުޅެފައި ވަނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގަ އެވެ. އެހެން އެކަން އޮއްވައި، އިންގްލެންޑް ޓީމުން ފުރުސަތު ދިނުމުން ގިނަ ބަޔެއްގެ ފާޑު ކިޔުން މެގުއާ އަށް އަމާޒުވި އެވެ.

"ގައުމީ ޓީމުން ނެގި ސްކޮޑުން އަހަންނަށް ޖާގަދިން. އަހަންނަށް ކުޅެވެން ހުރި ހުރިހާ މެޗެއްގައި އެ ފުރުސަތު ލިބުން. މިއީ އަހަރެން އަށް ލިބުނު ހިތްވަރެއް" މެގުއާ ބުންޏެވެ.

މެގުއާ އަށް އިންގްލެންޑް ސްކޮޑުން އެންމެ ފުރަތަމަ ޖާގަ ދިނީ ވެސް ސައުތުގޭޓްގެ ކޯޗުކަމުގެ ދަށުގަ އެވެ. އެއީ 2017 ވަނަ އަހަރު އެވެ.

"އަހަރެން އަށް ގައުމީ ޓީމުން ފުރުސަތު ނުދޭން ގިނަ ބަޔަކު ބޭނުންވި, އެކަމަކު ސައުތުގޭޓް އަހަރެން އަށް އިތުބާރު ކޮށް އެ ފުރުސަތު ފަހިކޮށްދިން" މެގުއާ ބުންޏެވެ.

ކުލަބް ލެވަލްގައި މެގުއާގެ ކުޅުން ދަށްވި ނަމަވެސް އޭނާ ވަނީ އިންގްލެންޑް ގައުމީ ޖާޒީގައި ތަފާތު ދައްކައިފަ އެވެ. އެއާ އެކު ސައުތުގޭޓް ވަނީ ތަފާތު އެކި ފަހަރު މަތިން މެގުއާ އަށް ބޭނުންވަނީ ވަގުތު ކަމަށާއި, އޭނާގެ ކުޅުން ރަނގަޅު ވާނެ ކަމަށް ބުނެ، މެގުއާގެ ދިފާއުގައި މީޑިއާގެ ކުރިމަތީގައި ވާހަކަ ދައްކައިފަ އެވެ.

މި ސީޒަނުގައި ވެސް ގިނަ މެޗުތަކެއް މެގުއާ ކުޅެނީ ބަދަލު ކުޅުންތެރި އެއްގެ ގޮތުގަ އެވެ. އެހެންވެ ޔޫރޯގެ ސްކޮޑުން މެގުއާ އަށް ޖާގަ ލިބޭނެ ކަމާމެދު އޭނާ ހުރީ ޝައްކެއްގެ މަތީގަ އެވެ. އެކަމަކު، އެ ފުރުސަތު ލިބިއްޖެ ނަމަ ތަފާތު ދައްކާނެ ކަމަށް މެގުއާ ވަނީ ބުނެފަ އެވެ.

އެކުވެރިކަމުގެ މެޗެއްގައި މިރޭ އިންގްލެންޑުން ބްރެޒިލާ ބައްދަލުކުރާނެ އެވެ.