Advertisement

މިސްކިތްތަކަށް ބޭނުންވާ ދިވެހި މުވައްޒަފުން ހޯދަން ތިންވަނަ ފަހަރަށް ހުޅުވާލައިފި

22 މާރިޗު 2024 - 15:02 0

އަހުމަދު އާއިދު

އަހުމަދު އާއިދު

މާލޭގައި ހުންނަ ސަލްމާން މިސްކިތް : މިސްކިތްތަކަށް ބޭނުންވާ ދިވެހި މުވައްޒަފުން ހޯދަން ތިންވަނަ ފަހަރަށް ހުޅުވާލައިފި - ފޮޓޯ: އަދަދު


މިސްކިތްތަކަށް ބޭނުންވާ ދިވެހި މުވައްޒަފުން ހޯދަން ތިންވަނަ ފަހަރަށް ހުޅުވާލައިފި

22 މާރިޗު 2024 - 15:02 0

މާލެ ސަރަހައްދުގެ މިސްކިތްތަކަށް ބޭނުންވާ ދިވެހި މުވައްޒަފުން ހޯދަން ތިންވަނަ ފަހަރަށް ހުޅުވާލާފައިވާ ކަމަށް މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.

ރަސްމީ އެކްސް އެކައުންޓުން ކުރެއްވި ޕޯސްޓެއްގައި އާޒިމް ވިދާޅުވީ، މި ވަޒީފާތަކަށް ވީހާވެސް ގިނަ ދިވެހި އަންހެނުންނާއި ފިރިހެނުން ކުރިމަތިލުމަކީ އޭނާ އެދޭ ކަމެއް ކަމަށެވެ.

"ދިވެހި ރާއްޖޭގެ މިސްކިތްތައް ދިވެހިންގެ އަތުން ސާފުކޮށް ބެލެހެއްޓުމަކީ ލިބޭ ފަހުރެއް ކަމުގައި ހައްދަވާ" މޭޔަރު އިތުރަށް ލިޔުއްވާފައިވެ އެވެ.

އާޒިމް ވަނީ މިވަގުތު މީހުން ހޯދަން ހުޅުވާލާފައިވާ ވަޒީފާތަކުގެ ތަފުސީލުވެސް ހިއްސާ ކުރައްވާފަ އެވެ. އެގޮތުން އޭގެ ތެރޭގައި މޭސަނުން، ވެލްޑަރުން، ކާޕެންޓަރުން، ޕްލަމްބަރުން، ކަރަންޓު މަސައްކަތް ކުރާ މީހުން، ޓެކްނީޝަނުން، އަދި ސުޕަވައިޒަރުން އަދި ފޮޅާ ސާފުކުރާ މީހުން ހިމެނެ އެވެ.

މި ހުރިހާ ވަޒީފާއެއްގެ ޝަރުތުތަކާއި ތަފުސީލުތައް ސިޓީ ކައުންސިލުން ވަނީ ވަކިވަކިން ގެޒެޓުކޮށްފަ އެވެ. މި ވަޒީފާތަކަށް ކުރިމަތިލެވޭ އެންމެ ފަހު ތާރީހެއްގެ ގޮތުގައި ވަނީ މި މަހުގެ 28 އެވެ.