Advertisement

އެމްބާޕޭގެ ޑީލުން ރެއާލަށް ގެއްލުން ވެސް ވާނެ: ލަޕޯޓާ

22 މާރިޗު 2024 - 13:49 0


އެމްބާޕޭގެ ޑީލުން ރެއާލަށް ގެއްލުން ވެސް ވާނެ: ލަޕޯޓާ

22 މާރިޗު 2024 - 13:49 0

ބާސެލޯނާ (މާޗް 22) - ހިލޭ ޓްރާންސްފާއެއްގައި ރެއާލް މެޑްރިޑުން ޕީއެސްޖީގެ ތަރި، ކީލިއަން އެމްބާޕޭގެ ސޮއި ހޯދާނެ ކަމަށް ބެލެވޭއިރު، އެ ޑީލުން ރެއާލަށް ގެއްލުން ވެސް ވާނެ ކަމަށް ބާސެލޯނާގެ ކޯޗު ޖޮއާން ލަޕޯޓާ ވިދާޅުވެއްޖެ އެވެ.

އެމްބާޕޭގެ ސޮއި ހޯދުމުގެ ރޭހުގައި ބާސެލޯނާ ނެތް ކަމަށް ވިދާޅުވެ، ލަޕޯޓާ ވަނީ ރެއާލުން އެމްބާޕޭ ގަންނަން ޖެހޭނީ ވަރަށް ސަމާލުވެގެން ކަމަށް ބުނެފަ އެވެ. އެއީ، ރެއާލްގައި މި ވަގުތު އޮތް ސްކޮޑުގެ ތެރެއިން ކޮންމެ ވެސް ވަރަކަށް ކުޅުންތެރިން ދޫކޮށްލަން ޖެހޭއިރު، ގިނައީ އެ ޓީމަށް މުހިންމު ތަރިން ކަމަށްވާތީ ކަމަށް ލަޕޯޓާ ވިދާޅުވެފައިވެ އެވެ.

"އަހަރެން ދެކޭ ގޮތުގައި މައްސަލަ ކުރިމަތިވާނެ. އެމްބާޕޭ ކުޅެން ބޭނުންވާ މަގާމަށް ކުޅޭ ރަނގަޅު ކުޅުންތެރިން ރެއާލްގައި އެބަތިބި. އެ ތަނުން ދޫކޮށްލާ ކުޅުންތެރިއަކު ނިންމަން ވެސް ފަސޭހަނުވާނެ. ދެން ދޫކޮށްލާ ކުޅުންތެރިއެއްގެ ސަބަބުން ޓީމުގެ ތެރޭގައި ނުތަނަވަސްކަން އޮތުމަކީ ވެސް ގިނަ ފަހަރު ވާ ކަމެއް،" ލަޕޯޓާ ވިދާޅުވި އެވެ.

"ރެއާލުން ވަރަށް ވިސްނަން ޖެހޭ ކަންކަން މި ހުންނަނީ، އެކަމަކު، މިއީ އަހަރެެން މާ ބޮޑަށް ކަންބޮޑުވާން ޖެހޭ ކަމެއް ނޫން،"

ރެއާލުން އެމްބާޕޭއާ އެކު ސޮއިކުރަން ތައްޔާރުކުރީ ފަސް އަހަރުގެ ކޮންޓްރެކްޓެކެވެ. އެއީ، ސީޒަނަކު 17 މިލިއަން ޑޮލަރުގެ މުސާރައެއް، ލިބޭ ގޮތަށާއި ސޮއިކުރާއިރު، 161 މިލިއަން ޑޮލަރުގެ ބޯނަސް އެގްރީމެންޓެއްގަ އެވެ. މި ބޯނަސް ދޭނީ ކޮންޓްރެކްޓްގެ މުއްދަތަށް ބަހާލައިގެން ސީޒަނެއްގައި ވަކިވަރެކެވެ.

އެމްބާޕޭއާ އެކު ރެއާލުން ހަދާ ކޮންޓްރެކްޓްގައި ރެއާލުން އެމްބާޕޭ ބޭނުންކޮށްގެން ކުރާ އިސްތިހާރުތަކުގެ ވަކި ޕަސެންޓެއް އޭނާ އަށް ދޭނެ އެވެ. މި ކަންކަމަށް ބަލާއިރު، ސީޒަނެއްގައި އެމްބާޕޭގެ މުސާރަ އުޅޭނީ ޖުމްލަ އެކު ބަލާއިރު، 30 މިިލިއަން ޑޮލަރުގަ އެވެެ.

ސްޕެއިނުގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން، އެމްބާޕޭ އަށް ރެއާލްގެ ހަތް ނަމްބަރު ދޭން ވިނީޝިއުސް ޖޫނިއާ އެއްބަހެއްނުވެ އެވެ. އެހެންވެ، އެމްބާޕޭ ބޭނުންކުރާނީ ރެއާލްގެ 10 ނަމްބަރު ޖޯޒީ ކަމަށް ވެ އެވެ. އެއީ، މި ސީޒަނަށް ފަހު، ލޫކަ މޮޑްރިޗް، ރެއާލުން ގޮސްފިނަަމަ އެވެ.