Advertisement

ރިޗާލިސަންގެ ފުރާނަ ސަލާމަތްވީ ނަފްސާނީ ފަރުވާ ހޯދުމުން

21 މާރިޗު 2024 - 12:41 0


ރިޗާލިސަންގެ ފުރާނަ ސަލާމަތްވީ ނަފްސާނީ ފަރުވާ ހޯދުމުން

21 މާރިޗު 2024 - 12:41 0

ލަންޑަން (މާޗު 21) - ނަފްސާނީ މައްސަަލަތަކާ ގުޅިގެން ގިނަ އުނދަގޫތައް ކުރިމަތިވި ދަނޑިވަޅެއްގައި ފުރާނަ ސަލާމަތްވީ ނަފްސާނީ ބައްޔަށް ފޯރުވާ ހޯދުމުން ކަމަށް ބްރެޒިލްގެ ފޯވަޑް ރިޗާލިސަން ބުނެފި އެވެ.

ރިޗާލިސަން ބުނީ ނަފްސާނީ މައްސަލަތަކާ ހެދި "ގޮތްހުސްވެފައި" ހުރި ދަނޑިވަޅެއްގައި އޭނާ އެކަމުން ސަލާމަތްވުމަށް އެހީވީ ތެރަޕީ ކަމަށެވެ.

ކުރިން އެވަޓަން އަށް ކުޅުނު ރިޗާލިސަން ބުނީ އޭނާ ތެރަޕީ ނަގަން ފެށީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުން ފެށިގެން ކަމަށެވެ.

ރިޗާލިސަންގެ ކެރިއަރުގައި މިދިޔަ އަހަރުގެ ތެރޭގައި ގިނަ އުނދަގޫތަކެއް ކުރިމަތިވިއެވެ. ލަނޑު ޖެހުމުގެ ރެކޯޑް ދަށްވެ، އޭނާ އަށް ފާޑުކިއުންތައް އަމާޒުވިއެވެ. އަދި އަނިޔާގެ މައްސަލަތައްވެސް ކުރިމަތިވިއެވެ.

އެކަަމަކު އަނިޔާ އިން ރަނގަޅުވެ، މިދިޔަ އަަހަރުގެ ޑިސެމްބަރު މަހު ކުޅެން ނިކުތް ފަހުން ރިޗާލިސަންގެ ފޯމު ވަނީ ރަނގަޅުވެފައެވެ. އަދި މި ފަހަރުގެ ބްރެޒިލް ސްކޮަޑަށްވެސް އޭނާ ވަނީ ނަަގައިފަ އެވެ.

ރިޗާލިސަން ބުނީ ނަފްސާނީ ބަލީގެ ވާހަކަ އާންމުކޮށް އޭނާ ދައްކަނީ އެ ފަދަ ކަމެއް ތަހައްމަލު ކުރަމުންދާ މީހުންނަށް ފަރުވާ ހޯދަން ދިއުމަށް ހިތްވަރު ދިނުމުގެ ގޮތުން ކަމަށެވެ.

"އަހަންނަށް އެދެން މި ފަދަ ކަމެއް ހުރި މީހުން އަވަހަށް އެހީ ހޯދުން،" ރިޗާލިސަން ބުންޏެވެ.

މިހާރު ޓޮޓެންހަމް އަށް ކުޅެމުން އަންނަ ރިޗާލިސަން ޕްރިމިއާ ލީގުގައި އެންމެ ފުރަތަމަ ކުޅުނީ ވަޓްފޯޑް އަށެވެ. ފަހުން އެވަޓަން އަށް ކުޅެ، ޓޮޓެންހަމް އަށް ބަދަލުވީ މީދިޔަ ސީޒަނުގަ އެވެ.