Advertisement

އޭޝިއާގެ ޖޫނިއާ މުބާރާތަށް ރާއްޖޭގެ ހަތަރު އެތުލީޓުން

21 މާރިޗު 2024 - 12:34 0


އޭޝިއާގެ ޖޫނިއާ މުބާރާތަށް ރާއްޖޭގެ ހަތަރު އެތުލީޓުން

21 މާރިޗު 2024 - 12:34 0

އަންނަ މަހު ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގައި ބާއްވާ އޭޝިއާގެ 20 އަހަރުން ދަށުގެ އެތުލެޓިކްސް މުބާރާތުގައި ވާދަކުރަން ރާއްޖޭގެ ހަތަރު އެތުލީޓުން ހޮވައިފި އެވެ.

އެ ގޮތުން، ދުނިޔޭގެ އެންމެ ގައުމު ގިނަ ބައްރުގެ ޖޫނިއާ މުބާރާތުގައި ވާދަކުރަން ހޮވުނު ހަތަރު އެތުލީޓުންގެ ތެރޭގައި ހިމެނެނީ އަންހެން ދެ އެތުލީޓުންނާއި ފިރިހެން ދެ އެތުލީޓުންނެވެ.

އަންހެން ދެ އެތުލީޓުންނަކީ، ޒީކް އަޝްރަފް ރަޝީދު އާއި ހައްވާ މުޒްނާ ފާއިޒު އެވެ. ފިރިހެން ދެ އެތުލީޓުންނަކީ، ހުސެއިން ޒީކް ސުއާދު އާއި އިބްރާހިމް ނާހިލް ނިޒާރު އެވެ.

އެންމެ ފަހުން ބޭއްވި އެތުލެޓިކްސް އެސޯސިއޭޝަން ޗެމްޕިއަންޝިޕްގައި މި އެތުލީޓުންގެ ޕާފޯމަންސް ރަނގަޅެވެ، މީގެ ތެެރެއިން ބައެއް އެތުލީޓުންނަކީ ބައިނަލްއަގުވާމީ ބޮޑެތި މުބާރާތްތަކުގައި ވެސް ރާއްޖެ ތަމްސީލްކޮށްފައިވާ އެތުލީޓުންނެވެ. އެ ގޮތުން، ވޭތުވެދިޔަ ދެ އަހަރު ތެރޭގައި ބޭއްވި ބައެއް މަލްޓި ސްޕޯޓްސް ގޭމްސްތަކުގައި މި އެތުލީޓުން ވަނީ ވާދަކޮށްފަ އެވެ.

ދުބާއީގައި އަންނަ މަހު މި މުބާރާތް ކުރިއަށްދާނީ 24-27 އަށެވެ. އެތުލެޓިކްސްގައި ކާމިޔާބު ކެރިއަރެއް ބިނާކުރާނަމަ މިއީ ބައިނަލްގުވާމީ ލެވަލްގައި ފަށައިގަންނަން އެންމެ ރަނގަޅު މުބާރާތެވެ.