Advertisement

މައިނޫގެ އަމާޒަކީ ޔޫރޯގެ ސްކޮޑުން ޖާގަ ހޯދުން

21 މާރިޗު 2024 - 12:47 0


މައިނޫގެ އަމާޒަކީ ޔޫރޯގެ ސްކޮޑުން ޖާގަ ހޯދުން

21 މާރިޗު 2024 - 12:47 0

ލަންޑަން (މާޗު 21) - މިހާރު އެންމެ ބޮޑު އަމާޒަކީ މި އަހަރުގެ ޔޫރޯ އަށް އިންގްލެންޑް އިން ނަގާ ސްކޮޑުން ޖާގަ ހޯދުން ކަމަށް މެންޗެސްޓާ ޔުނައިޓެޑްގެ ޒުވާން މިޑްފީލްޑަރު ކޯބީ މައިނޫ ބުނެފި އެވެ.

މައިނޫ، 18، އިންގްލެންޑްގެ 21 އަހަރުން ދަށުގެ ސްކޮޑަށް އެންމެ ފުރަތަމަ ނެގި ނަމަވެސް، އިންގްލެންޑްގެ ކޯޗު ގެރެތު ސައުތުގޭޓް ވަނީ އޭނާ ސީނިއާ ޓީމަށް ޕްރޮމޯޓްކޮށް، ބްރެޒިލް އާއި ބެލްޖިއަމްއާ ދެކޮޅަށް ކުޅޭ އެކުވެރިކަމުގެ މެޗުތަކަށް ނެގި ސްކޮޑުން ޖާގަ ދީފަ އެވެ.

މައިނޫ ބުނީ އިންގްލެންޑްގެ ސްކޮޑުން ޖާގަ ލިބުމަކީ އޭނާ އަށް ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އަދި މިހާރު އަމާޒަކީ މި އަހަރު ޖަރުމަންގައި އޮންނަ ޔޫރޯ އަށް ނަގާ އިންގްލެންޑްގެ ސްކޮޑުން ޖާގަ ހޯދުން ކަމަށެވެ.

"އިންގްލެންޑްގެ ސްކޮޑުން ޖާގަ ލިބުމަކީ ލިބުނު ހައިރާންކަމެއް އަދި ވަރަށް ބޮޑު އުފަލެއް،" މައިނޫ ބުންޏެވެ.

"ޔޫރޯގެ ސްކޮޑުން ޖާގަ ހޯދުން އަމާޒަކީ. އެކަމަކު (އެކަން ހާސިލްކުރުމަށް ވެސް) އެބަޖެހޭ ކްލަބު ފުޓްބޯޅަ އަށް ފޯކަސްކުރަން."

ޔުނައިޓެޑްގެ ސީނިއާ ޓީމަށް މައިނޫ ކުޅެން ފެށީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެންނެވެ. އެކަމަކު، މިހާރު ޔުނައިޓެޑްގެ ކޯޗު އެރިކް ޓެން ހާގްގެ ފުރަތަމަ 11 އިން މައިނޫ އަށް އާންމުކޮށް ޖާގަ ދެ އެވެ.

މައިނޫ ބުނީ އިނގިރޭސި ޕްރިމިއާ ލީގުގައި ކުޅެން ފެށި ދުވަސްކޮޅު އުނދަގޫތަކެއް ހުރި ނަމަވެސް، މިހާރު ޕްރިމިއާ ލީގަށް "ހޭނިއްޖެ" ކަމަށެވެ.