Advertisement

ކޮރަޕްޝަންގެ ތަހުގީގާ ގުޅިގެން ސްޕެއިން ފުޓްބޯލް ފެޑަރޭޝަނަށް ފުލުހުން ވަދެއްޖެ

21 މާރިޗު 2024 - 10:40 0


ކޮރަޕްޝަންގެ ތަހުގީގާ ގުޅިގެން ސްޕެއިން ފުޓްބޯލް ފެޑަރޭޝަނަށް ފުލުހުން ވަދެއްޖެ

21 މާރިޗު 2024 - 10:40 0

މެޑްރިޑް (މާޗު 21) - ސްޕެއިންގެ ފުލުހުން ބަލަމުންދާ ކޮރަޕްޝަންގެ މައްސަލައަކާ ގުޅިގެން ސްޕެއިންގެ ފުޓްބޯލް ފެޑަރޭޝަންގެ އިދާރާ އަށް ފުލުހުން ވަދެ، އެ އޮފީސް ބަލައި ފާސްކޮށްފި އެވެ.

ސްޕެއިން ފުލުުން ތަހުގީގް ކުރަމުންދަނީ ވިޔަފާރީގެ ކޮރަޕްޝަނާއި މަނީ ލޯންޑަރިން ހިމެނޭ މައްސަލައެކެވެ. މި މައްސަަލައާ ގުޅިގެން ފުލުހުން ވަނީ ސްޕެއިން އެކި ސަރަހައްދުތަކުގައި ހުރި ޖުމްލަ 11 ތަނަކަށްވަދެ، ބަލައި ފާސްކޮށްފައެވެ.

މި ތަހުގީގާ ގުޅިގެން ސްޕެއިން ފުޓްބޯލް ފެޑަރޭޝަނަށް ފުލުހުން ވަތްއިރު، ފެޑަރޭޝަންގ އޮފީހާ ޖެހިގެން އޮތް ދަނޑުގައި ސްޕެއިންގެ ގައުމީ ޓީމުން ދިޔައީ ފަރިތަކުރަމުންނެވެ.

ސްޕެއިންގެ ގައުމީ ޓީމު ތައްޔާރުވަމުންދަނީ ހުކުރު ދުވަހު ރޭ ކޮލަމްބިއާއާ ދެކޮޅަށް ކުޅޭ އެކުވިރިކަމުގެ މެޗަށެވެ.

ރިޕޯޓްތަކުން ބުނާގޮތުގައި ފުލުހުން ވަނީ ސްޕެއިންގެ ފުޓްބޯލް ފެޑަރޭޝަންގެ ކުރީގެ ރައީސް ލުއިސް ރުބިއާލޭސް ގެ ގެއަށް ވަދެ، އެ ތަން ވެސް ބަލައި ފާސްކޮށްފަ އެވެ.