Advertisement

ތިލަފުށި ފޭސް 2 އިން ސިނާއި ބޭނުމަށް ބިން ވިއްކަން ހުޅުވާލައިފި

20 މާރިޗު 2024 - 18:49 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު


ތިލަފުށި ފޭސް 2 އިން ސިނާއި ބޭނުމަށް ބިން ވިއްކަން ހުޅުވާލައިފި

20 މާރިޗު 2024 - 18:49 0

ތިލަފުށި ފޭސް 2 އިން ސިނާއި ބޭނުމަށް ބީލަމުގެ އުސޫލުން ބިންގަތުމުގެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.

އެޗްޑީސީން ބުނީ ބިން ގަތުމަށް އޮންލައިންކޮށް އެޕްލައި ކުރެވޭ ގޮތަށް ހުޅުވާލާފައިވާ ބިޑް ޕޯޓަލްގައި ރަޖިސްޓްރީ ވެގެން އެޕްލިކޭޝަން މިހާރު ހުށަހެޅޭނެ ކަމަށެވެ.

ވިޔަފާރީގެ އެކި އެކި ބޭނުންތަކަށް ދޫކުރާ ބިމުގެ ގޮތުގައި ތިލަފުށީގެ މުޅި ޖުމްލަ 108 ޕްލޮޓް ވިއްކާއިރު، އޭގެ ތެރޭގައި ހިމެނެނީ 2،500-4،999 އަކަފޫޓުގެ 64 ޕްލޮޓް، 5،000-9،999 އަކަފޫޓުގެ 42 ޕްލޮޓާއި 10،000-14،999 އަކަފޫޓުގެ ދެ ޕްލޮޓު ކަމަށް އެ ކޯޕަރޭޝަނުން ބުންޏެެވެ.

ތިލަފުއްޓަކީ މާލެ ސަރަހައްދުގެ ވިޔަފާރިއާއި އިންޑަސްޓްރިއަލް ހަބްގެ ގޮތުތައި ތަރައްގީކުރާ މައި މަރުކަޒެވެ.

ސިނާއީ އެތައް މަސައްކަތެއް ކުރަމުންދާ އެރަށުގައި ސިމެންތި ބަންދުކުރުމާއި، ގޭސް ފުޅިތަކަށް އެޅުމާއި، އޮޑިދޯނިފަހަރު ބަނުން ފަދަ ތަފާތު އިންޑަސްޓްރިއަލް މަސައްކަތް ކުރެ އެވެ.

ކުރިއަށް އޮތްތަނުގައި އިންޓަނޭޝަނަލް ޕޯޓު ތިލަފުއްޓަށް ބަދަލުކުރުމާއެކު، މުދާ ކްލިއާ ކުރުމާއި ގުދަން ކުރުމަށް އަދި މުދާ މާލެއާއި ރަށްތަކަށް ސަޕްލައިކުރުމަށް ވިޔަފާރިތަކަށް ފަސޭހަތަކެއް ލިބޭނެ އެވެ.

މިހާރު ކުރިއަށް ދާ ތިލަ-މާލެ ބްރިޖް މެދުވެރިކޮށް ތިލަފުއްޓާއި މާލެ ގުޅުވާލުމުން ވިޔަފާރި މުދާ އުފުލުމުގައި ލުއިފަސޭހަވެ، މުދާ ސަޕްލައި ކުރުމަށް ހޭދަވާ ވަގުތު ކުޑަވާނެ އެވެ.

ތިލަފުށްޓަކީ ވިޔަފާރިވެރިނަނަށް ފަހި ފުރުސަތުތަކެއް ގެނެސްދިނުމުގެ ބޭނުމުގައި ޒަމާނީ ފެނަވަރަށް ތަރައްގީ ކުރެވެމުން އަނަން އަނަން ރަށެކެވެ.