Advertisement

ވިއެޓްނާމުގެ ރައީސް މަގާމުން އިސްތިއުފާ ދެއްވައިފި

20 މާރިޗު 2024 - 20:25 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ވިއެޓްނާމްގެ ރައީސް ވޯ ވެން ތުއޮންގް -- ފޮޓޯ: ރޮއިޓާސް


ވިއެޓްނާމުގެ ރައީސް މަގާމުން އިސްތިއުފާ ދެއްވައިފި

20 މާރިޗު 2024 - 20:25 0

ވިއެޓްނާމްގެ ރައީސް ވޯ ވެން ތުއޮންގް މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.

މިދިޔަ އަހަރުގެ މާޗު މަހު ވިއެޓްނާމުގެ ރައީސް ކަމަށް އިންތިހާބުވި، އުމުރުން 54 އަހަރުގެ ތުއޮންގްގެ އިސްތިއުފާ ކޮމިއުނިސްޓު ޕާޓީގެ ސެންޓްރަލް ކޮމިޓީން ވަނީ ބަލައިގަނެފަ އެވެ.

ކޮމިއުނިސްޓު ޕާޓީން ބުނީ، ތުއޮންގް މަގާމުން އިސްތިއުފާ ދެއްވީ އޭނާގެ މައްޗަށް ކުރެވޭ ތުހުމަތުތަކާ ގުޅިގެން ކަމަށެވެ. ނަމަވެސް އެއީ ކޮން ތުހުމުަތުތަކެއްކަން އެ ޕާޓިން ހާމަކޮށްފައެއް ނުވެ އެވެ.

ކޮމިއުނިސްޓް ވެރިކަމެއް އޮންނަ ވިއެޓްނާމްގެ ރައީސް އިސްތިއުފާ ދެއްވުމުން، މަޖިލިސް ކުރާގެ ނޭޝަނަލް އެސެމްބްލީއިން އެކަމާ މެދު ގޮތެއް ނިންމަން ޖެހޭނެ އެވެ.

އެގޮތުން ކުރިޔަށް އޮތް ދުވަސްތަކުގައި އާ ރައީސަކު ހޮވުމާ ގުޅޭގޮތުން މަޝްވަރާކޮށް، ގޮތެއް ނިންމާނެ އެވެ.

ވިއެޓްނާމުގައި މީގެ ކުރިން ދެ ޑެޕިއުޓީ ބޮޑު ވަޒީރުން އިސްތިއުފާ ދެއްވާފައިވާ އިރު، މިދިޔަ އަހަރުގެ ޖެނުއަރީ މަހު އެ ގައުމުގެ ރައީސްކަމުން ނުޔެން ޝުއާން ފުކް އިސްތިއުފާދެއްވި އެވެ.