Advertisement

ޖިރޫ އަށް އެމެރިކާ ލީގުގެ ހުށަހެޅުމެއް: ރިޕޯޓް

20 މާރިޗު 2024 - 13:40 0


ޖިރޫ އަށް އެމެރިކާ ލީގުގެ ހުށަހެޅުމެއް: ރިޕޯޓް

20 މާރިޗު 2024 - 13:40 0

މިލާން (މާޗް 20) - އޭސީ މިލާނަށް ކުޅެމުން އަންނަ ފްރާންސްގެ ފޯވާޑް، އޮލިވިއޭ ޖިރޫ އަށް މޭޖަ ލީގު ސޮކާ (އެމެރިކާ ލީގު)ގެ ކްލަބަކުން ރަަނގަޅު ހުށަހެޅުމެއް ލިބިފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

ޖިރޫ، 37، މި ވަގުތު މިލާނާ އެކު ކޮންޓްރެކްޓްގައި ހުރީ މި ސީޒަނުގެ ނިޔަލަށެވެ. މިލާނުން އޭނާއާ އެކު ހަދާފައިވާ އެއްބަސްވުން އާ ކުރުމުގެ މާ ބޮޑު މަޝްވަރާތަކެއް ކުރިއަށް ނުގެންދެ އެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުން، އެލްއޭ އެފްސީން ވަނީ ޖިރޫގެ ސޮއި ހޯދަން މަޝްވަރާތައް ފަށައިފަ އެވެ. އެލްއޭ އެފްސީން ވަނީ ދާދި ފަހުން، ޓޮޓެންހަމް ހޮޓްސްޕާސްގައި ހުރި ފްރާންސްގެ ގޯލްކީޕަރު، ހޫގޯ ލޮރިސްގެ ސޮއި ހޯދައިފަ އެވެ. ލޮރިސް ވަނީ ގިނަ އަހަރުތަކެއްގައި ޖިރޫއާ އެކު ފްރާންސް ޓީމަށް ކުޅެފަ އެވެ.

އެމްއެލްއެސް ކަޕްގެ ރަނަރަޕަށް ދިޔަ އެލްއޭ އެފްސީން ޖިރޫ އަށް މުސާރައިގެ ރަނގަޅު ޕެކޭޖެއް ހުށަހަޅަން އަންނަނީ ތައްޔާރުވަމުންނެވެ. އެއީ، ޑީލް ނިމުމުން، ކްލަބާ އެކު، ވިޔަފާރިއެއްގައި ބައިވެރިވެވޭ މާއްދާއެއް ހިމަނައިފަ އެވެ.

ޖިރޫ ވިދާލީ، ފްރާންސްގެ މޮންޕެލިއޭގައި ހުއްޓައި، 2012 ވަނަ އަހަރު އާސެނަލަށް ގެންދިޔަ ހިސާބުންނެވެ. އޭގެ ފަހުން، 2018 އަހަރާ ހަަމައަށް އާސެނަލަށް ކުޅުމަށް ފަހު، ދެން ބަދަލުވީ ޗެލްސީ އަށެވެ. ޗެލްސީގައި ތިން އަހަރު ކުޅުނެވެ. ދެން، ބަދަލުވީ، 2021 ވަނަ އަހަރު މިލާނަށެވެ.

މި ސީޒަނުގައި މިހާތަނަށް ޖިރޫ ވަނީ 36 މެޗުން 14 ގޯލު ޖަހައި، ނުވަ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ.