Advertisement

ބޮޑެތި މަރުތަކާ ގުޅިގެން ސަރުކާރުން ގެންގުޅޭ ސިޔާސަތު ހޯމް މިނިސްޓަރަށް ވެސް ނޭނގޭ

20 މާރިޗު 2024 - 15:11 0

އަހުމަދު އާއިދު

އަހުމަދު އާއިދު

ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން: ބޮޑެތި މަރުތަކާ ގުޅިގެން ސަރުކާރުން ގެންގުޅޭ ސިޔާސަތު ހޯމް މިނިސްޓަރަށްވެސް ނޭނގޭ - ފޮޓޯ: މަޖިލިސް އިދާރާ


ބޮޑެތި މަރުތަކާ ގުޅިގެން ސަރުކާރުން ގެންގުޅޭ ސިޔާސަތު ހޯމް މިނިސްޓަރަށް ވެސް ނޭނގޭ

20 މާރިޗު 2024 - 15:11 0

ރާއްޖޭގައި މީގެ ކުރިން ހިނގާފައިވާ ބޮޑެތި މަރުތަކުގެ މައްސަލަތަކުގައި މި ސަރުކާރުން ގެންގުޅޭ ސިޔާސަތު ޖެހޭނީ ސާފުކޮށްލަން ކަމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މިހެން ވިދާޅުވީ މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

ވަހީދުގެ ސުވާލުގައި ފާހަގަކުރެއްވި މަރުތަކުގެ ތެރޭގައި އެ ދާއިރާގެ ކުރީގެ މެންބަރު އަފްރާޝީމް އަބްދުﷲގެ އިތުރުން، ނޫސްވެރިޔާ އަހުމަދު ރިލްވާން އަދި, ބްލޮގަރު ޔާމީން ރަޝީދުގެ މަރު ހިމެނެ އެވެ.

"އެކަމަށްޓަކާ [ބޮޑެތި މަރުތައް ބެލުމަށް] ކުރީ ސަރުކާރުން މަރު ކޮމިޝަނެއް ވެސް އެކުލަވާލި އެހެންނަމަވެސް ވަރަށް ބޮޑަށް މި މަރުތައް ބެލުމުގަ އިހުމާލުވެގެންދިޔަތަން ފެނުނީ" ވަހީދު ވިދާޅުވި އެވެ.

ކުރީ ސަރުކާރުގެ އިހުމާލު ފާހަގަކުރައްވާ މެންބަރު ވަނީ މި ސަރުކާރުން އެ މަރުތަކަށް އިންސާފު ހޯދުމަށް ކުރެވޭނެ ކަންކަމަކީ ކޮބާތޯ އަދި މަސައްކަތް ކުރިއަށް ގެންދާނެ ގޮތަކީ ކޮބާތޯ ވަޒީރުގެ އަރިހުން އައްސަވާފަ އެވެ.

ޖަވާބުގައި މިނިސްޓަރު އިހުސާން ވިދާޅުވީ، "ސްޕެސިފިކަލީ އެ ކުރެއްވި ސުވާލުގަ މި ވަގުތު ޕޮލިސީ އޮތްގޮތް އަޅުގަނޑު ޖެހޭނީ ސާފުކޮށްލާފަ އިއްޒަތްތެރި މެންބަރަށް އަރުވަން" މިފަދައިންނެވެ.

ނަމަވެސް އިހުސާން ވަނީ ފުލުހުން އަދި އޭނާގެ ވުޒާރާގެ ދަށުން ހިނގާ އެހެން އިދާރާތަކުން ވެސް ބަލާ ކޮންމެ މައްސަލައެއްގެ އެންމެ އަޑިއަށް ތަހުގީގުކުރާނެ ކަމުގެ ޔަގީންކަން ދެއްވާފަ އެވެ. އަދި މައްސަލަތަކުގެ މައުލޫމާތު ރައްޔިތުންނަށް ހާމަކުރާނެ ކަމަށް ވެސް ވިދާޅުވި އެވެ.

މިދިޔަ ސަރުކާރުގެ މަރު ކޮމިޝަނުން ނޫސްވެރިޔާ އަހުމަދު ރިލްވާންގެ މައްސަލައިގައި ރިޕޯޓެއް ނެރެފައިވެ އެވެ. އަދި, ބްލޮގަރު ޔާމީން ރަޝީދުގެ މައްސަލަ އާއި ރިލްވާންގެ މައްސަލައާ ގުޅިގެން ތިން މީހެއްގެ މައްޗަށް ދައުވާ އުފުލި އެވެ.

މި ރިޕޯޓުތައް އާންމުކޮށް އެ ކަމުގައި އިހުމާލުވާ ދައުލަތުގެ އިދާރާތަކާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ހަ ޖަމިއްޔާއަކުން ސަރުކާރަށް ގޮވާލާފައިވެ އެވެ.