Advertisement

ސިނަމާލެ ބްރިޖުގެ މެއިންޓެނެންސް މަސައްކަތް ޗައިނާ ކުންފުންޏަކާ ހަވާލުކޮށްފި

20 މާރިޗު 2024 - 13:15 0

ނިމާ ހަސަން

ނިމާ ހަސަން

ސިނަމާލެ ބްރިޖް; ބްރިޖުގެ މެއިންޓެނެންސް މަސައްކަތް ޗައިނާ ކުންފުންޏަކާ ހަވާލުކޮށްފި -- ފޮޓޯ: އަދަދު


ސިނަމާލެ ބްރިޖުގެ މެއިންޓެނެންސް މަސައްކަތް ޗައިނާ ކުންފުންޏަކާ ހަވާލުކޮށްފި

20 މާރިޗު 2024 - 13:15 0

މާލެ އާއި ހުޅުލެ ގުޅާލުމަށް އަޅާފައިވާ ސިނަމާލެ ބްރިޖުގެ މެއިންޓެނެންސް މަސައްކަތް ކުރުމަށް ޗައިނާ ކުންފުންޏަކާ ހަވާލުކޮށްފި އެވެ.

ތިން އަހަރު ދުވަހުގެ މުއްދަތަށް ބްރިޖުގެ މެއިންޓެނެންސް މަސައްކަތް ހަވާލުކުރީ ޗައިނާ ކޮމިއުނިކޭޝަންސް ކޮންސްޓްރަކްޝަން ކޮމްޕެނީ ސެކަންޑް ހާބާ އިންޖީނިއަރިން ކޮމްޕެނީ ލިމިޓެޑް (ސީސީސީސީ އެސްއެޗްއީސީ) އާ އެވެ.

މި މަޝްރޫއަށް ހަރަދު ކުރަނީ 3.6 މިލިއަން ޑޮލަރު ކަމަށް ކޮންސްޓްރަކްޝަން މިނިސްޓްރީން ބުނެ އެވެ.

ބްރިޖު މެއިންޓެނެންސް މަޝްރޫއުގެ ދަށުން ކުރާ މަސައްކަތްތައް:

  • މިހާރު ދިމާވެފައި ހުރި މަރާމާތުތައް ދެނެގަނެ ހައްލުކުރުން
  • ޕްރިވެންޓިވް މެއިންޓެނަންސް
  • މެއިންޓެނަންސް މަސައްކަތުގެ ރިކޯޑްސް ބަލަހައްޓާނެ ނިޒާމެއް ހެދުން
  • މެއިންޓެނަންސް މައްސަލަތައް ދެނެގަތުމާއި ގުޅޭ އެސެސްމަންޓްތައް ހެދުން
  • ބްރިޖުގެ އެކި ކޮމްޕޯނެންޓްތައް ބޭނުންވާ މަރާމާތުތައް ދެނެގަނެ ރޫޓީން މެއިންޓެނަންސް މަސައްކަތްތައް ކުރުން
  • މެއިންޓެނަންސް މަސައްކަތްތައް ކުރުމަށް ދިވެހި ޓެކްނީޝަނުންގެ ގާބިލުކަން އުފެއްދުން

ކޮންސްޓްރަކްޝަން މިނިސްޓްރީން ބުނީ މެއިންޓެނަންސް މަސައްކަތް ޗައިނާ ކުންފުންޏާ ހަވާލުކުރާ މުއްދަތު ނިމުމުން އެކަމާ ހަވާލު ވެވޭނެ ފެންވަރަށް ދިވެހިން ބިނާކޮށް, ދެން އެ މަސައްކަތް ކުރިއަށް ދާނީ ދިވެހި ޓީމުގެ ބެލުމުގެ ދަށުން ކަމަށެވެ. އަދި ޓީމަށް ބޭނުންވާ ހުރިހާ ތަމްރީނުތައް ހިންގާނީ ސިނަމާލެ ބްރިޖު މެއިންޓެނަންސް މަސައްކަތްތައް ކުރުމުގެ ތެރެއިން ކަމަށް މިނިސްޓްރީން ބުނެ އެވެ.

މެއިންޓެނަންސް މަސައްކަތްތަކަށް ދިވެހިން ތަމްރީނު ކުރެވޭނީ ބްރިޖް އިންޖީނިއަރިން, ރޯޑް އިންޖީނިއަރިން, އިލެކްޓްރޯ މެކޭނިކަލް, ޓްރެފިކް ސޭފްޓީ, ފެސިލިޓީ ލޭންޑްސްކޭޕިން އަދި ބްރިޖު މެއިންޓެނަންސްގެ ދާއިރާތަކުންނެވެ.

މިއީ ބްރިޖު މެއިންޓެނެންސް މަސައްކަތްތަކަށް ބޭނުންވާ ވަސީލަތްތައް ތަރައްގީ ކުރުމާއި, ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ދިވެހިން ސަރުކާރާއި ޗައިނާ ސަރުކާރާ ދެމެދު ސޮއިކުރި "ލެޓާ އޮފް އެކްސްޗޭންޖް" އަދި "އިކޮނޮމިކް އެންޑް ޓެކްނިކަލް ކޯޕަރޭޝަން ބިޓްވީން ދަ ގަވަމަންޓްސް އޮފް ޗައިނާ އެންޑް މޯލްޑިވްސް" އެއްބަސްވުމުގެ ދަށުން ކުރިއަށް ގެންދާ މަޝްރޫއެކެވެ.

ބްރިޖު މެއިންޓެނެންސް މަސައްކަތުގެ އިމްޕްލިމެންޓޭޝަން ކުރުމަށް މިއަދު ސޮއި ކުރި އެއްބަސްވުމުގައި ސޮއިކުރީ ކޮންސްޓްރަކްޝަން މިނިސްޓަރު އަބްދުالله މުއްތަލިބާއި ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު ވޮން ލިޒިން އެވެ.