Advertisement

ވިލާ އިންޓަނޭޝަނަލް ހައި ސްކޫލުގައި ޗައިނީޒް ލެންގުއޭޖް ޑޭ ފާހަގަކޮށްފި

30 އޭޕްރީލް 2024 - 15:21 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ވިލާ އިންޓަނޭޝަނަލް ހައި ސްކޫލުގައި ޗައިނީޒް ލެންގުއޭޖް ޑޭ ފާހަގުރުން: މި ހަފުލާގައި ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވަންގް ލީ ޒިން އާއި ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ އާއި ދިވެހީ ބަހާއި ސަގާފަތާއި ތަރިކައިގެ ވަޒީރު، އާދަމް ނަސީރު ބައިވެރިވެވަޑައިގެންނެވި --- ފޮޓޯ: ވިލާ ކޮލެޖު


ވިލާ އިންޓަނޭޝަނަލް ހައި ސްކޫލުގައި ޗައިނީޒް ލެންގުއޭޖް ޑޭ ފާހަގަކޮށްފި

30 އޭޕްރީލް 2024 - 15:21 0

ވިލާ އިންޓަނޭޝަނަލް ހައި ސްކޫލުގައި ޗައިނީޒް ލެންގުއޭޖް ޑޭ އިއްޔެ ފާހަގަކޮށްފި އެވެ.

މި ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވިލާ އިންޓަނޭޝަނަލް ހައި ސްކޫލް އަދި އިސްކަންދަރު ސްކޫލްގެ ދަރިވަރުން ވަނީ ޗައިނާގެ ސަގާފީ ހުށަހެޅުންތައް ހުށަހަޅާފަ އެވެ.

ރަސްމިއްޔާތުގައި ކެލިގްރަފީ ހުށަހެޅުމެއްގެ އިތުރުން ވިލާ ކޮލެޖުގައި ގާއިމްކޮށްފައިވާ ޗައިނީޒް ލެންގޫއޭޖް ލާނިންގް ސެންޓާގެ ލާނިން އައުޓްކަމްސް އަދި ބައެއް ސަގާފީ ތަކެތި ދައްކާލުން ވެސް އެގްޒިބިޝަންގެ ތެރެއިން ކުރިއަށް ގެންގޮސްފައިވެ އެވެ.

ވިލާ އިންޓަނޭޝަނަލް ހައި ސްކޫލުގައި ޗައިނީޒް ލެންގުއޭޖް ޑޭ ފާހަގުރުން -- ފޮޓޯ: ވިލާ ކޮލެޖު


މި ދުވަސް ފާހަގަކުރުމަށް ބޭއްވި ހަފްލާގައި ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވަންގް ލީ ޒިން، ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ އަދި ދިވެހީ ބަހާއި ސަގާފަތާއި ތަރިކައިގެ ވަޒީރު، އާދަމް ނަސީރުގެ އިތުރުން ވިލާ ކޮލެޖުގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވި އެވެ.

ވިލާ ކޮލެޖުގައި ގާއިމްކޮށްފައިވާ ޗައިނީޒް ލެންގޫއޭޖް ލާނިންގް ސެންޓާއިން ޗައިނީޒް ބަހުގެ އިތުރުން އެގައުމުގެ ތާރީހާއި ސަގާފަތާއި އާދަކަދަތައް އުނގަންނައިދެ އެވެ.