Advertisement

ރެޓްކްލިފްގެ ބޭނުންވަނީ ޔުނައިޓެޑްގެ ޓްރާންސްފާ ސްޓްރެޓަޖީ "އޯވަހޯލް" ކުރަން

20 މާރިޗު 2024 - 11:43 0


ރެޓްކްލިފްގެ ބޭނުންވަނީ ޔުނައިޓެޑްގެ ޓްރާންސްފާ ސްޓްރެޓަޖީ "އޯވަހޯލް" ކުރަން

20 މާރިޗު 2024 - 11:43 0

ލަންޑަން (މާޗު 20) - މެންޗެސްޓާ ޔުނައިޓެޑް ޓްރާންސްފާ ސްޓްރެޓަޖީ ބަދަލުކޮށް، ކްލަބުގެ ޓްރާންސްފާ ހަރަކާތްތައް ހަމަ މަގަށް އަޅުވާނެ ކަމަށް ޔުނައިޓެޑްގެ ހިއްސާދާރު ޖިމް ރެޓްކްލިފް ބުނެފި އެވެ.

އިނގިރޭސިވިލާތުގެ މަހުޖަނެއް ކަމަށްވާ ރެޓްކްލިފް ވަނީ ޔުނައިޓެޑްގެ 25 ޕަސެންޓް ހިއްސާ ގަނެފަ އެވެ. އަދި، މިހާރު ޔުނައިޓެޑްގެ ފުޓްބޯލް އޮޕަރޭޝަންސްތައް ކުރިއަށް ދަނީ އޭނާގެ ބެލުމުގެ ދަށުންނެވެ.

ޔުނައިޓެޑްގެ ތާރީހުގައިވެސް އެންމެ ކާމިޔާބު ކޯޗު އެލްކްސް ފާގަސަން 2013 ވަނަ ރިޓަޔާކުރި ފަހުން، ޔުނައިޓެޑް އިން ވަނީ ކުޅުންތެރިންގެ ޓްރާންސްފާތަކަށް އެއް ބިލިއަން ޕައުންޑަށް ވުރެ ބޮޑު ހޭދައެއް ކޮށްފަ އެވެ. އެކަމަކު، 2013 ގެ ފަހުން ޔުނައިޓެޑަށް ލީގު ކާމިޔާބެއް ނުކުރެވެ އެވެ.

ރެޓްކްލިފް ބުނީ އޭނާގެ ބެލުމުގެ ދަށުން ޔުނައިޓެޑްގެ ފުޓްބޯލް އޮޕަރޭޝަންސްގެ ސްޓްރެޓަޖީ ބަަދަލުކޮށް، މިހާރަށްވުރެ ރަނގަޅު ސްޓްރެޓަޖީއެއް ބައްޓަންކުރާއިރު، "އަވަހަށް ނަތީޖާ ނެރުމަކީ" އޭނާގެ ވިސްނުމެއް ނޫން ކަމަށެވެ.

ރެޓްކްލިފް ބުނީ ޔުނައިޓެޑްގެ މިހާރު ވިސްނުމަކީ "ގަނެގެން" ކާމިޔާބު ހޯދުމެއް ނޫން ކަމަށެވެ. އެކަމަކު، މިހާރު ޔުނައިޓެޑް އިން ވިސްނާނީ "އެމްބާޕޭ ގަތުމުގައި ބަދަލުގައި، ދެން އަރަންހުރި އެމްބާޕޭ ހޯދުމަށް" ކަމަށެވެ.

"ދެން އަރަން ހުރި (ކިލިއަން) އެމްބާޕޭ ނުވަތަ (ޖޫޑް) ބެލިންގްހަމް ނުވަތަ ރޯއީ ކީން ހޯދުމަށް މާ ބޮޑު ޗެލެންޖެއް،" ރެޓްކްލިފް ބުންޏެވެ.

ޔުނައިޓެޑްގެ ފުޓްބޯލް އޮޕަރޭޝަންސް "އޯވަހޯލް" ކުރުމުގެ މަސައްކަތް ލީޑު ކުރަނީ އިނގިރޭސިވިލާތުގެ ބައިސްކްލިންގައި ކާމިޔާބު މަސައްކަތްތަކެއް ކުރި ޑޭވް ބްރެއިލްސްފޯޑެވެ. ޔުނައިޓެޑްގެ މެނޭޖްމަންޓްގެ ޓީމު ވަރުގަދަކުރުމަށް މެންޗެސްޓާ ސިޓީގައި މަސައްކަތް ކުރަމުންދިޔަ އޮމަރު ބެރާދާ ވަނީ ޗީފް އެގްޒެކްޓިވްގެ މަގާމަށް ގެނެސްފަ އެވެ.

އަދި ނިއުކާސަލް ޔުނައިޓަޑްގައި މި ވަގުތުހުރި ޑޭން އެޝްވޯތު ސްޕޯޓިން ޑައިރެކްޓަރަކަށް ގެންނަން އެ ކްލަބުން ދަނީ މަސައްކަތްކުރަމުންނެވެ.

ރެޓްކްލިފް ބުނީ ޔުނައިޓަޑަށް ޓްރާންސްފާތަކުގައި ދިމާވާ މައްސަލަތައް ހައްލުކުރެވޭނީ ކްލަބުގެ އޮނިގަނޑު ރަނގަޅު ކޮށްގެން ކަމަށެވެ. އަދި ކްލަބުގައި މި ވަގތު ކުރަންޖެހެ އެންމެ މުހިންމު ކަމަކީ ރަނގަޅު، ކަމަށް ގާބިލް މީހުން މެނޭޖްމަންޓްގެ ޓީމުގައި ހިމެނުން ކަމަށެވެ.