Advertisement

އުރީދޫގެ ހަދިޔާފޮށިން އެޕަލް ވިޝަން ޕްރޯއެއް ހޯދުމުގެ ފުރުސަތު!

20 މާރިޗު 2024 - 12:47 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު


އުރީދޫގެ ހަދިޔާފޮށިން އެޕަލް ވިޝަން ޕްރޯއެއް ހޯދުމުގެ ފުރުސަތު!

20 މާރިޗު 2024 - 12:47 0

ހަދިޔާ ފޮށީގެ ދެވަނަ އަހަރު ގުނަމުން ދާއިރު، މި ރޯދަ މަހުވެސް އެތައް ހަދިޔާ ތަކެއް ވަނީ އުރީދޫ ކަސްޓަމަރުންނަށްޓަކައި ހަދިޔާ ފޮށްޓަށް އަޅާ ފުރާލައިފި އެވެ.

އުރީދޫއިން ބުނީ، މިފަހަރުގެ އިނާމުތަކުގެ ތެރެއިން އެންމެ ހާއްސަ އިނާމަކީ އެޕަލް ވިޝަން ޕްރޯ ކަމަށާއި، ޕީ.އެސް 5، މޮބައިލް ފޯނު އަދި ޑިސްކައުންޓް ވައުޗާވެސް ހަދިޔާ ފޮށީގައި ހިމެނޭނެ ކަމަށެވެ.

މިއާއެކު، ޑޭޓާ ޕެކް، ގޭމިން ޕެކް، އަދި އިތުރު ގިނަ އިނާމު ތަކެއްވެސް ހަދިޔާ ފޮށީގައި ހިމެނޭއިރު، ޑޭޓާ ޕެކް ލިބުމުން ވަގުތުން އެކައުންޓް ބެލެންސަށް އެއްވެގެން ދާނެ ކަމަށް އުރީދޫ އިން ބުނެ އެވެ.

ހަދިޔާ ފޮށީގައި ބައިވެރިވުމަށް، އުރީދޫ ސުޕާ އެޕަށް ވަނުމަށް ފަހު ހޯމްޕޭޖުގައި އިންނަ ހަދިޔާފޮށި ބެނާއަށް ފިތާލުމުން ސްކްރީނުން ފެންނަ ހަދިޔަ ފޮށި ހުޅުވެންދެން ފޮށްޓަށް ފިތަމުން، ފޮށި ހުޅުވުމުން ލިބުނީ ކޮން އިނާމެއްކަން ފެނިގެންދެ އެވެ.

ކޮންމެ ކަސްޓަމަރަކަށްވެސް ދުވާލަކު އެއްފަހަރު ހަދިޔާފޮށީގައި ބައިވެރިވެވޭއިރު، ހަދިޔާފޮށި ކުޅެވޭނެ ވަގުތު ބެނާއިން ފެނިގެންދާނެއެވެ. އަދި ހަދިޔާ ފޮށި ކުޅޭ ކޮންމެ ފަހަރަކީ އިނާމެއް ލިބޭނެ ފަހަރެކެވެ.

ކޮންމެ ދުވަހަކު ހަދިޔާ ފޮށި ކުޅެގެން "ސްޓްރީކް" ހެދޭނެއެވެ. އަދި "ކަރާ ޕޮއިންޓްސް" ލިބިގެންދާނެއެވެ. ކޮންމެ ދުވަހަކު ކުޅެގެން ޕޮއިންޓް އިތުރުކޮށް ލީޑަބޯޑުގެ ކުރި ހޯދުމުން، ހަފްތާއެއްގައި ލީޑާބޯޑުގެ އެންމެ ކުރީގައިވާ ތިން ކަސްޓަމަރުންނަށް "ވީކްލީ މެގަ ގިފްޓް" ލިބެ އެވެ.