Advertisement

ދިރާގު "ވިން އަ ޓެސްލާ" ޕްރޮމޯޝަންގެ ގުރު ނެގުން ބޮޑު އީދު ދުވަހު ބާއްވަނީ

20 މާރިޗު 2024 - 12:57 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ދިރާގު "ވިން އަ ޓެސްލާ" ޕްރޮމޯޝަންގެ ދަށުން ދޭ ޓެސްލާ ކާރު -- ފޮޓޯ؛ ދިރާގު


ދިރާގު "ވިން އަ ޓެސްލާ" ޕްރޮމޯޝަންގެ ގުރު ނެގުން ބޮޑު އީދު ދުވަހު ބާއްވަނީ

20 މާރިޗު 2024 - 12:57 0

ދިރާގު "ވިން އަ ޓެސްލާ" ޕްރޮމޯޝަންގެ ގުރުވަތު ނެގުން މި އަހަރުގެ ބޮޑު އީދު ކަމަށްވާ ޖޫން 17، ގައި ބޭއްވުމަށް އެ ކުންފުނިން ނިންމައިފި އެވެ.

މި ޕްރޮމޯޝަނަކީ ދިރާގުގެ 35 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ކަސްޓަމަރުންނަށް ޓެކްނޮލޮޖީގެ އެހީގައި ތަފާތު، އައު ތަޖުރިބާއެއް ފޯރުކޮށްދިނުމުގެ މަޤްސަދުގައި އެކުނުފުނިން ލޯންޗުކުރި ހަރަކާތެކެވެ.

ދިރާގުން ބުނީ މި ޕްރޮމޯޝަނަށް ކަސްޓަމަރުންގެ ހޫނު ތަރުހީބެއް ލިބިފައިވާއިރު، މި އިނާމު ލިބޭ ފަރާތް އެނގުމުގެ ޝައުގުވެރިކަން ވަނީ އާންމުންގެ މެދުގައި އިތުރުވެފައި ކަމަށެވެ.

މި ޕްރޮމޯޝަންގައި ބައިވެރިވުމަށްޓަކައި ދިރާގު ކަސްޓަމަރުން ވަނީ ޖެނުއަރީ 31، ގެ ކުރިން ދިރާގު ޕޯސްޓްޕެއިޑް 450 ނުވަތަ ފައިބާ ބްރޯޑްބޭންޑް 30M އިން މަތީގެ ޕްލޭންތަކަށް ސަބްސްކްރައިބް ކޮށްފަ އެވެ.

އެގޮތުން ބައިވެރިވި ކަސްޓަމަރުންނަށް ގުރުއަތުގައި ބައިވެރިވެވޭނީ އޭރު ސަބްސްކްރައިބް ކުރި ޕްލޭންތަކުގައި ޖޫން 17، އާ ހަމައަށް މަޑުކޮށްގެން ކަމަށާއި، އެ މުއްދަތުގެ ތެރޭގައި ސަބްސްކްރައިބްކޮށްފައިވާ ޕްލޭންތައް ކަސްޓަމަރުންނަށް އަޕްގްރޭޑްވެސް ކުރެވޭނެ ކަމަށް ދިރާގުން ބުނެ އެވެ.

ލަކީ ޑްރޯގައި ކަސްޓަމަރުންގެ ސަބްސްކްރައިބް ކޮށްފައިވާ ޕްލޭންތައް އެ މުއްދަތުގެ ތެރޭގައި އަޕްގްރޭޑް ކުރުމަށް ވެސް ހިޔާރު ކުރެވޭނެ އެވެ.

މި ޕްރޮމޯޝަން ނިމުމުގެ ކުރިން ދިރާގުން ވަނީ ދިރާގު ހެޑް އޮފީސް އަދި ހުޅުމާލެ ސެންޓްރަލް ޕާކުގައި ބޭއްވި ހާއްސަ ދެ އިވެންޓެއްގައި ޕްރޮމޯޝަންގެ އިނާމު ގޮތުގައި ދެވޭނެ ޓެސްލާ ކާރު އާންމުނަށް ވަނީ ދައްކާލާފައެވެ.

ދިރާގުން އަންނަނީ ތަފާތު ގިނަ އައު އޮފާރތައް ހެޔޮ އަގުގައި ކަސްޓަމަރުންނާ ހަމައަށް ގެނެސްދިނުމަށް އަބަދުވެސް މަސައްކަތް ކުރަމުންނެވެ.