Advertisement

ކޯޓުއާގެ ރިހޭ ފައި މައްޗަށް ފޮއި ވެއްޓިއްޖެ

19 މާރިޗު 2024 - 22:17 0

ރެއާލް މެޑްރިޑްގެ ޕްރެކްޓިހުގެ ތެރެއިން ކޯޓުއާ: އޭނާގެ ކަނާތު ކަކުލަށް އަނިޔާވެ، ސީޒަންގެ ބާކީ ބައިގައި ވެސް ނުފެންނާނެ.


ކޯޓުއާގެ ރިހޭ ފައި މައްޗަށް ފޮއި ވެއްޓިއްޖެ

19 މާރިޗު 2024 - 22:17 0

މެޑްރިޑް (މާޗް 19) - ރެއާލް މެޑްރިޑްގެ ގޯލްކީޕަރު، ތިބައު ކޯޓުއާގެ ވާތު ކަކުލަށް ލިބުނު އަނިޔާއިން ރަނގަޅުވެ، ފިޓްވާން ފަރިތަކުރުންތަކުގައި މަސައްކަތް ކުރަމުން އަންނަނިކޮށް ކަނާތު ކަކުލަށް އަނިޔާވެ ސީޒަނުގެ ނުކުޅެވޭނެކަން ކަށަވަރުވެއްޖެ އެވެ.

މި ސީޒަން ފެށުމުގެ ކުރިން، ކޯޓުއާގެ ވާތު ކަކުލުގެ ލިގަމެންޓަށް ލިބުނު އަނިޔާއަކާ ހެދިގެން، އޮޕަރޭޝަނެއް ކުރަން ޖެހުނެވެ. އެ އޮޕަރޭޝަނަށް ފަހު، މަޑުމަޑުން ރިހެބިލިޓޭޝަންގެ ކަންކަން ކުރިއަށް ގެންދިއުމަށް ފަހު، މީގެ ދޮޅު މަހެއްހާ ދުވަސް ކުރިން، ޕިޗް ޓްރެއިނިންތަކަށް ނުކުތެވެ. އިންޑިވިޖުއަލް ޓްރެއިނިން ނިންމުމަށް ފަހު ޓީމު ޓްރެއިނިން އަށެވެ.

ކޯޓުއާ، އެނބުރި ދަނޑަށް އަންނަން ފިޓްނަސް ލެވަލް މައްޗަށް ޖައްސަމުން ދަނިކޮށް، ކަނާތު ކަކުލުގެ މެނިސްކަސް އަށް އަނިޔާވީ، މިއަދު ބޭއްވި ރެއާލުގެ ޓްރެއިނިންގަ އެވެ. އަނިޔާވުމާ އެކު، ކޯޓުއާ، ވަގުތުން ޕިޗުން ބާލައިގެން ގެންގޮސް ހެދި ޓެސްޓްކުގެ ނަތީޖާއިން ފެންނަ ގޮތުގައި، ކޯޓުއާގެ ކަނާތު ކަކުލުގެ މެނިސްކަސް އިރައިގެން ދިއުމާ އެކު، މަދުވެގެން ދެ މަސް ދުވަހު ކުޅުމާ ދުރަށްދާން ޖެހޭނެ އެވެ. މާނަ އަކީ މި ސީޒަނުގައި ދެން އޭނާ އެއްކޮށް ފިޓްވެގެން ކުޅުމުގެ ފުރުސަތު ގެއްލުމެވެ.


ރެއާލުގެ މެޑިކަލް ޓީމުން އަންނަނީ ކޯޓުއާގެ މި ފަހަރުގެ އަނިޔާގެ ކަންތައްތަކުން ހައްލެއް ހޯދަން އޮޕަރޭޝަނެއް ކުރުން މަޖުބޫރުތޯ ބަލަމުންނެވެ. އޮޕަރޭޝަނެއް ނުކޮށް، ރަނގަޅުކުރެވޭނަމަ އެ ވިސްނުން އިސްކުރާނެ ކަމަށް ސްޕެއިނުގެ މީޑިއާ ރިޕޯޓްތައް ބުނެ އެވެ.

ކުރިން އެތުލެޓިކޯ މެޑްރިޑަށް ކުޅުނު ކީޕަރު ކޯޓުއާ، ރެއާލަށް ބަދަލުވީ، 2018 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕަށް ފަހު، 40 މިލިއަން ޑޮލަރުގެ ފީ އަކަށެވެ. ރެއާލާ އެކު، ކޯޓުއާ ވަނީ ސްޕެނިޝް ލީގު ދެ ފަހަރު، ޗެމްޕިއަންސް ލީގު އެއް ފަަހަރު އަދި ފީފާ ކްލަބް ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ވެސް ހޯދައިފަ އެވެ.

ކޯޓުއާގެ އަނިޔާއާ ހެދި، ރެއާލުން ވަނީ ލޯން ޑީލެއްގައި ޗެލްސީގެ ސްޕެއިން ކީޕަރު، ކެޕޭ އަރިއްޒަބަލާގާ ގެނެސްފަ އެވެ. އެކަމަކު، ކެޕާގެ ބަދަލުގައި، ރެއާލް ގޯލު ބަލަހައްޓަނީ ޔޫކްރެއިންގެ ކީޕަރު، އަންޑްރީ ލުނިން އެވެ.