Advertisement

ރަނގަޅު އޮފާއެއް ލިބިއްޖެނަމަ ކިމިކް ބަޔާން ދޫކޮށްލަނީ: ރޭހުގައި އާސެނަލް އެބައޮތް!

19 މާރިޗު 2024 - 21:39 0


ރަނގަޅު އޮފާއެއް ލިބިއްޖެނަމަ ކިމިކް ބަޔާން ދޫކޮށްލަނީ: ރޭހުގައި އާސެނަލް އެބައޮތް!

19 މާރިޗު 2024 - 21:39 0

މިއުނިކް (މާޗް 19) - ބަޔާން މިއުނިކްގެ މިޑްފީލްޑަރު، ޔޯސުއާ ކިމިކް އަށް ރަނގަޅު އޮފާއެއް ލިބިއްޖެނަމަ އެ ޓީމު ދޫކޮށްލަން ތައްޔާރަށް ހުރި ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ކިމިކް، 29، އަށް ބަޔާނުން އެންމެ ފަހުން ދިން ކޮންޓްރެކްޓާ މެދު ވެސް އޭނާ ހިތްހަމަަނުޖެހެ އެވެ. މި ވަގުތު، ކިމިކް، ބަޔާނާ އެކު ހަދާފައި އޮތް އެއްބަސްވުން އޮތީ، އަންނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. ބަޔާނުން ކިމިކް ވިއްކާލައިގެން ފައިދާއެއް ހޯދާނަމަ، މި ސީޒަނަށް ނިމުމުން އޭނާ އަށް ރަނގަޅު ޑީލެއް ހޯދަން ޖެހޭނެ އެވެ.

އެހެން ނޫންނަމަ އަންނަ ސީޒަނަށް ފަހު، ކިމިކް އަށް ހިލޭ ޓްރާންސްފާއެއްގައި ކްލަބް ބަދަލުކުރުމުގެ ފުރުސަތު ލިބޭނެ އެވެ.

ބަޔާންގެ ވައިސް ކެޕްޓަނެއްގެ ގޮތުގައި ހުރި ކިމިކް އަށް މެންޗެސްޓާ ސިޓީ، އާސެނަލް، ލިވަޕޫލް އަދި ބާސެލޯނާ އިން ޝައުގުވެރިވެ އެވެ. ޖަރުމަނުގެ ބިލްޑް އިން ރިޕޯޓްކުރާ ގޮތުގައި އާސެނަލާ ގުޅުމަށް ކިމިކްގެ ޝައުގުވެރިކަން އެބަހުރި އެވެ.

ބަޔާންގެ ވިސްނުމަކީ، 35 މިލިއަން ޑޮލަރަށް ވުރެ މަދުނުވާ ޑީލެއްގައި ކިމިކް ދޫކޮށްލުމެވެ.

ކިމިކް، ބަޔާނަށް ބަދަލުވީ 2015 ވަނަ އަހަރު އެވެ. އޭރު ބަޔާންގެ ކޯޗަކީ، މި ވަގުތު މެންޗެސްޓާ ސިޓީއާ ހަވާލުވެހުރި، ސްޕެއިނުގެ ޕެޕް ގާޑިއޯލާ އެވެ. ބަޔާންގެ ހިންގާ ބޯޑަށް ކިމިކް ގަންނަން އެންމެ ބޮޑަށް ބާރު އެޅީ ގާޑިއޯލާ އެެވެ. ޖަރުމަނުގެ ކްލަބް، އާރްބީ ލައިޕްޒިގުގައި ކިމިކް ހުއްޓައި، ބަޔާނުން އޭނާގެ ސޮއި ހޯދީ 10 މިލިއަން ޑޮލަރުގެ ފީ އެއް ދައްކައިފަ އެވެ.