Advertisement

ފުލުހުންގެ މުސާރަ 35 ޕަސެންޓު ބޮޑުކޮށްފި

19 މާރިޗު 2024 - 20:53 1

އަމަން ހަލީމް

އަމަން ހަލީމް

ރައްޔިތުންގެ މަޖިލިސް ކުރިމަތިން ދެ ފުލުހުން ހިނގާފައިދަނީ: މި މަހު މުސާރަތައް ބޮޑުކޮށްދިނުމަކީ ރައީސް މުއިއްޒުގެ ވައުދެއް -- ހުސެއިން ޝަޔާހު/އަދަދު


ފުލުހުންގެ މުސާރަ 35 ޕަސެންޓު ބޮޑުކޮށްފި

19 މާރިޗު 2024 - 20:53 1

ސަރުކާރުން ކުރިން އިއުލާންކޮށްފައިވާ ގޮތަށް މި މަހުން ފެށިގެން ފުލުހުންގެ މުސާރަ 35 ޕަސެންޓު ބޮޑުކޮށްފައިވާ ކަމަށް ފުލުހުންގެ އިދާރާއިން މިއަދު ބުނެފި އެވެ.

ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނީ މިއީ 2009 ގެ ފަހުން އަސާސީ މުސާރައާއެކު ފުލުހުންގެ މުސާރަ ބޮޑުކުރެވުނު ފުރަތަމަ ފަހަރު ކަމަށެވެ.

މުސާރަތައް ބޮޑުކުރުމާއެކީ ފުލުހުންނަށް ދެމުން އައި އެލަވަންސްތަކަށް އަންނަ މަހުން ފެށިގެން ބޮޑެތި ބަދަލުތަކެއް ގެންނަން ވަނީ ނިންމާފަ އެވެ. މިކަމާ ގުޅޭގޮތުން އެ އިދާރާއިން ބުނީ އާ މުސާރައިގެ އޮނިގަނޑުގައި ހިމެނެނީ އަސާސީ މުސާރައިގެ އިތުރުން މަގާމުގެ އެލަވަންސާއި ޖޮބް އެލަވަންސާއި ކުރާ މަސައްކަތާއި ގުޅޭގޮތުން ދެވޭ އެލަވަންސެއް ކަމަށެވެ.

އެލަވަންސްތަކަށް ބަދަލު ގެނައީ، ފުލުހުން ބުނި ގޮތުގައި، މުސާރަައިގެ އޮނިގަނޑު ޒަމާނީކޮށް ފުލުހުން ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން އެލަވަންސްތަކެއް ތައާރަފުކުރުމުގެ ގޮތުންނެވެ. މި ބަދަލުތައް ވަނީ ފުލުހުންގެ ވަޒީފާގެ ގަވާއިދަށް ގެނައި އިސްލާހުގައި ހިމަނާފަ އެވެ.

އެގޮތުން ކުރިން އަމަލުކުރަން އައި ގަވާއިދުގެ ދަށުން ފުލުހުންނަށް ހަތް އެލަވަންސެއް ލިބެ އެވެ. އެއީ ސާވިސް އެލަވަންސާއި ނަން ޕްރެކްޓިސިން އެލަވަންސާއި ދިގު މުއްދަތުގެ ހިދުމަތުގެ އެލަވަންސްގެ އިތުރުން ޔުނީފޯމް އެލަވަންސާއި ލިވިން އެލަވަންސާއި ޕްރޮފެޝަނަލް އެލަވަންސާއި ޓެކްނިކަލް އެލަވަންސެވެ.

އައު ގަވާއިދުގެ ދަށުން ދެން ފުލުހުންނަށް ލިބޭނީ މަގާމުގެ އެލަވަންސާއި ސާވިސް އެލަވަންސާއި ފުލުހުންގެ ހިދުމަތުގައި ވަޒީފާ އަދާކުރާ ދާއިރާ އާއި ކުރާ މަސައްކަތަށް ބިނާކޮށް އަލަށް ތައާރަފުކުރާ ޕޮލިސް އެލަވަންސެވެ.