Advertisement

ހުޅުމާލޭގައި ކެމްޕެއިން ބެނާތައް ހަރުކުރަން ވަކި ސަރަހައްދުތަކެއް އެޗްޑީސީން ކަނޑައަޅައިފި

19 މާރިޗު 2024 - 20:22 0

ހުޅުމާލޭ ވިނަރެސް ފްލެޓުތައް ހުންނަ ސަރަހައްދު: ހުޅުމާލޭގެ ގިނަ ސަރަހައްދުތަކެއް ޕޯސްޓަރާއި ބޮޑެތި ބިލްބޯޑު ހަރުކޮށްފައި އެބަހުރި -- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު


ހުޅުމާލޭގައި ކެމްޕެއިން ބެނާތައް ހަރުކުރަން ވަކި ސަރަހައްދުތަކެއް އެޗްޑީސީން ކަނޑައަޅައިފި

19 މާރިޗު 2024 - 20:22 0

ހުޅުމާލޭގައި ކެމްޕެއިން ބެނާތަކާއި ކެންވަސްތައް ހަރުކުރެވޭނެ ވަކި ސަރަހައްދުތަކެއް ކަނޑައަޅައި ކެމްޕެއިން ސާމާނުތައް ހަރުކުރުމުގެ ކުރިން އެ ކޯޕަރޭޝަނުގެ ހުއްދަ ހޯދަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އެދިއްޖެ އެވެ.

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ވާދަކުރާ ގިނަ ކެނޑިޑޭޓުންގެ ޕޯސްޓަރުތައް ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ހަރުކުރަމުން އަންނަ ދުވަސްވަރެއްގައި އެޗްޑީސީން މިހެން އެދުނީ، ހުރިހާ ކެންޑިޑޭޓުންނަށް ހަމަހަމަ ފުރުސަތު ދޭން އެ ކޯޕަރޭޝަނުން މަސައްކަތް ކުރާ ކަމަށް ބުނަމުންނެވެ.

އެގޮތުން އެޗްޑީސިން ނެރުނު ނޫސް ބަޔާނުގައި ބުނީ ޕޯސްޓަރުތަކާއި ކެންވަސްތައް ހަރުކުރުމުގައި ހުއްދަ ހޯދައި، އެ ކޯޕަރޭޝަނުގެ ލަފަ އާއި އިރުޝާދުގެ މަތިން ކުރިއަށް ގެންދިއުމަށް އެދޭ ކަމަށެވެ.

ހުޅުމާލޭގައި ކެމްޕެއިން ބެނާތަކާއި ކެންވަސްތައް ހަރުކުރެވޭ ސަރަހައްދު: ކެމްޕެއިން މެޓީރިއަލް ހަރުކުރުމުގެ ކުރިން އެޗްޑީސީގެ ހުއްދަ ނަގަން ޖެހޭ --- މެޕް: އެޗްޑީސީ


އެޗްޑީސީގެ ބާޔާނުގައިވާ ގޮތުގައި، މިހެން އެދުނީ އާންމު ހިދުމަތްތައް ފޯރުކޮށްދިނުމަށް ސާވިސް ޕްރޮވައިޑަރުން މަގުމަތީގައި ކަރަންޓާއި ފެނާއި ނަރުދަމާ އާއި މުވާސަލާތީ ހިދުމަތަށް ދިނުމަށް ވަޅުލާފައިވާ ކޭބަލްތަކާއި ހޮޅިތަކަށް ލިބިދާނެ ގެއްލުމަކުން ރައްކާތެރިވުމުގެ ގޮތުންނެވެ.

"އެއީ، ޕޯސްޓަރުތަކާއި ބެނާތައް ހަރުކުރެވޭ ސަރަހައްދުގެ ގޮތުން ކަރަންޓު ކޭބަލާއި ފެނާއި ނަރުދަމާގެ ނިޒާމަށް ގެއްލުމެއް ލިބި، މެދުކެނޑޭނެ ފަދަ ހާލަތެއް ދިމާވެއްޖެ ނަމަ ރައްޔިތުންނަށް މީގެ ސަބަބުން ގިނަ އުނދަގޫތަކަކާ ކުރިމަތިލާންޖެހިދާނެތީ،" އެޗްޑީސީގެ އިއުލާނުގައި ބުންޏެވެ.