Advertisement

ޑީޖޭއޭގެ ސްޓޭންޑް ބަދަލުކޮށްފި، ރޯދަ މަހު ފަހު ދިހައެއްގެ މަންފާ ޖުޑިޝަރީ ސްޓާފުންނަށް ލިބޭނެ!

19 މާރިޗު 2024 - 05:42 4

މުހައްމަދު އުޝާމް

މ

Advertisement

ސުޕްރީމް ކޯޓުގެ އިމާރާތް: ރަސްމީ ބަންދު ދުވަސްތައް ގޮތުގައި ކަނޑައަޅާފައިވާ ރޯދަ މަހު ފަހު ދިހައެއްގެ މަންފާ ޖުޑިޝަރީ ސްޓާފުންނަށް ލިބޭނެ ކަމަށް ބުނެފި - ފޮޓޯ: މުހައްމަދު ޝާބިން / އަދަދު


ޑީޖޭއޭގެ ސްޓޭންޑް ބަދަލުކޮށްފި، ރޯދަ މަހު ފަހު ދިހައެއްގެ މަންފާ ޖުޑިޝަރީ ސްޓާފުންނަށް ލިބޭނެ!

19 މާރިޗު 2024 - 05:42 4

Advertisement

Advertisement

ރޯދަ މަހުގެ ފަހު ދިހައެއް ބަންދުކުރުމަށް ނިންމާފައި ވާތީ، އެ ދުވަސްތަކުގައި މަސައްކަތް ކުރާ ޖުޑިޝަރީގެ މުވައްޒަފުންނަށް ލިބޭނީ ރަސްމީ ބަންދު ދުވަހަކު ނުވަތަ ރަސްމީ ވަގުތުން ބޭރުގައި މަސައްކަތްކުރާއިރު ލިބިދޭ އުޖޫރަ ކަމަށް ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ބުނެފި އެވެ.

ރޯދަ މަހުގެ ފަހު ދިހައެއް، ސަރުކާރު ބަންދު ދުވަސްތަކުގެ ގޮތުގައި ކަނޑައެޅުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.

Advertisement

ނަމަވެސް ޑީޖޭއޭއިން ކޯޓުތަކަށް ފޮނުވި ލިޔުމެއްގައި ބުނެފައިވަނީ އެ ދުވަސްތަކަކީ ގެއިން އޮންލައިންކޮށް މަސައްކަތް ކުރެވޭ ދުވަސްތަކެއް ގޮތުގައި ހަމަޖައްސައި، އަދި އެ ދުވަސްތަކަކީ މޯލްޑިވްސް އީކޯޓް މެނޭޖުމަންޓު ސިސްޓަމް (މެމްސް) ގެ ތެރެއިން ބަންދު ނޫން ދުވަސްތަކެއް ގޮތުގައި ކަނޑައަޅާފައިވާ ކަމަށެވެ.

"ރަމަޟާން މަހުގެ ފަހުދިހައިގެ ދުވަސްތަކަކީ ވޯކް ފްރޮމް ހޯމްގެ ދުވަސްތަކެއްގެ ގޮތުގައި މި ޑިޕާޓްމަންޓުގައި ހަމަޖެއްސިފައިވާ ވާހަކަ ދެންނެވިން، އަދި މި ދުވަސްތަކަކީ މެމްސްގެ ތެރެއިން ބަންދު ދުވަސްތަކެއްގެ ގޮތުގައި ހަމަޖެއްސިފައި ނުވާނެ ވާހަކަ ދެންނެވީމެ," އެ ލިޔުމުގައިވެ އެވެ.

އެހެންވިޔަސް ޑީޖޭއޭއިން މިއަދު ހެނދުނު އިރާކޮޅު ނެރުނު ނޫސް ބަޔާނެއްގައި ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމެވުމާ އެއް ގޮތަށް އެ ފުރުސަތު ޖުޑީޝަރީގެ މުވައްޒަފުންނަށް ވެސް ދިނުމުގެ ގޮތުން އާންމު އުސޫލުން އޮފީހަށް ހާޒިރުވާން ނުޖެހޭ ގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ.

Advertisement

ރައްޔިތުންނަށް ޖުޑިޝަރީން ކޮންމެހެން ދޭން ޖެހޭ ހިދުމަތްތައް ދިނުމަށް، އެ މަސައްކަތަށް ވީހާވެސް މަދު މުވައްޒަފުން މަސައްކަތަށް ނުކުންނަ ގޮތަށް އިސްކަންދީ، އެ ދުވަސްތަކުގައި މަސައްކަތަށް ހާޒިރުވާ މުވައްޒަފުުންނަށް ރަސްމީ ބަންދު ދުވަސްތަކުގައި ދޭ ނިސްބަތަށް އިތުރު ގަޑީގެ ފައިސާ ވެސް ލިބޭނެ ކަމަށް ޑީޖޭއޭއިން ބުންޏެވެ.

ޑީޖޭއޭ އިން ވަނީ ޖުޑިޝަރީ އިން ފޯރުކޮށްދޭ ހިދުމަތްތަކުގެ ތެރެއިން ކުށާއި ދަރަނީގެ ރެކޯޑު ސާފުކޮށްދިނުމުގެ ހިދުމަތާއި ކޯޓުތަކުގެ ހުކުމްތަކާ ގުޅިގެން ކޯޓުތަކަށް ދައްކާ ފައިސާ އޭގެ ހައްގުވެރިންނަށް ރައްދު ކުރުމުގެ ހިދުމަތް އާންމު ދުވަސްތަކެކޭ އެއް ގޮތަށް ފަހު ދިހައެއްގައި ވެސް ފޯރުކޮށްދިނުމަށެވެ.

Advertisement

0.00%

0.00%

0.00%

0.00%

މި ލިޔުން ކިޔާލުމުން


Advertisement

Advertisement

ހަސަނާ

12 months ago

ޑީޖޭއިން ސީދާ ސްޓާފުން ނަށް ޖެއްސުން ކުރަނީ ކުށުގެ ރެކޯ ސާފު ކޮށްގެން އާންމުން ކީއްތޯކުރާނި އެހެން މުއައްސަސާތައް ބަންދު ޕީޖީ ކަރެކްޝަން ގެ ރެކޯޑު ވެސް ސާފު ކޮށް ދެވޭތޯ ޑީޖޭއަށް މުއިޒް އެބަޖެހޭ ޑީޖޭއޭ މަތިފަޑި ބަދަލުކުރަން

ޑީޖޭޢޭ ދެކެރުޅިއަންނަ

12 months ago

އެއްކަމެއްވެސް ވާ ބައެއްނޫން ތި ޑީ.ޖޭ.އޭ މީހުންނަކީ. ޝަރުއީ ދާއިރާ އަށް އޮތް ބޮޑު ތުރާލެއް

ފައިސާކީ ޕައިސާ

12 months ago

ހައްތާ ހަރަދު ބޮޑުވާނޭހެން ކަންކަން މި ނިމެނީ. ވިސްނާލަންޖެހޭނެ ދޯ ޕޮލިސީ ކަނޑައަޅާއިރުވެސް، މިހިރި ކަންކަން ހުންނާނީ މިހެންކަން.

ކުޑަ ސޮރު

12 months ago

ދޭނެ ކަމެއްނެތް. އަޅުކަން ކުރަން އޮންނަނީ މަސައްކަތާ ދުރުވެގެނެއް ނޫން. އަމުދުން ބައެއްގެ ހައްގުތައް ހިފަހައްޓައިގެން ތިބެންވެދާނެތަ. މީހުންގެ ހައްގު ހިފަހައްޓައިގެން ޗުއްޓީއާ ކޮފީގަ އަބަދު