Advertisement

ކޮމިޝަނާ އޮފް ސްޕޯޓްސް އަށް ހުށަހަޅާ ލިޔުންތައް މޯލްޑިވްސް އޮލިމްޕިިކް ކޮމިޓީ އަށް ވެސް ހުށަހަޅަން ފާސްކޮށްފި

19 މާރިޗު 2024 - 11:25 0

އަތޫފް އާތިފް

އަތޫފް އާތިފް

އޮލިމްޕިކް ކޮމިޓީގެ ސެކްރެޓަރީ ޖެނެރަލް ތަމޫހު ވާހަކަ ދައްކަވަނީ.--- ފޮޓޯ: އަތޫފް އާތިފް / އަދަދު


ކޮމިޝަނާ އޮފް ސްޕޯޓްސް އަށް ހުށަހަޅާ ލިޔުންތައް މޯލްޑިވްސް އޮލިމްޕިިކް ކޮމިޓީ އަށް ވެސް ހުށަހަޅަން ފާސްކޮށްފި

19 މާރިޗު 2024 - 11:25 0

ކޮމިޝަނާ އޮފް ސްޕޯޓްސް އަށް, ކުޅިވަރު އެސޯސިއޭޝަންތަކުން ހުށަހަޅާ ލިޔުންތައް، މީގެ ފަހުން، މޯލްޑިވްސް އޮލިމްޕިކް ކޮމެޓީ (އެމްއޯސީ) އަށް ވެސް ހުށަހަޅަން، އެ ކޮމެޓީގެ އަހަރީ އާންމު ޖަލްސާގައި ނިންމައިފި އެވެ.

ހ. މީރުމާގައި ބޭއްވި އޮލިމްޕިކް ކޮމިޓީގެ އަހަރީ އާންމު ޖަލްސާގައި ވަނީ ކުޅިވަރު އެސޯސިއޭޝަންތަކުން ކޮމިޝަނާ އޮފް ސްޕޯޓްސް އަށް އެކި ކަންކަމުގައި ހުށަހަޅާ ލިޔުންތައް އޮލިމްޕިކް ކޮމިޓީ އަށް ވެސް ހުށަހަޅަން ޖެހޭ ގޮތައް ޖަލްސާގައި ބައިވެރިވި އެސޯސިއޭޝަންތަކުގެ އިއްތިފާގުން ނިންމައިފަ އެވެ.

އޮލިމްޕިކް ކޮމިޓީގެ ސެކްރެޓަރީ ޖެނެރަލް، ތަމޫހު އަހުމަދު ސައީދު (ތަމޫ) ވިދާޅުވީ, އެސޯސިއޭޝަންތަކަށް ދިމާވާ މައްސަލަތައް އެސޯސިއޭޝަންތަކުގެ ތެރެއިން ހައްލު ކުރެވޭތޯ މަސައްކަތް ކުރަން ޖެހޭ ކަމަށެވެ. އޭގެ ބޭނުމަކީ އެސޯސިއޭޝަންތައް މިހާރަށް ވުރެ އިތުރަށް ހަރުދަނާކުރުން ކަމަށް ތަމޫހު ވަނީ ފާހަގަކުރައްވައިފަ އެވެ.

ރާއްޖޭގައި އޮތް 17 ކުޅިވަރު އެސޯސިއޭޝަނަކީ ވެސް ކުޅިވަރުގެ ގާނޫނަށް ތަބާވާން ޖެހޭ އެސޯސިއޭޝަންތައް ކަމަށާއި އެކަން ރަނގަޅުގޮތުގައި ދޭތޯ ކަށަވަރުކުރަން ކުރަން ޖެހޭ ކަންކަން އޮލިމްޕިކް ކޮމިޓީން ވެސް ކުރަން ޖެހޭ ކަމަށެވެ.

ކުޅިވަރު އެސޯސިއޭޝަންތަކުން ކޮމިޝަނާ އޮފް ސްޕޯޓްސް އަށް ހުށަހަޅާ ލިޔުންތައް އޮލިމްޕިކް ކޮމިޓީ އަށް ހުށަހަޅަން ޖެހޭ ގޮތައް ނިންމިއިރު, ސްޕޯޓްސް ކޮމިޝަނަރު ވަނީ މި ފަހުން، ތިން އެސޯސިއޭޝަނަކާ ގުޅޭ އެކި ކަހަލަ މައްސަލަތައް ބަލައިފަ އެވެ. އެއީ ވޮލީބޯލް އެސޯސިއޭޝަން، ފުޓްބޯލް އެސޯސިއޭޝަން އަދި ބެޑްމިންޓަން އެސޯސިއޭޝަން އެެވެ. މި އެސޯސިއޭޝަންތަކުގެ ހިންގާ ގަވާއިދުގައި ހުރި މައްސަލަތަކާއި އެހެނިހެން ކަންކަން ރަނގަޅު ކުރަން ސްޕޯޓްސް ކޮމިޝަނަރު ލަފާދީފައިވަނީ، އޮލިމްޕިކް ކޮމިޓީގެ ބައިވެރިވުން ވެސް މި ކަމުގައި ހިމަނައިގެންނެވެ.

އެސޯސިއޭޝަންތަކުގެ ހިންގުން ހަރުދަނާ ކުރުމަށް އޮލިމްޕިކް ކޮމިޓީ އިން އަބަދުވެސް އެހީވާނެ

އޮލިމްޕިކް ކޮމިޓީ އިން ވަނީ އެ އިދާރާގެ އަހަރީ އާންމު ޖަލްސާގައި އެސޯސިއޭޝަންތައް ހިންގުން ހަރުދަނާ ކުރުމަށް ގިނަ ޕްރޮގްރާމްތަކެއް ހިންގުމަށް ނިންމާ އެ އިދާރާގެ ބަޖެޓުގައި ހިމަނައިފަ އެވެ.

އެ ގޮތުން، އެ ކޮމިޓީގެ ރައީސް މުހައްމަދު އަބްދުއް ސައްތާރު (ޗަމްޕީ) ވިދާޅުވީ، ކުޅިވަރު އެސޯސިއޭޝަންތަކުން ފުރިހަމަ ކުރަން ޖެހޭ އިޖުރާއަތްތައް ފުރިހަމަކުރޭތޯ ސްޕޯޓްސް ކޮމިޝަނާ އަދި ސްޕޯޓްސް ކައުންސިލުން ވަރަށް ބޮޑަށް ބަލަމުން އަންނަ ކަމަށެވެ. އެހެންވެ, އެ ކަންކަން ފުރިހަމަ ކުރުމަށް އޮލިމްޕިކް ކޮމިޓީން އެހީތެރިކަން ފޯރުކޮށްދޭން ނިންމާފައިވާ ކަމަށެވެ.

"އަޅުގަނޑުމެން އެބަ ބަލަން އެސޯސިއޭޝަންތަކަށް ބޭނުންވާ ޓެކްނިކަލް ސަޕޯޓްދިނުމުގެ ގޮތުން ކޯސަސްތަކާ އެއްޗެހި ހިންގަން. މިހާރު ދިމާވެފައިވާ އިޝޫސްތައް ހައްލު ކުރަންވެސް އަޅުގަނޑުމެންނާ ވާހަކަ ދެކެވެމުން އަންނަނީ." ސައްތާރު ވިދާޅުވި އެވެ.

ސްވިމިން އެސޯސިއޭޝަންގެ ވެސް ރައީސްކަން ކުރައްވަމުން އަންނަ ސައްތާރު ވިދާޅުވީ، އޮލިމްޕިކް ކޮމިޓީ އިން އަބަދުވެސް ބަލަނީ ކުޅިވަރު އެސޯސިއޭޝަންތަކުގެ މައި އިދާރާ އަށް ނުގޮސް އިންޓާނަލީ މައްސަލަތަކުގެ ހައްލު ހޯދޭނެ ގޮތްތައް ހޯދުމަށް ކަމަށެވެ.

އެހެން ނަމަވެސް މައި އިދާރާ އަށް މައްސަލަ ދާން ޖެހޭ ހާލަތް އައިސްފިނަމަ އެ ހިސާބައް ވެސް ދާނެ ކަމަށް ސައްތާރު ވިދާޅުވި އެވެ.