Advertisement

ކަރަންޓާއި ފެނާއި ނަރުދަމާގެ ނެޓްވޯކުތައް މަތިން ގޯތި ދީފައި ހުރުމުން ހަވާލުކުރުމުގައި ގޮންޖެހުންތަކެއް

18 މާރިޗު 2024 - 16:28 0

ހުޅުމާލޭ ފޭސް ދޭއްގެ މަގުތައް. ބައެއް ގޯތި ހުރީ ފެނާއި ކަރަންޓު ހޮޅިތަކުގެ މަތިން ދޫކޮށްފައި. --- ފޮޓޯ: އަދަދު ފައިލް


ކަރަންޓާއި ފެނާއި ނަރުދަމާގެ ނެޓްވޯކުތައް މަތިން ގޯތި ދީފައި ހުރުމުން ހަވާލުކުރުމުގައި ގޮންޖެހުންތަކެއް

18 މާރިޗު 2024 - 16:28 0

މިދިޔަ ސަރުކާރުން ކުރިއަށްގެންދިޔަ "ބިންވެރިޔާ" ސްކީމްގެ ދަށުން ހުޅުމާލޭ ދެވަނަ ފިޔަވަހިން ދޫކޮށްފައިވާ ގޯތިތަކުގެ ތެރެއިން ބައެއް ގޯތިތައް ކަރަންޓާއި, ފެނާއި, ނަރުދަމާގެ ނެޓްވޯކުތަކުގެ މަތިން ދޫކޮށްފައި ހުރި ކަމަށް ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު ހާމަކޮށްފި އެވެ.

ގޯތިތައް ހަވާލުކޮށް ބައެއް ގޯތިތަކުގައި އިންފާރު ވެސް ވަނީ ރާނާފަ އެވެ. ނަމަވެސް, އަދިވެސް ބައެއް ގޯތިތައް އޭގެ ވެރިފަރާތްތަަކާ ހަވާލުކުރެވިފައި ނުވެ އެވެ.

"ފެނާއި ނަރުދަމާ އަދި ކަރަންޓު ނެޓްވޯކްތަކުގެ މަތިން ދޫކޮށްފައިވާ ޕްލޮޓްތައް ފާހަގަކޮށް، މިކަމުގެ ސަބަބުން ކުރިމަތިވާ ދަތިތަކަކީ ކޮބައިކަން ބަލާ، ރައްޔިތުންނަށް ޕްލޮޓު ހަވާލުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް އެޗްޑީސީން ދަނީ ކުރަމުން," އެޗްޑީސީން މިއަދު ބުނެފައިވެ އެވެ.

މި ގޯތިތައް ދޫކުރުމުގެ ކުރިން އެ ނެޓްވޯކުތައް ގޯތިތަކުގެ ތެރެއަށް ނާރާނެ ގޮތް ހަދަން ޖެހޭ ކަމަށާއި އެކަން ކުރުމަށް ސްޓެލްކޯ އަދި އެމްޑަބްލިއުއެސްސީއާ ވާހަކަ ދައްކަމުންދާ ކަމަށް ވެސް އެޗްޑީސީން ބުނެފައިވެ އެވެ.

ބިންވެރިޔާ ސްކީމުގެ ދަށުން 9،003 ގޯތި ދޫކުރި އެވެ. ހުޅުމާލެއިން 1351 ގޯތި ދޫކުރާނެ ކަމަށް އޭރު ބުނެފައިވެ އެވެ. އެއީ ގާތްގަނޑަކަށް 26 ހެކްޓަރުގެ ބިމެވެ.