Advertisement

އުކުޅަހުގެ ހިއްކި ސަރަހައްދު ހިމާޔަތްކުރުން ގެނައި ހިލަ އެހެން ރަށްރަށަށް ގެންދަނީ

18 މާރިޗު 2024 - 14:01 0

މަރިޔަމް އަފާ ނިޒާމް

މަރިޔަމް އަފާ ނިޒާމް

އުކުޅަހުން ހިލަތަށް ގެންދަނީ -- ފޮޓޯ: އަދަދު


އުކުޅަހުގެ ހިއްކި ސަރަހައްދު ހިމާޔަތްކުރުން ގެނައި ހިލަ އެހެން ރަށްރަށަށް ގެންދަނީ

18 މާރިޗު 2024 - 14:01 0

އއ. އުކުޅަހުގައި އަލަށް ހިއްކި ސަރަހައްދު ހިމާޔަތްކުރަން ގެނައި ހިލަތައް މަޝްރޫއު ނުނިމނީސް އެހެން ތަންތަނަށް ގެންދަން ފަށައިފި އެވެ.

އުކުޅަހު ބިން ހިއްކުމުގެ މަސައްކަތާ އެކު އެރަށު ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތްވެސް ކުރީގެ ސަރުކާރުން ހަވާލުކޮށްފައި ވަނީ އެމްޓީސީސީއާ އެވެ. ނަމަވެސް، މަޝްރޫއު ނުނިމެނީސް އެ މަސައްކަތަށް ގެނައި ހިލަ ގެންދަން ފެށުމާއި ގުޅިގެން އެ ރަށު ރައްޔިތުންނާ ކައުންސިލުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

އުކުޅަހު ކައުންސިލު ރައީސް ޝައުކަތު އިބްރާހީމް މިއަދު "އަދަދު" އަށް މައުލޫމާތުދެއްވަމުން ވިދާޅުވީ ދެ ލޯޑެއްގެ ހިލަ އެ ރަށުން ގެންގޮސްފައިވާކަމަށެވެ. އަދި އެއީ އެ ރަށުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުއަށް ގެނައި ހިލަކަމަށާއި، އެ މަސައްކަތް ނުނިމޭކަން ޝައުކަތު ފާހަގަކުރެއްވި އެވެ.

"މިކޮޅުގައި ހިލައިން ކުރަން ހުރި މަސައްކަތްތައް ވަރަށް ބައިވަރު އެބަހުރި. ބައިވަރު ހިލަ މިކޮޅަށް ގެންނަން ޖެހޭނީ އެ ޕްރޮޖެކްޓް ކުރިއަށް ގެންދަން. މިކޮޅުން ދެ ލޯޑެއް ހާ ހިލަ މިހާރު ވަނީ ގެންގޮސްފަ،" ޝައުކަތު ވިދާޅުވި އެވެ.

އުކުޅަހުގައި އެމްޓީސީސީން ކުރިއަށް ގެންދާ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު ކުރިއަށްދަނީ ވަރަށް މަޑު ދުވެލީގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އުކުޅަހު ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ މަސައްކަތް ފެށީ އޮގަސްޓު 7، 2023 ގަ އެވެ. އަދި މި މަޝްރޫއުގެ ދަށުން އެ ރަށުން 13 ހެކްޓަރުގެ ބިން ވަނީ ހިއްކައި ނިންމާފަ އެވެ.

ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ދަށުން ކުރަން ނިންމާފައިވާ މަސައްކަތުގެ ތެރޭގައި 1,692 މީޓަރުގެ ސަރަހައްދެއްގައި ސޭންޑް ބަންޑެއް ހެދުމާއި، 1,054 މީޓަރުގެ ރިވެޓްމަންޓަކާއި، 80 މީޓަރުގެ ގްރޮއިންސް ޖެހުމުގެ މަސައްކަތް ކުރުން ހިމެނެ އެވެ.