Advertisement

ކަނޑެވާރެހާގައި ރިސޯޓު ހަދަން ބޭނުންވާ މީހުން ބިޑު ކުރަަން ކައުންސިލުން އިއުލާނުކޮށްފި

17 މާރިޗު 2024 - 17:32 1

ކަނޑެވާރެހާ: މީގެ ކުރިން ވެސް ރިސޯޓު ހަދަން ހުޅުވާލި އެ ރަށް އޮންނަނީ ހޯޑެއްދޫއާ ގާތްގަނޑަކަށް 750 މީޓަރު ދުރުގައި -- ފޮޓޯ: ގޫގުލް މެޕްސް


ކަނޑެވާރެހާގައި ރިސޯޓު ހަދަން ބޭނުންވާ މީހުން ބިޑު ކުރަަން ކައުންސިލުން އިއުލާނުކޮށްފި

17 މާރިޗު 2024 - 17:32 1

ގދ. ހޯޑެއްދޫ ކައުންސިލުގެ އިހުތިސާސް ތެރޭ އޮންނަ ކަނޑެވާރެހާގައި ރިސޯޓެއް އަޅަން އިއުލާނުކޮށް ބިޑު ކުރަން ބޭނުންވާ މީހުންނަށް އެ ފުރުސަތު ހުޅުވާލައިފި އެވެ.

ހޯޑެއްދޫ ކައުންސިލުން މިއަދު ކުރި އިއުލާނެއްގައި ބުނީ ކަނޑެވާރެހާގައި އަޅަން ނިންމީ އިންޓަގްރޭޑެޓް ޓުއަރިސްޓް ރިސޯޓެއް ކަމަށެވެ. އެ މަޝްރޫއުގެ ބިޑު ފޮތް ގަތުމާއި އިތުރު މައުލޫމާތު ހޯދަން ބޭނުންވާ މީހުންނަށް މާޗް 31، އިން ފެށިގެން އޭޕްރީލް 30، އަށް އެ ފުރުސަތު އޮންނާނެ ކަމަށް ވެސް އެ ކައުންސިލުން ބުންޏެވެ.

އެ މަޝްރޫއުގެ ޕްރީ ބިޑް މީޓިންއެއް މެއި 7، ގައި ޒޫމް މެދުވެރިކޮށް ބާއްވާނެ އެވެ. ޕްރޮޕޯސަލް ހުށަހަޅަންޖެހެނީ ޖޫން 2، 2024، ގެ ކުރިންނެވެ.

ކަނޑެވާރެހާއަކީ ހޯޑެއްދޫއާ އެއް ފަޅެއްގައި އޮންނަ ރަށްތަކުގެ ތެރެއިން އެންމެ ކައިރީގައި އޮންނަ ރަށެވެ. އެ ދެ ރަށުގެ ދުރުމިނުގައި ހުންނަނީ ގާތްގަނޑަކަށް 750 މީޓަރެވެ.

ކަނޑެވާރެހާގައި ރިސޯޓެއް ހަދަން މީގެ ކުރިން ފަތުރުވެރިކަމާ ބެހޭ މިނިސްޓްރީން 2021 ވަނަ އަހަރު ވެސް ހުޅުވާލި އެވެ. އެއިރު އެ ރަށުގެ އިކުއިޒިޝަން ކޮސްޓެއްގެ ގޮތުގައި ހަމަޖެއްސީ 700،000 ޑޮލަރެވެ.

ފަހުން، 2022 ވަނަ އަހަރު އެ ރަށުގައި ރިސޯޓެއް ހަދަން ހޯޑެއްދޫ ކައުންސިލުން އަނެއްކާ މަސައްކަތް ކުރި އެވެ. އެގޮތުން ފަތުރުވެރިކަމާ ބެހޭ މިނިސްޓްރީ އާއި ގެސްޓްހައުސް ވިޔަފާރި ކުރާ މީހުންނާއި ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ ވިޔަފާރިވެރިންނާއެކު ބައްދަލުވުންތަކެއް ވެސް ބޭއްވި އެވެ.