Advertisement

ކުށުގެ ވެށީގައި އުޅޭ ކުޑަކުދިންނާ ދެކޮޅަށް ހަތިޔާރު ބޭނުން ނުކުރެވޭ ކަމަށް ބުނެ ފުލުހުންގެ ކަންބޮޑުވުން!

17 މާރިޗު 2024 - 15:03 0

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު

ފުލުހުންގެ ސްޕެޝަލް އޮޕަރޭޝަންސް ގްރޫޕްގެ ފުލުހުންތަކެއް.


ކުށުގެ ވެށީގައި އުޅޭ ކުޑަކުދިންނާ ދެކޮޅަށް ހަތިޔާރު ބޭނުން ނުކުރެވޭ ކަމަށް ބުނެ ފުލުހުންގެ ކަންބޮޑުވުން!

17 މާރިޗު 2024 - 15:03 0

ކުޑަކުދިން ކުރާ ކުށްތަކާ ގުޅޭ މައްސަލަތައް ތަހުގީގު ކުރަމުންދާއިރު ގާނޫނުތައް ބައްޓަންކޮށްފައި ހުރި ގޮތުން ހަތިޔާރު ބޭނުން ނުކުރެވޭ ކަމަށް ބުނެ ފުލުހުން މިއަދު ކަންބޮޑުވުން ފާޅުކޮށްފި އެވެ.

އިސްކަންދަރު ކޮށީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފުލުހުންގެ ކްރައިމް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ އެކްޓިން ހެޑް، އަހްމަދު ނާފިޒް ވިދާޅުވީ ބައެއް ހާލަތްތަކުގައި ފުލުހުންނަށް ބާރުގެ ބޭނުން ބޭނުންވާ ވަރަށް ނުކުރެވޭ ކަމަށާއި އެއީ ކަންބޮޑުވުމެއް ކަމަށެވެ.

ގާނޫނުތައް ބައްޓަންކޮށް ފަރުމާކޮށްފައިވާ ގޮތުން އުނދަގޫތަކެއް ހުރުމާ އެކު އެ ކަންކަން ރަނގަޅު ކުރުމަށްޓަކައި ހޯމް މިނިސްޓްރީ އާއި އޭޖީ އޮފީހާއި އަދި ކަމާގުޅުންހުރި އެހެނިހެން އިދާރާތަކާ ގުޅިގެން އެ މަސައްކަތްތައް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ފުލުހުން އެންމެ އަސާސީ ގޮތެއްގައި ބޭނުންކުރާ ބައެއް ކަހަލަ އާލާތްތައް މިސާލަކަށް, ބިޑި, ޕެޕާ ސްޕްރޭ, ބެޓަން, މިކަހަލަ އެއްޗެހި, މި އެއްޗެހި ބޭނުން ކުރުމުގައި ފުލުހުންނަށް އެބަހުރޭ ހުރަސްތައް, ގާނޫނުތައް ފަރުމާ ކުރެވިފައި ހުރި ގޮތުން," އޭނާ ވިދާޅުވި އެވެ.

ގާނޫނީ ގޮތުން ކުޑަކުދިންގެ ގޮތުގައި ބަލާ އުމުރަކީ 18 އަހަރެވެ. އެހެން ގާނޫނުގައި އެކަން އޮތް ނަމަވެސް އެ އަށްވުރެ އުމުރުން ހަގު ކުދިންނާ ދެކޮޅަށް ހަތިޔާރު ބޭނުންކުރެވެން ޖެހޭ ފަދަ މޭރުމަކުން އޭނާ ވާހަކަ ދެއްކެވި އެވެ.

ސީންތަކަށް އެޓެންޑު ވާއިރު ކުޑަކުދިން ކުރާ ކުށްތަކޭ ދެންނެވިޔަސް, 18 އަހަރު ނުފުރި ކިރިޔާ 17 އަހަރާއި 18 އަހަރާ ދޭތެރޭ ތިބޭ ބޮޑެތި މީހުންނޭ އަޅުގަނޑުމެންނަށް ބުނެވޭ ހިސާބުގައި ތިބޭ ވަރުގަދަ, ހަށިގަނޑުގެ ގޮތުން ވެސް އެ މީހުންގެ ވިސްނުމާ ފިކުރާ ހުންނަ ގޮތުން ވެސް ބޮޑެތި މީހުންނާ އެއްވަރަށް މަސައްކަތް ކުރާ ކުޑަކުދިންގެ ގޮތުގައި އުޅޭ މި ބުނާ އުމުރުގެ މީހުން އެބަ ތިބޭ," ނާފިޒް ވިދާޅުވި އެވެ.

"އެކަހަލަ ސީންތަކަށް އެޓެންޑުވާއިރު ބޭނުންކުރާ ބައެއް ކަހަލަ މި ދެންނެވި އާލާތްތައް ބޭނުންކުރަން އެބަ ހުރޭ ދަތިތައް ގާނޫނުތައް ހުރި ގޮތުން, އެ ގާނޫނުތައް އިތުރަށް ރަނގަޅުކުރުމުގެ މަސައްކަތް ކުރަމުން މިދަނީ."

ކުޑަކުދިންގެ އަދުލުގެ ގާނޫނުގެ 48 ވަނަ މާއްދާގެ އ.


މި މާއްދާގެ (ކ) އެހެން އޮތްނަމަވެސް، ނުރައްކާތެރި ކުށެއް ހިނގަމުންދާކަމުގެ މަޢުލޫމާތު ލިބިގެން އެ ކުށެއް ކުރަމުންދާ ކަމަށް ބެލެވޭ ތަނަކަށް ނުވަތަ ކުށެއް ހިނގައިގެންއުޅޭ ތަނަކަށް ފުލުހުން ދާ ޙާލަތުގައި، އަދި އެއީ ހަތިޔާރު ބޭނުންކުރުން ފުލުހުންނަށް ހުއްދަވެގެންވާ ޙާލަތެއް ކަމުގައިވާނަމަ، އެ ޙާލަތުގައި އެ ނުރައްކާ ނައްތާލުމަށްޓަކައި ފުލުހުން ބޭނުންކުރުން ޤާނޫނުން ހުއްދަކޮށްފައިވާ އާލާތްތައް ބޭނުންކުރުމަށް މި މާއްދާ ހުރަހެއް ނާޅައެވެ.

މި މާއްދާއަށް ބަލާއިރު އެފަދަ ކުއްޖަކާ ދެކޮޅަށް ހަތިޔާރު ބޭނުން ކުރުމަށް ފުލުހުންނަށް ހުރަހެއް ނެތެވެ.

އެ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުން އެ ކުއްޖާ ދެކޮޅަށް ހަތިޔާރު ބޭނުން ކުރެވޭނީ ހަމައެކަނި ހާއްސަ ހާލަތްތަކުގަ އެވެ. ހަތިޔާރު ބޭނުން ކުރެވޭނީ އެ ކުއްޖާ ފުލުހުންގެ ކޮންޓްރޯލްގެ ދަށަށް ގެނައުމަށް ބޭނުންކުރެވެން ހުރި އެހެން ވަސީލަތްތައް ބޭނުންކުރުމަށް ފަހު، އެކަން ކާމިޔާބު ނުވާ ހާލަތެއްގައި ކަމަށް އެ ގާނޫނުގެ 48 ވަނަ މާއްދާގެ ށ. ގައި ބުނެފައިވެ އެވެ.

ހާއްސަ ހާލަތެއް ކަމަށް ގާނޫނުގައި ބުނަނީ އެ ކުއްޖާގެ ފަރާތުން އެހެން މީހަކަށް ނުވަތަ އެ ކުއްޖާގެ އަމިއްލަ ނަފްސަށް ގެއްލުމެއް ދޭން މަސައްކަތްކުރާ ހާލަތުގައި އަދި/ނުވަތަ އެކުއްޖާ ފުލުހުންނަށް އެއްބާރުލުން ނުދޭން ކަނޑައެޅިގެން މަސައްކަތްކުރާ ހާލަތްތަކަށެވެ. އެފަދަ ހާލަތެއްގައި ވެސް ހައްޔަރުކުރަން ބޭނުންކުރާ އާލާތެއް ބޭނުންކުރަންވާނީ، ކޮންމެހެން ބޭނުންވާ އެންމެ ކުޑަ މިންވަރަކަށް އަދި އެންމެ ކުޑަ ވަގުތަކަށް ކަމަށް ބުނެފައިވެ އެވެ.