Advertisement

ވެހިކަލް ގެނެސްދޭނެ ކަމަށް ބުނެ ސްކޭމް ކުރި އިތުރު ބަޔަކު ތިބިތޯ ބަލަނީ

14 އޭޕްރީލް 2024 - 14:14 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

މަގުމަތީގައި ބަހައްޓާފައި ހުރި ވެހިކަލްތަކެއް: ފުލުހުން ބުނި ސްކޭމްގެ ތެރެއިން ވެހިކަލް ގެންނަން ފައިސާ ދިން މީހުންނަށް ވެހިކަލްތައް ނުލިބޭ -- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު


ވެހިކަލް ގެނެސްދޭނެ ކަމަށް ބުނެ ސްކޭމް ކުރި އިތުރު ބަޔަކު ތިބިތޯ ބަލަނީ

14 އޭޕްރީލް 2024 - 14:14 0

ވެހިކަލް ގެނެސްދޭނެ ކަމަށް ބުނެ ސްކޭމްކުރި އިތުރު ބަޔަކު ތިބިތޯ ފުލުހުން ބަލަން ފަށައިފި އެވެ.

ފުލުހުން ބުނީ މެގަޓްރޯން މޮޓޯސް މޯލްޑިވްސް ވޭވް އިންޓަނޭޝަނަލްއިން ސްކޭމްކޮށްގެން ފައިސާ ހޯދާފައިވާ މައްސަލައެއް އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ ކަމަށެވެ.

މި މައްސަލައިގެ ދަށުން ވެހިކަލް ގެނެސްދޭނެކަމަށް ބުނެ މަކަރާއި ހީލަތުން އޮޅުވާލައިގެން ގިނަ ބައެއްގެ އަތުން ފައިސާ ހޯދާފައިވާ ކަމަށް ވެސް ފުލުހުން ބުނެ އެވެ.

އެގޮތުން ފުލުހުން ބުނީ މެގަޓްރޯން މޮޓޯސްއަށް ތުހުމަތުކުރެވޭ މައްސަލާގައި އިތުރު މީހުންގެ އަތުން ފައިސާ ނަގާފައިވޭތޯ ބަލަން ބޭނުންވާ ކަމަށާއި، މައްސަލަ ހުށަހެޅުމަށް އެދޭ ކަމަށެވެ.

އެކުންފުންޏަށް ވެހިކަލް ގެނައުމުގެ ގޮތުން ފައިސާ ދައްކަވާފައިވާ ފަރާތެއް ވާނަމަ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓްގެ ނަންބަރު 9790048 އަށް ގުޅައި ހިއްސާ ކުރުމަށް ފުލުހުން ވަނީ އެދިފަ އެވެ.

މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން މިފުރުސަތުގައި ފާހަގަކޮށް ޝުކުރު ދަންނަވަމެވެ.