Advertisement

"ޖަޒީރާ" ޓެލެގްރާމް ޗެނަލްގެ މައްސަލާގައި އިތުރު މީހަކު ހައްޔަރުކޮށްފި

16 އޭޕްރީލް 2024 - 11:42 0

ނިމާ ހަސަން

ނިމާ ހަސަން

ޝަހީދު ހުސެއިން އާދަމް ބިލްޑިން; ޓެލެގްރާމް ޗެނަލްތަކުގެ މައްސަލާގައި އިތުރު މީހަކު ހައްޔަރުކޮށްފައިވޭ -- ފޮޓޯ: އަދަދު


"ޖަޒީރާ" ޓެލެގްރާމް ޗެނަލްގެ މައްސަލާގައި އިތުރު މީހަކު ހައްޔަރުކޮށްފި

16 އޭޕްރީލް 2024 - 11:42 0

އެކި ބާވަތުގެ މަސްތުވާތަކެއްޗާއި އެހެނިހެން މަނާ ތަކެތި އިސްތިހާރުކޮށް "jވިއްކަމުންދިޔަ ޓެލެގްރާމް ގްރޫޕ މައްސަލާގައި އިތުރު މީހަކު ހައްޔަރުކޮށްފި އެވެ.

"ޖަޒީރާ ގާލްސް"، "ޖަޒީރާ އެސްކޯޓް ގެލެރީޒް"، "ޖަޒީރާ ސްކޭމް އެލާޓް"، "ޖަޒީރާ ލިންކް ހަބަރު" އަދި "ޖަޒީރާ އެޑްމިން" ގެ ނަމުގައި ހިންގަމުން ދިޔަ ޓެލެގްރާމް ޗެނަލްތައް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް, އެ ޗެނަލްތައް ހިންގި ދެމަފިރިން ހައްޔަރުކުރީ މާޗް, 6 ގަ އެވެ.

އެއީ 28 އަހަރުގެ ފިރިހެނަކާއި 36 އަހަރުގެ އަންހެނެކެވެ.

އެފަހުން މާޗް, 30 ގައި ފުލުހުން ވަނީ އެ މައްސަލާގައި 60 އަހަރުގެ ފިރިހެނަކު ވެސް ހައްޔަރުކޮށްފަ އެވެ. އަދި އޭނާގެ ބަންދަށް ދެ ފަހަރު މަތިން 15 ދުވަހުގެ މުއްދަތެއް ކްރިމިނަލް ކޯޓުން ދީފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

ފުލުހުންގެ ބެލުމުގެ ދަށަށް ޖަޒީރާ ގްރޫޕު ގެނައިއިރު، އެ ގްރޫޕުގެ މެންބަރުންގެ ގޮތުގައި 6529 މެންބަރުން ތިއްބެވެ.

އެކި ބާވަތުގެ މަސްތުވާތަކެތީގެ އިތުރުން ބަދުއަހުލާގީ ފޮޓޯ، ވީޑިއޯ ވެސް އެ ޗެނަލުގައި އިސްތިހާރުކޮށް ވިއްކަމުންދިޔަ އެވެ. އަދި ހަށިވިއްކުމަށް ވެސް ބައެއް އިސްތިހާރުތައްކޮށްފައި ހުއްޓެވެ.

އެ ގްރޫޕުގައި އާންމުކޮށް އިސްތިހާރު ކުރަމުންދިޔައީ ޕާޓީ ޑްރަގްސް އާއި ރާއްޖޭގައި އެންމެ އާންމުކޮށް ބޭނުން ކުރާ މަސްތުވާތަކެތީގެ ބާވަތް ކަމަށްވާ ކެނަބިސްގެ ބާވަތްތަކެވެ.