Advertisement

ނިއުކާސަލް ބަލިކޮށް ސިޓީ ސެމީ އަށް

17 މާރިޗު 2024 - 10:27 0


ނިއުކާސަލް ބަލިކޮށް ސިޓީ ސެމީ އަށް

17 މާރިޗު 2024 - 10:27 0

ލަންޑަން (މާޗު 17) - އިނގިރޭސި އެފްއޭ ކަޕްގެ ކުއާޓާ ފައިނަލްގައި ރޭ ނިއުކާސަލް ޔުނައިޓަޑް އަތުން 2-0 އިން މޮޅުވެ، މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކޮށްފިއެވެ.

ސިޓީގެ ދަނޑުގައި ރޭ ކުޅުނު މެޗުގައި އެ ޓީމުގެ ދެ ލަނޑުވެސް ކާމިޔާބުކޮށްދިނީ ޕޯޗުގަލްގެ މިޑްފީލްޑަރު ބާނާޑޯ ސިލްވާއެވެ،

މިދިޔަ ސީޒަންގައި ތިން ތަށި ކާމިޔާބުކުރި ސީޓީ އަށް މި ސީޒަންގައިވެސް އެ ކާމިޔާބީ ތަކުރާރުކުރުމުގެ ފުރުސަތު އެބައޮތެވެ.

މިއީ އެފްއޭ ކަޕްގެ ސެމީން ސިޓީ ޖެހިޖެހިގެން ޖާގަ ހޯދި ހަ ވަނަ ފަހަރެވެ. މިއީ ރެކޯޑެކެވެ. އަދި ސިޓީގެ ކޯޗުކަމުގައި ޕެޕް ގާޑިއޯލާ ހޭދަކޮށްފައިވާ 8 ސީޒަންގައި، އެފްއޭ ކަޕްެ ސެމީގައި އެ ޓީމު ވަނީ ހަތް ފަހަރު ކުޅެފައެވެ.

މެޗަށް ފަހު ވާހަކަދައްކަމުން ސިޓީގެ ކޯޗު ގާޑިއޯލާ ވަނީ އޭނާގެ ޓީމަށް ވަރަށް ބޮޑަށް ތައުރީފްކޮށްފައެެވެ. ގާޑިއޯލާ ބުނީ މި ވަގުތު ސިޓީގައި އޮތީ "ހާއްސަ ޓީމެއް: ކަމަށެވެ.

"އެއް ފެންވަރެއްގަިއި (ސިޓީން) ގިނަ މެޗުތައްކ ކުޅޭތީ ޓީމުގެ ފެންވަރާމެދު ސުވާލު އުފައްދާ މީހުންނަށް ދައްކާނެ މާބޮޑު ވާހަކައެއް ނޯވޭ،" ގާޑިއޯލާ ބުންޏެވެ.

އެފްއޭ ކަޕްގެ ކުއާޓާ ފައިނަލްގައި ރޭ ކޮވެންޓްރީ ސިޓީ އަތުން 3-2 އިން ބަލިވެ، ޕްރިމިއާ ލީގުގެ ވުލްވްސް ވަނީ މުބަޜާތުން ކާޓަފައިއެވެ.

އެފްއޭ ކަޕްގެ ކުއާޓާ ފައިނަލްގައި މިއަދު ކުޅޭ ފުރަތަމަ މެޗުގައި ޗެލްސީ އާޢި ލެސްޓާ ސިޓީ ކުރިމަތިލާނެ އެވެ. އަދި މިރޭ މެންޗެސްޓާ ޔުނައިޓާޑާއި ލިވަޕޫލް ބައްދަލުކުރާނެ އެވެ.