Advertisement

ލެސްޓާ އަލުން ޕްރިމިއާ ލީގަށް ޕްރޮމޯޓްވެއްޖެ

27 އޭޕްރީލް 2024 - 10:57 0


ލެސްޓާ އަލުން ޕްރިމިއާ ލީގަށް ޕްރޮމޯޓްވެއްޖެ

27 އޭޕްރީލް 2024 - 10:57 0

ލަންޑަން (އޭޕްރީލް 27) - އިނގިރޭސި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން މީގެ ކުރިން ހޯދާފައިވާ ލެސްޓާ ސިޓީ އަލުން ލީގަށް ޕްރޮމޯޓްވެއްޖެ އެވެ.

ޕްރިމިއާ ލީގުން ލެސްޓާ ރެލިގޭޓްވީ މިދިޔަ އަހަރު އެވެ. އަހަރެއްގެ ތެރޭ އަނެއްކާ ވެސް އެ ޓީމުން މި ވަނީ އެނބުރި އައިސްފަ އެވެ.

ލެސްޓާ ލީގަށް ޕްރޮމޯޓްވީ ޗެމްޕިއަންޝިޕް (އިނގިރޭސި ދެ ވަނަ ޑިވިޝަން)ގެ ދެ ވަނައިގައި އޮތް ލީޑްސް ޔުނައިޓެޑް ރޭ ކުޅުނު މެޗުން ކުއީންސްޕާކްރޭންޖާސް އަތުން 4-0 އިން ބަލިވުމުންނެވެ. އަންގާރަ ދުވަހުގެރޭ ލެސްޓާ އިން ވަނީ 5-0 އިން ސައުތެމްޓަން ބަލިކޮށްފަ އެވެ.

ލީގުގެ އެއް ވަނައިގައި ލެސްޓާ އޮތީ 44 މެޗުން 95 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ލީޑްސް އަށް ވަނީ 45 މެޗުން 94 ޕޮއިންޓް ލިބިފަ އެެވެ.

ޑެނިއަލް ފާކާގެ ކޯޗުކަމުގައި ކުޅޭ ލެސްޓާ އަށް ހޯމަ ދުވަހުގެރޭ ޗެމްޕިއަންކަން ހޯދުމުގެ ފުރުސަތު އެބައޮތެވެ. އެއީ ލެސްޓާ އިން އެ ދުވަހު ޕްރެސްޓަން އަތުން މޮޅުވާއިރު، ހޮނިހިރު ދުވަހު، އިސްޕްވިޗަށް ހަލް ސިޓީ ބަލިނުކުރެވިއްޖެނަމަ އެވެ.

މީގެ ހަތް އަހަރު ކުރިން އިނގިރޭސި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ހޯދި ލެސްޓާ ވަނީ 2021 ވަނަ އަހަރު އެފްއޭ ކަޕް ވެސް ކާމިޔާބުކޮށްފަ އެވެ. ލެސްޓާ އިން މި ވަނީ 10 އަހަރު ތެރޭ ދެ ފަހަރެއްގެ މަތިން ދެ ވަނަ ޑިވިޝަނުން ފުރަތަމަ ޑިވިޝަނަށް (ޕްރިމިއާ ލީގަށް) ޕްރޮމޯޓްވެފަ އެވެ. މި ދެ ފަަހަރު ވެސް ޓީމުގެ އެޓޭކްގައި އެންމެ މުހިންމު ދައުރެއް އަދާކުރި އެއް ކުޅުންތެރިއަކީ ޖޭމީ ވާޑީ އެވެ.